Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން

މާލޭ މަގުތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާ މަޝްވަރާކުރާނަން: އާޒިމް

މަގުތަކުގައި ކުދިކުދި ތަންތަން ހަދައިގެން ޤަވާއިދުތަކާ ޚިލާފަށް ވިޔަފާރި ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2024 | އަންގާރަ 07:08
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

މާލޭ މަގުތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފުލުހުންނާ ވާހަކަ ދައްކައިގެން މަޝްވަރާތަކެއް ކުރައްވާނެ ކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އާޒިމް ވިދާޅުވީ، މާލޭ މަގުތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް ފުލުހުންނާ ވާހަކަ ދައްކަވައިގެން ކުރިއަށް އޮތް ތަނުގައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހަމައެއާއެކު، މަގުތަކުގައި ކުދިކުދި ތަންތަން ހަދައިގެން ޤަވާއިދާ ޚިލާފަށް ވިޔަފާރި ކުރާ މައްސަލަތައް ވެސް ބަލާނެކަމަށް އާޒިމް ވިދާޅުވިއެވެ.

މި ނޫންވެސް ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އަވަސް ކުރައްވާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

2022 ވަނަ އަހަރު މުޅި ރާއްޖޭގައި ކުރިޔަށްގެންދިޔަ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 26 އިންސައްތަ ހިއްސާކުރަނީ ބިދޭސީންނެވެ. އެއީ ކޮންމެ 3 ދިވެއްސަކަށް ބިދޭސީއެކެވެ. މިއީ ހަމައެކަނި ރަސްމީ ތަފާސްހިސާބެވެ. އެނޫން ގޮތަކަށް ބުނާނަމަ ގަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅޭ ބިދޭސީންނެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އެނގޭ އެއްވެސް އިދާރާއެއް މިގައުމަކު ނެތެވެ.

2022 ވަނަ އަހަރުގެ ޖޫން މަހު ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ބިދޭސީންގެ މައްސަލައަށް ހައްލު ގެނެވޭނެ ގޮތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ، އެއް ގައުމަކުން އެއްފަހަރާ އެއްލައްކަ މީހުންނަށްވުރެ އިތުރަށް ނުތިބެވޭނެ ކަމަށް ގާނޫނެއްގައި އޮތް ނަމަވެސް މިހާރުވެސް ބަންގްލަދޭޝްގެ އެކަނިވެސް 91،000 މީހުން އެބަތިބި ކަމަށެވެ.

މިއީ ގަވާއިދުން އުޅޭ ލިޔެކިޔުންތައް ހަމަ މީހުން ކަމަށާއި، ގަވާއިދާ ޚިލާފަށް އުޅޭ 23،000 އެއްހާ މީހުން އުޅޭ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، އެއްވެސް މައުލޫމާތެއް ނޭންގޭ މީހުންވެސް އެބަތިބި ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. ގަވާއިދާ ޚިލާފަށް މިހާރު އުޅެނީ ކިތައް މީހުންކަން ދެނެގަނެވޭނެ ނިޒާމެއް ނެތުމަކީ ކަމާބެހޭ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު