Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަޅުވެރިން ތަމްރީން ކުރުން

ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިޔަކު، ރެސްކިޔު ޑައިވަރ ފެންވަރަށް ތަމްރީންކުރުމުގެ ޕްރޮގްރާމް ފަށައިފި

މަސްވެރިކަމަށް އިތުރު ކުރިއެރުންތައް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 20 ޖެނުއަރީ 2024 | ހޮނިހިރު 03:44
ރެސްކިޔު ޑައިވަރ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރެސްކިޔު ޑައިވަރ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގައި ފީނައިގެން އެންވެރިކަންކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިޔަކު، ރެސްކިޔު ޑައިވަރ ފެންވަރަށް ތަމްރީން ކުރުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

ހުކުރު ދުވަހު ގދ. މަޑަވެލީގައި ރެސްކިޔު ޑައިވަރ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވަނީ، މަސްވެރިކަމަކީ ރައްކާތެރިކަމާއެކު ކުރިއަށްގެންދާ ކަމަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އެގޮތުން މަސްވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަށާ މި މުހިންމު މަސައްކަތުގެ ސަބަބުން، މަސްވެރިކަމަށް އިތުރު ކުރިއެރުންތައް ލިބޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މަސްވެރިންނަށް އެން ހޯދުމުގައި ދިމާވާ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންވެރިކަމުން ނަފާ ނެރެވޭނެ މަސައްކަތަކެއް ކުރަމުންދާކަމަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޑައިވްކުރުމުގެ ތެރޭގައި މަސްވެރީންނަށް ކުރިމަތިވާ ހިތާމަވެރި ހާދިސާތައް މަދުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މަސްވެރިކަންކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރީންގެ ތެރެއިން މަދުވެގެން 1 ފަޅުވެރިއަކީ "ރެސްކިޔު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ މީހެއް ކަމުގައި ހަދާނެއެވެ.

މި ޕްރޮގްރާމުގައި، ރެސްކިޔު ޑައިވަރ ފެންވަރަށް ތަމްރީންވާ ބައިވެރިން ތަފާތު 6 ކޯހެއް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކޯސްތައް ކުރިއަށް ގެންދިއުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ 6 އިންސްޓްރަކްޓަރުން އައްޔަންކޮށްފައެވެ.

ގދ. މަޑަވެލީގައި ދުއްވާ 8 ދޯނިން 8 ފަޅުވެރިޔަކު މިހާރުވަނީ ރެސްކިޔު ޑައިވަރ ކޯސް ހެދުމަށް ނިންމާފައެވެ. އޮޑިވެރިންނާއި ކެޔޮޅުންގެ އެދުމަށް، ދޯނިތަކުން ފީނާ އެހެން ފަޅުވެރީންނަށް ޕްރޮގްރާމް ހިންގުމަށް މިނިސްޓްރީގެ އެއްބާރުލުން ދިނުމަށް ނިންމާފައިވެއެވެ.

ރެސްކިޔު ޑައިވަރ ޕްރޮގްރާމްގެ ދަށުން ހުވަދުއަތޮޅުގެ އިތުރު 3 ރަށެއްގައި މި ކޯސް ކުރިއަށްދާނެއެވެ. އެއީ ގއ. ކޮލަމާފުށި، ގއ. ވިލިނގިލި، އަދި ގއ. ދެއްވަދޫގައެވެ. އަދި ލ އަތޮޅާއި، ސ އަތޮޅުގެ ރަށްރަށުގައިވެސް މި ކޯސް ހިންގުމަށްވަނީ އެދިފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ފެށޭ ހަފުތާގެ ތެރޭގައި، ސ އަތޮޅާއި، ލ އަތޮޅަށް ޑައިވިންގ އިންސްޓްރަކްޓަރުން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ހުކުރު ދުވަހު ފެށި ޑައިވްކޯހާއެކު ގއ އަދި ގދ އަތޮޅުގެ 4 ރަށެއްގައި، ޖުމްލަ 25 ފަޅުވެރިންނަށް ކޯސް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
10 މާރިޗު 2017

ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން

10 މާރިޗު 2017
ގައުމީ ދިދަ އިހްތިރާމާ އެކު ބޭނުން ކުރުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިގެންވޭ: ރައީސް މައުމޫން
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ

16 ފެބުރުއަރީ 2017
މޫސުމް ވަރަށް ގޯސް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު