Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

އަލް ނަސްރަށް ބަދަލުވުމަކީ ނިންމުނު ރަނގަޅު ނިންމުމެއް: ރޮނާލްޑޯ

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލުމަށްފަހު، ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖެނުއަރީ 2024 | ހޮނިހިރު 04:50
ގްލޯބް ސޮކާ އެވޯޑު ހަފްލާގައި ރޮނާލްޑޯ ބައިވެރިވަނީ

ގްލޯބް ސޮކާ އެވޯޑު ހަފްލާގައި ރޮނާލްޑޯ ބައިވެރިވަނީ

ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ބަދަލުވުމަކީ، އޭނާއަށް ނިންމުނު ވަރަށް ރަނގަޅު ނިންމުމެއް ކަމަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހެން ބުނީ، ދުބާއީގައި ހުކުރު ދުވަހުގެ ރޭ އޮތް ގްލޯބް ސޮކާ އެވޯޑު ހަފުލާގައި ވާހަކަ ދައްކަމުންނެވެ. މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލުމަށްފަހު، ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުއެވެ. ނަމަވެސް، އަލް ނަސްރުން އަންނަނީ ރޮނާލްޑޯގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ސައުދީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެވޯޑު ހަފުލާގައި ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، އަލް ނަސްރުގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން، ވަރަށް އުފަލުން ކަމަށެވެ. އަދި އެ ކުލަބަށް ބަދަލުވާން ނިންމުމަކީ، އޭނާއަށް ނިންމުނު ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ. ރޮނާލްޑޯ ފާހަގަކުރިގޮތުގައި ސައުދީ ލީގު އޮތީ ކުރިއަރައިގެން ދިޔުމުގެ މަގުމަތީގައެވެ. އެކަމަށް ވަގުތު ނަގާނެ ކަމަށާއި، ނަމަވެސް ހަރުފަތަކަށްފަހު ހަރުފަތަކުން ގޮސް، އެންމެ މަތީ ފަންތީގައި އެ ލީގު އޮންނާނެ ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.

މީގެ އިތުރުން ރޮނާލްޑޯ ބުނީ، އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި ދުނިޔޭގެ އެންމެ މަތީ ފަންތީގެ ތިން ލީގުގެ ތެރޭގައި ސައުދީ ލީގު ހިމެނޭނެއެވެ. އަދި އެ ދުވަހަކުން، ސައުދީގައި ކުޅެމުން އަންނަ ކުޅުންތެރިންނާއި، އެ ގައުމުގެ ރައްޔިތުން ވެސް ވަރަށް ފަޚުރުވެރިވާނެ ކަމަށް ރޮނާލްޑޯ ބުންޏެވެ. މިހާރު ވެސް، ފްރާންސް ލީގަށްވުރެ ސައުދީ ލީގު ވަރުގަދަވެފައި، ވާދަވެރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލް ނަސްރަށް ބަދަލުވެ، ރޮނާލްޑޯ އަންނަނީ އެ ކުލަބުގައި ވެސް މޮޅަށް ކުޅެމުންނެވެ. އެ ކުލަބާއެކު ހޭދަކުރި ފުރަތަމަ ސީޒަންގައި ރޮނާލްޑޯ ވަނީ، 19 މެޗުގައި 14 ލަނޑު ޖަހާފައެވެ. ނަމަވެސް، މިހާރު ކުރިއަށްދާ ސީޒަންގައި އޭނާ ވަނީ، 31 މެޗުގައި 30 ލަނޑު ޖަހާފައެވެ. އަލް ނަސްރާއެކު ރޮނާލްޑޯ ވަނީ އަރަބް ކުލަބު ޗެމްޕިއަންސް ކަޕް ކާމިޔާބު ކޮށްފައެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް

20 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފަހަތުން އަރާ އެފްސީ އަލްގާ ބަލިކޮށް ޓީސީ ސެމީއަށް
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
11 ފެބުރުއަރީ 2017

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު