Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާގެ ރިސާޗު އުޅަނދެއް ރާއްޖެ އަންނަނީ

ޗައިނާގެ ރިސާޗު އުޅަނދު ރާއްޖެ އަައުމާއި މެދު ސަރުކާރުން ހަނު - އުޅަނދުގެ މިސްރާބު ހުރީ ރާއްޖެ އާއި ދިމާއަށް

އިންޑިއާއެކު ވެފައިވާ ހައިޑްރޯގްރަޕީ އެއްބަސްވުން ނިމުމަކަށް ގެނައީ ޗައިނާއަށް އެ ފުރުސަތު ދޭންވެގެން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2024 | ހޯމަ 13:42
ރާއްޖެ އަންނަ ޗައިނާ އުޅަނދުގެ ރޫޓް

ރާއްޖެ އަންނަ ޗައިނާ އުޅަނދުގެ ރޫޓް

14 ޑިސެމްބަރު 2023ގައި ދިވެހި ސަރުކާރުން ވަނީ ނިމިދިޔަ ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ގާއިމުކޮށްފައިގާ ހައިޑްރޯގްރަފީ އެއްބަސްވުން އުވާލުމަށް މި ސަރުކާރުން ނިންމިކަން އިޢުލާންކޮށްފައެވެ. ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް އެ ނިންމުން ހާމަކުރައްވި އިރު އެ އެއްބަސްވުން އާ ނުކުރަން ނިންމި ސަބަބުގެ ތަފްސީލެއް ނުދެއްވައެވެ. ޖޫން 7, 2024 ގައި ނިމުމަކަށް އަންނަ އެ އެއްބަސްވުން އާނުކުރަން މި ސަރުކާރުން ނިންމީ ޗައިނާގެ ރިސަރޗް އުޅަނދަކުން އެ މަސައްކަތް ކުރުމަށް ނިންމާފައިވާތީ ކަމަށް އޭރުވެސް އަޑު ފެތުރުނެވެ.

އޭރު ފިރުޒުލް ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުތައް ދިރާސާކޮށް، ޗާޓު ހެދުން ފަދަ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެ އެއްބަސްވުން ނިމުމުގެ ހަ މަސް ކުރިން އެއްބަސްވުން އާ ނުކުރާނެކަން އަންގަން ޖެހޭ ކަމަށާއި އެހެންކަމުން އޭރު އެ އެއްބަސްވުން އާ ނުކުރާނެ ކަން އިންޑިއާ ސަރުކާރަށް އެންގީ ކަމަށެވެ. ކަންމިހެން އޮތް އިރު ހައިޑްރޮގްރަފީ އެއްބަސްވުން އާ ނުކުރަން ނިންމި މައިގަނޑު މަގުސަދަކީ ދިވެހި ކަނޑުފަޅުގެ މައުލޫމާތު ހަމައެކަނި ދިވެހިންނަށް އެނގޭ ކަމެއްގެ ގޮތުގައި ބޭއްވުން ކަމަށް ސަރުކާރުން އައީ ބުނަމުންނެވެ. އެއީ ޒަމާނުއްސުރެ ދިވެހިންނަށް އޮތް ކަމެއްކަން ފާހަގަކޮށް އެ މަސައްކަތް ކުރުމަށް ދިވެހިންގެ ކެޕޭސިޓީ އިތުރުކުރުމުގެ ވާހަކަވެސް ދެކެވުނެވެ. އެރު ސަރުކާރުން ހާމަކުރި ގޮތުގައި އެ އެއްބަސްވުން އާ ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހުގައެވެ. އަދި އެއްބަސްވުން އާ ނުކުރުމަށް ނިންމުމާއެކު ހައިޑޮގްރަފީގެ ދާއިރާއިން ދިވެހި ސިފައިންގެ ގާބިލްކަން އިތުރުކުރުމަށް ބަޖެޓެއް ވެސް ކަނޑައަޅަން ސަރުކާރުން ނިންމާފައިވާކަން ސަރުކާރުުން ވަނީ ހާމަކޮށްފައެވެ.

ކަންމިހެން އޮތް އިރު ކަނޑުގެ ސަރވޭ ހަދާ ޗައިނާގެ ބޯޓެއް ރާއްޖެ އަންނަން ހުއްދައަށް އެދި އެ ބޯޓު އަންނާނެކަމަށް ބުނާ ތާރީހު ބޯމަތިވި އިރުވެސް މި ސަރުކާރުން ތިބީ އެއީ ދަންނަ ކަމެއް ކަމަށްވެސް ނުހަދައެވެ. އެ ބޯޓުން އެފަދަ ކަމަކަށް އެދި އެ ހުއްދައަށް އެދިފައިވާކަން ސަރުކާރަށް އެނގޭކަމަކަށް ނަހަދައެވެ. ތަކުރާރުކޮށް ސުވާލުކޮށްގެން ވެސް އެކަމަށް ޖަވާބެއް ނުދެއްވައެވެ. ހަގީގަތަކީ އިންޑިއާ އާއެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން ނިމުމަކަށް ގެނައިތާ ހަފްތާއެއް ނުވަނީސް، ޗައިނާގެ ކަނޑުގެ ދިރާސާކުރާ އުޅަނދެއް ރާއްޖެ އައުމަށް ހުއްދައަށް އެދިފައިވާ ކަމެވެ. އަދި ސަރުކާރުން އެކަން ސިއްރު ކުރަން އުޅުނު ނަމަވެސް މި ޒަމާނަކީ އެއަށް ވުރެ ހާމަކަން ބޮޑު ދުވަސްވަރަކަށް ވުމުން އެކަން ސިއްރު ކުރެވޭ ގޮތެއް ނުވެއެވެ. ޗައިނާގެ ބޯޓުގެ ވާހަކަ އާއި މެދު ސުވާލުކުރުމުން ޖަވާބެއް ދެއްވުމުގެ ބަދަލުގައި ދެއްކެވީ އިންޑިއާގެ ހައިޑްރޯގްރަފީއާ ގުޅޭ ވާހަކައެވެ. އަދި ޗައިނާގެ ބޯޓުގެ މައުލޫމާތު ނޭނގޭކަމަށް ސަރުކާރުން އައީ ބުނަމުންނެވެ.

ކޮންމެއަކަސް އިންޑިއާއެކުވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުން އަލުން ރިވިއު ނުކުރާ ގޮތަށް ހަމަޖައްސައި އެއީ ޤައުމީ ނިންމުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. ސަރުކާރުން ބުނި ގޮތުގައި އެ މަސައްކަތް ކުރާނީ ދިވެހި ސިފައިންނެވެ. އަދި އެކަމަށް ބަޖެޓް ދީފައިވާ ކަމަށް އައީ ބުނަމުންނެވެ. އަދި ޗައިނާ ސަރުކާރުގެ ބަޔަކު ރާއްޖެއަންނަން އުޅޭކަމުގެ މައުލޫމާތު ޗެކްކޮށްލަން ޖެހޭނެ ކަމަށް ވިދާޅުވި ފަހުން އެތައް ދުވަހެއް ވިއިރު އެ މައުލޫމާތު އެނގޭ ކަމަކަށް ސަރުކާރަކުން ނުހަދައެވެ. އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއާއި އިތުރު ނޫސްތައް އަދި ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން، އިންޑިއާގެ ކަނޑުގެ ސިފައިންނާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިކަން އިއުލާންކުރި އިރު ވެސް ޗައިނާގެ ރިސަރޗް އުޅަނދު ރާއްޖެ އަންނަން ނިންމާފައިވާ ކަމަށެވެ. އަދި މި ހިނގާ 2024ގެ ކުރީކޮޅުން ފެށިގެން ޗައިނާގެ ރިސަރޗް ސަރވޭ ވެސެލް ދެކުނު އިންޑިއާ ކަނޑުގައި ދިރާސާކުރުމަށް މާލެއަށް ބަނދަރުކުރުމުގެ ހުއްދައަކަށް އެދިފައިވާކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ލަންކާއަށްވެސް، ޗައިނާގެ ދިރާސާކުރާ ބޯޓެއް ބަނދަރުކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްކޮށްފައިވެއެވެ. އެ ބޯޓަކީ ލަންކާއަށް ބަނދަރުކުރީ "ޝި ޔާން6" އެވެ. ލަންކާއިން ވެސް އެކަން ކަށަވަރުކޮށްދިނެވެ. އެހެންކަމުން ޗައިނާގެ އުޅަނދު ރާއްޖެ އަންނަނީ ވެސް އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި އެކު މަސައްކަތް ފަށަން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. މިހާރު ފެންނަން ހުރި މައުލޫމާތުތަކަށް ބަލާއިރު ޗައިނާގެ ކަނޑުގެ ރިސާޗު ކުރާ އުޅަނދެއް ޖެނުއަރީ 30ގައި މާލެ އަށް އަންނަން ދަތުރުކުރަމުންދާކަން ވަނީ ޔަޤީންވެފައެވެ. އެގޮތުން ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުންސާފުކޮށް އެނގޭ ކަމަކީ ޗައިނާ ސަރުކާރުގެ އުޅަނދެއް ކަމަށްވާ "XIANG YANG HONG 03" މިހާރު ރާއްޖެ އަށް މިސްރާބު ޖަހާފައިވާ ކަމެވެ. އަދި މި ހިސާބަށް އައި އިރުވެސް ސަރުކާރުން އޮތީ މިކަމާއި މެދު ހަނެވެ. އެފަދަ މައުލޫމާތެއް ހަމަ ހިލާ އެނގޭ ކަމަކަށް ނަހަދައެވެ. ހާމަކަން ބޮޑުކަމަށް ވިދާޅުވާ ސަރުކާރުގެ އުސޫލަކީ މިއީއެވެ. ހާމައަށް ފެންނަން ހުންނަ ކަންކަމުގައި ވެސް ސީދާ ދޮގާއި އޮޅުވާލުމެވެ. މިހެން ފާހަގަކުރަން ޖެހޭ ސަބަބަކީ ޗައިނާގެ މިފަދަ އުޅަނދެއް މި މަހު ރާއްޖެ އަންނަކަމަށް ބޭރުގެ މީޑިއާތަކުން މިދިޔަ މަހު ރިޕޯޓުކުރުމާ ގުޅިގެން އޯޝަން ރިސޯސަސް މިނިސްޓްރީން އެކަން ދޮގުކޮށްފައިވުމެވެ. އެއްގޮތަކީ އެ ވުޒާރާ އަށް އެނގިފައިނެތީއެވެ. އަނެއް ގޮތަކީ އެނގި ތިބެ ސިއްރު ކުރުމެވެ. ދެ ހާލަތުގައި ވެސް މިއީ ވަރަށް ބޮޑު މައްސަލައެކެވެ.

ޗައިނާއިން ކަނޑު ދިރާސާކުރާ އުޅަނދު ދިވެހިރާއްޖޭގައި ބަނދަރު ކުރުން މިއި މިވަގުތަށް ބަލާ އިރު ރާއްޖެ އަށް ރަނގަޅު ނިންމުމެއްތޯ ސުވާލު އުފެދެއެވެ. އަދި މި ފަދަ ހައްސާސްކަމެއްގެ މައުލޫމާތު ފަސް އަަޅާ ފޮރުވަންވީ ސަބަބެއް ނުވިސްނެއެވެ. އިންޑިއާ އާ އެކުވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމާ މި ކަމާއި ގުޅުމެއް ނެތްކަމަށް ޤަބޫލުކުރަން ވެސް ދައްޗެވެ. ސަބަބަކީ މުއާމަލާތްތައް ހިނގާފައިވާ ގޮތާއި ތާރީހަށް ބެލުމުން ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު