Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ފަހަތުން އަރައި ރެއާލުން އަލްމޭރިއާ ބަލިކޮށްފި

މޮޅާއެކު ރެއާލުން ވަނީ އަލުން އެއް ވަނަ އަށް ޖެހިލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ޖެނުއަރީ 2024 | ހޯމަ 01:49
މެޗުގަައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގަައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ސްޕެނިޝް ލީގުގައި އަލްމޭރިއާއާ ދެކޮޅަށް ކުޅުނު މެޗުން، ފަހަތުން އަރައި ރެއާލް މެޑްރިޑު މޮޅުވެއްޖެ އެވެ.

ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލްމޭރިއާ އިންނެވެ. މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އަލްމޭރިއާ އަށް ލީޑު ނަގައިދިނީ ލާޖީ ރަމަޒާނީ އެވެ. އޭނާ އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލޫކަސް ރޮބާޓޯން އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލްމޭރިއާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އެޑްގާ ގޮންޒާލޭޒް އެވެ.

ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ރެއާލުން ވަނީ ލަނޑު ޖަހައިގެން ފަރަގު ކުޑަ ކޮށްފަ އެވެ. މެޗުގެ 57 ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ އިންގްލެންޑުގެ ޖޫޑް ބެލިންހަމް އެވެ. އެ ލަނޑު އޭނާ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. އޭގެ ހަތަރު މިނެޓު ފަހުން އަލްމޭރިއާ އިން ތިން ވަނަ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ. ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 67 ވަނަ މިނެޓުގަ އެވެ. އެއީ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ޖެހި ލަނޑުންނެވެ. މެޗުން ރެއާލް މޮޅު ކޮށްދިނީ އިތުރު ވަގުތު ޑެނީ ކަވަހާލް އެވެ. އޭނާ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ބެލިންހަމް އެވެ.

މޮޅާއެކު ރެއާލުން ވަނީ އަލުން އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 20 މެޗުން 51 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ޖިރޯނާ އަށް ލިބެނީ 49 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި
02 އެޕްރީލު 2017

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި
01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
23 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
20 މާރިޗު 2017

ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި

20 މާރިޗު 2017
ސްޕެނިޝް ލީގު: ފަހަތުން އަރާ ބާސާ އިން ވެލެންސިއާ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު