Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުއްޖާ ނިޔާވި މައްސަލަ

ޣައްސާން ވިދާޅުވަނީ މެޑިކަލް އިވެކުއޭޝަންގެ 93 އިންސައްތަކުރީ މޯލްޑިވިއަނުން ކަމަށް

20 ޖެނުއަރީ 2024 | ހޮނިހިރު 17:20

މިނިސްޓަރ ވިދާޅުވީ މެޑިކަލް އޮޕަރޭޝަންގެ އެސްއޯޕީ ގައި ރައީސުލްޖުމްހޫރިއްޔާ އަށް އެންގުމެއް ކުރުމެއް، ހުއްދަ ދެއްވުމެއް ނޯވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ޖެނުއަރީ 2024 | ހޮނިހިރު 17:20
ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން

2021 ވަނަ އަހަރުން ފެށިގެން ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމުގައި ނުވަތަ މެޑިކަލް އިވެކުއޭޝަންގެ 93 ޕަސެންޓް ކޮށްފައި ވަނީ މޯލްޑިވިއަން އެއާލައިނުން ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ އެކްސްގައި މިމޭރުމުން ޕޯސްޓްކުރެއްވީ ގއ. ވިލިނގިލިން ކުއްލި ހާލަތުގައި މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސް ފަރުވާ ދެނިކޮށް އުމުރުން 13 އަހަރުގެ ކުއްޖަކު ނިޔާވީ، މާލެ ގެނައުން ލަސްވެ، އިތުރު ފަރުވާ ވެސް ލަސްވުމުން ކަމަށް އެ ކުއްޖާގެ އާއިލާ އިން ބުނެފައިވާތީ އެކަމާއި ގުޅިގެން ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުންދާތީއެވެ. މިނިސްޓަރ ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ތަފާސްހިސާބަށް ބަލާއިރު މެޑިކަލް އިވެކުއޭޝަންގެ 93 އިންސައްތަ ކޮށްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށްކަމަށެވެ.

Advertisement - newsAdvertisement

ކުއްޖާ ގެނައުން ލަސްވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސީދާ ހުއްދަ ނުލިބިގެންކަމަށް ދައްކަމުން އަންނަ ވާހަކަތަކަށް ރައްދުދެއްވާ މިނިސްޓަރ ވިދާޅުވީ މެޑިކަލް އޮޕަރޭޝަންގެ އެސްއޯޕީ ގައި ރައީސުލްޖުމްހޫރިއްޔާ އަށް އިންފޯމް ކުރުމެއް، ހުއްދަ ދެއްވުމެއް ނޯންނަކަމަށާއި އެއީ އެކަމާ ގުޅޭ އިދާރާތަކުން ކޯޑިނޭޓް ކުރެވިގެން ހިނގާ ކަމެއްކަމަށެވެ.

މިނިސްޓަރ މިމޭރުމުން ޕޯސްޓްކުރެއްވި ފަހުން ޓްރާންސްޕޯޓް މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިމަޖެންސީ ކޭސްއެއް އަތުވެޖެނަމަ، ފްލައިޓް ޝެޑިއުލުން އެންމެ އިސްކަމެއް ދީގެން އިމަރޖެންސީކޮށް އުފުލަންޖެހޭ ފަރާތް އުފުލާގޮތަށް މޯލްޑިވިއަންގެ އުސޫލަށް ބަދަލުގެނެސްފައިވާކަމަށެވެ. އަދި މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިޔަށްދާ އެއް ކަމަކީ، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ތަޢާރަފު ކުރުންކަމަށާއި މި ޚިދުމަތް 1 މާރިޗް 2024 ގައި ފެށިގެން ދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެފަހުން މިމައްސަލައިގައި ރައީސް އޮފީހުން ބުނެފައިވަނީ ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ، ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވާފައިވާކަމަށެވެ.

އުމުރުން 13 އަހަރުގެ މިކުއްޖާ މާލެ ގެންނަން ޑޮކްޓަރުން އަންގާފައިވަނިކޮށް 16 ގަޑިއިރު ފަހުން ކުއްޖާ މާލެ ގެނައި ފަހުން ނިޔާވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ނިޔާވި ކުއްޖާއަށް ވިލިނގިލިން ފަރުވާ ނުލިބި ލަސްވެގެން ކަމަށް ބުނެ، އެ ރަށު ރައްޔިތުން އެއްވެ، އެ ރަށު ހޮސްޕިޓަލުގެ ނަން ބޯޑު ބަދަލުކޮށް، ހޮސްޕިޓަލް ކުރިމަތީގައި މުޒާހަރާކުރިއެވެ.

އަވަސްފަރުވާ ބޭނުންވާމީހުން މާލެއަށް ގެނައުމަށް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މީގެ ކުރިން ބޭނުންކުރެއެވެ. ނަމަވެސް މިސަރުކާރު އައިފަހުން ބަލި މީހާގެ ހާލަތު ގޯސްވިނަމަވެސް އިންޑިއާގެ ހެލިކޮޕްޓަރު ބޭނުންނުކުރާ ކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2017

ރައީސް މައުމޫނު ވިދާޅުވަނީ ރިޔާސީ އިންތިހާބުގެ ކުރިން ފާރިސް މިނިވަންވެވަޑައިގަންނަވާނެ ކަމަށް!

14 އޮކްޓޯބަރު 2017
ރައީސް މައުމޫނު ވިދާޅުވަނީ ރިޔާސީ އިންތިހާބުގެ ކުރިން ފާރިސް މިނިވަންވެވަޑައިގަންނަވާނެ ކަމަށް!
12 އޮކްޓޯބަރު 2017

ގައިދީއަކު މަރުވުމާއިއެކު މާފުށީ ޖަލުގައި މެޑިކަލް ޕޯސްޓެއް ހަދަން އަނެއްކާވެސް އިއުލާންކޮށްފި

12 އޮކްޓޯބަރު 2017
ގައިދީއަކު މަރުވުމާއިއެކު މާފުށީ ޖަލުގައި މެޑިކަލް ޕޯސްޓެއް ހަދަން އަނެއްކާވެސް އިއުލާންކޮށްފި
23 ޖުލައި 2017

އިދިކޮޅު މެމްބަރުން ވިދާޅުވަނީ ޖަލްސާ އޮންނާނެ ކަމަށް، މަޖިލީހުން އަންގަނީ ނޯންނާނެ ކަމަށް

23 ޖުލައި 2017
އިދިކޮޅު މެމްބަރުން ވިދާޅުވަނީ ޖަލްސާ އޮންނާނެ ކަމަށް، މަޖިލީހުން އަންގަނީ ނޯންނާނެ ކަމަށް
18 ޖުލައި 2017

އައްޑޫގައި ސުޕަރ ސްޕެޝަލިސްޓުންގެ ހާއްސަ މެޑިކަލް ކޭމްޕެއް ކުރިއަށް ދަނީ

18 ޖުލައި 2017
އައްޑޫގައި ސުޕަރ ސްޕެޝަލިސްޓުންގެ ހާއްސަ މެޑިކަލް ކޭމްޕެއް ކުރިއަށް ދަނީ
08 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ

08 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ
07 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި

07 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި
06 ޖުލައި 2017

ޑރ. ޖަމީލު ވިދާޅުވަނީ "ތިޔަހެން ނުހައްދަވާށެ އިނގޭތޯ ވެރީ ސޮރީ"

06 ޖުލައި 2017
ޑރ. ޖަމީލު ވިދާޅުވަނީ "ތިޔަހެން ނުހައްދަވާށެ އިނގޭތޯ ވެރީ ސޮރީ"
15 ޖޫން 2017

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

15 ޖޫން 2017
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
24 އެޕްރީލު 2017

ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި

24 އެޕްރީލު 2017
ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި
11 ފެބުރުއަރީ 2017

ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!

11 ފެބުރުއަރީ 2017
ފުއާދަށް އިއްވި ހުކުމުގެ މުއްދަތު ހަމަވަނީ، އަދިވެސް ވިދާޅުވަނީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް