Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

މޮރާޓާގެ ލަނޑާއެކު އެތުލެޓިކޯ އަށް މޮޅެއް

މޮޅާއެކު މިވަގުތު އެތުލެޓިކޯ އޮތީ ވެސް ހަތަރު ވަނައިގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖެނުއަރީ 2024 | އަންގާރަ 04:45
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ސްޕެނިޝް ލީގުގައި ގްރަނަޑާއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑު މޮޅުވެއްޖެ އެވެ.

ލީގުގައި ހޯމަ ދުވަހުގެ ރޭ ގްރަނަޑާގެ ދަނޑުގައި ކުޅުނު މެޗު އެތުލެޓިކޯ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެތުލެޓިކޯ އިން މި ސީޒަނުގައި އަމާޒު ހިފާފައި ވަނީ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިފަހައްޓާލުމަށެވެ. މެޗުގައި އެތުލެޓިކޯ އިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި ބޭކާރުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އަށް ކުޅެމުން އަންނަ ފްރާންސްގެ އެންޓޮއިން ގްރީޒްމަނަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. އޭނާގެ އިތުރުން އަލްވާރޯ މޮރާޓާ އަށް ވެސް ފުރުސަތު ލިބުނެވެ. މެޗުން އެތުލެޓިކޯ މޮޅުވީ، ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި މޮރާޓާ ޖެހި ލަނޑުންނެވެ. އޭނާ އެ ލަނޑު ޖެހީ ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު މިވަގުތު އެތުލެޓިކޯ އޮތީ ވެސް ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 20 މެޗުން 41 ޕޮއިންޓު ހޯދައިގެންނެވެ. އެތުލެޓިކޯ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، ފަސް ވަނައިގައި އޮތް އެތުލެޓިކް ކުލަބަށް ވެސް ލިބެނީ 41 ޕޮއިންޓެވެ. ނަމަވެސް، އެތުލެޓިކޯ ކުރި ހޯދަނީ ލަނޑުންނެވެ. އެތުލެޓިކޯއާ، ތިން ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު