Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ޑީ ރޮސީ އިރުޝާދު ދިން ފުރަތަމަ މެޗުން ރޯމާ އަށް މޮޅެއް

މޮޅާއެކު ރޯމާ އަށް ވަނައިގައި އޮތީ ލަނޑުގެ ތަފާތުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖެނުއަރީ 2024 | އާދީއްތަ 06:55
ރޯމާގެ ކޯޗު ޑީ ރޮސީ

ރޯމާގެ ކޯޗު ޑީ ރޮސީ

ރޯމާގެ ކޯޗުކަމާ ހަވާލުވި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، ޑެނިއެލް ޑީ ރޮސީ އިރުޝާދު ދިން ފުރަތަމަ މެޗުން ރޯމާ މޮޅުވެއްޖެ އެވެ.

ރޯމާގެ ކޯޗުކަމަށް ޑީ ރޮސީ ހަމަޖެއްސީ ކުރިން އެ މަޤާމުގައި ހުރި ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ވަކިކުރުމަށްފަހު އެވެ. އެއީ ރޯމާގެ ނަތީޖާތައް ދަށްވެފައިވާތީ އެވެ. ޑީ ރޮސީގެ އިރުޝާދުގެ ދަށުން ރޯމާ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ވެރޯނާއާ ދެކޮޅަށެވެ.

ރޯމާގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރޯމާ އިން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ވެރޯނާގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 19 ވަނަ މިނެޓުގައި ރޯމާ އަށް ލީޑު ނަގައިދިނީ އެ ޓީމުގައި މޮޅަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ރޮމެލޯ ލުކާކޫ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ސްޓެފަން އެލް ޝާރަވީ އެވެ. އޭގެ ފަހުން، ރޯމާގެ ދެ ވަނަ ލަނޑު 25 ވަނަ މިނެޓުގައި ޖެހީ ލޮރެންޒޯ ޕެލެގްރިނީ އެވެ. އޭނާ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ސްޓެފަން އެލް ޝާރަވީ އެވެ. މެޗުގައި ވެރޯނާގެ ހަމައެކަނި ލަނޑު، 76 ވަނަ މިނެޓުގައި ޖެހީ މިކޭލް ފޮލޮރުންޝޯ އެވެ. އޭގެ ކުރިން ވެސް ވެރޯނާ އިން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މޮޅާއެކު ރޯމާ އަށް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ކުޅުނު 21 މެޗުން އެ ޓީމަށް ލިބެނީ 32 ޕޮއިންޓެވެ. ރޯމާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތް ވަނައިގައި ބޮލޮގްނާ އަށް ވެސް ލިބެނީ 32 ޕޮއިންޓެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު