Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ކައުންސިލް

މުޅި ދައުރު އަދާކުރާނީ ވަރަށް ލޯބިވާ މީހުންތަކެއް ބިނާކުރުމުގެ އަސާސްގެ މަތީގައި - މޭޔަރު އާދަމް އާޒިމް

ޑިމޮކްރަސީއެއްގައި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ޖެނުއަރީ 2024 | އަންގާރަ 03:39
މާލޭގެ މޭޔަރު އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލޭގެ މޭޔަރު އާދަމް އާޒިމް އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލޭ ސިޓީގެ މޭޔަރުކަމުގެ މުޅި ދައުރު އަދާކުރައްވާނީ ވަރަށް ލޯބިވާ މީހުންތަކެއް ބިނާކުރުމުގެ އަސާސްގެ މަތީގައި ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމް އެފަދައިން ވިދާޅުވީ އެމަނިކުފާނު ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މޭޔަރުކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ލޮތްބާއި އޯގާތެރިކަމުގެ މުޖުތަމައެއް ބިނާކުރުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ކަންކަން ރަނގަޅުކޮށް އާރާސްތުކުރެވޭނީ ރަނގަޅު ބިންގަލެއްގެ މަތީގައިކަން އާޒިމް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ ޑިމޮކްރެޓިކް ބެސްޓް ޕްރެކްޓިސް އާއި އެއްގޮތަށް ހިންގާ ކޮންމެ ޤައުމެއް ކުރިއެރުމުގައި ވެސް ލޯކަލް ކައުންސިލްގެ ނިޒާމް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އާޒިމް ވަނީ މާލެ އަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ގަރާޖްތައް ދުރަށް ގެންދިއުމާއި، ވިލިމާލެ އާއި ހުޅުމާލެ ފަދަ ދާއިރާތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވާ ދެއްްވާނެ ކަމަށް ވިދާޅުވެފައެވެ.

ޑިމޮކްރަސީއެއްގައި ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައި ކަމަށް ފާހަގަކުރައްވާ އާޒިމް ވަނީ، ލާމަރުކަޒީ ނިޒާމުގެ ދަށުން ކަންކަން ކުރުމަކީ މުނިސިޕަލް ޚިދުމަތްތައް ލިބިގަތުމުގައި ރައްޔިތުންނަށް ލިބުނު ފަސޭހަކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް އާއްމުންނަށް ލިބޭ ޚިދުމަތްތައް އިތުރުކުރުމަށް ވޭތުވެދިޔަ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވާ ކަމަށާއި ލާމަރުކަޒީ ނިޒާމް ހަރުދަނާ ވެފައި ވަނީ ސަރުކާރުތަކުން ކުރި އިޚުލާސްތެރި މަސައްކަތާއި ނިޔަތުގެ ސަބަބުން ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމް ފެށިގެން އައި އިރު ލިބެން ނެތް އެތައް ކަމެއް މިހާރު ރަށްރަށުން ލިބޭނެ ގޮތް ހަމަޖައްސާދީފައިވާ ކަން ވެސް މޭޔަރު ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އިސްނެގުމާއެކު ގެނައި ނިޒާމެއް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު