Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސިމްޑީ ބެވް

މަޝްހޫރު ބްރޭންޑް "މޮނިން"ގެ އެކި ބާވަތުގެ ސިރަޕް، މިހާރު ސިމްޑީ ރެސޫ އިން ލިބޭނެ!

މި އުފެއްދުންތައް ލިބޭނީ ނީލޯފަރު މަގުގައި ހުންނަ ސިމްޑީގެ ރެސޫ ޝޯވްރޫމް އިން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 19 ޖެނުއަރީ 2024 | ހުކުރު 17:15
ސިމްޑީން މޮނިންގެ އުފެއްދުންތައް ފިހާރައަށް ތައާރަފްކުރުން

ސިމްޑީން މޮނިންގެ އުފެއްދުންތައް ފިހާރައަށް ތައާރަފްކުރުން

އެކި ފްލޭވާތަކުގެ ސިރަޕާއި ފްރުޓް މިކްސް އުފެއްދުމަށް ބޭނުންކުރާ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑް, "މޮނިން" ގެ އުފެއްދުންތައް ސިމްޑީ ރެސޫ ޝޯވްރޫމް އިން ލިބޭނެ ގޮތް ހަދައިފިއެވެ.

2010 ވަނަ އަހަރުން ފެށިގެން ވެސް ރާއްޖޭގެ ރިސޯޓުތަކަށާއި ރެސްޓޯރަންޓްތަކަށް "މޮނިން"ގެ އުފެއްދުންތައް ސަޕްލައިކުރަމުން ދިޔަ ސިމްޑީ އިން، މި ފަހަރު އާންމުންނަށް"މޮނިން"ގެ އުފެއްދުންތައް ލިބޭނެ ގޮތް ހަދާފައިވަނީ، އޭގެ ޑިމާންޑް ބޮޑުވުމާއެކު އެވެ.

އެގޮތުންސިމްޑީގެ ރެސޫފިހާރައިން އެ އުފެއްދުންތައް ލިބޭނެ ގޮތް ހަމަޖެހިި، އެ އުފެއްދުންތައް ވިއްކުން ފެށުން ފާހަގަކުރުމަށް "މޮނިން އެންޑް ޔޫ"ގެ ނަމުގައި ޙާއްސަ ހަރަކާތެއް އެ ފިހާރައިގައި ވަނީ ބާއްވާފައެވެ.

އެ ހަރަކާތުގައި "މޮނިން" އުފެއްދުންތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު އެ ހަރަކާތުގައި ބައިވެރިވި ކަސްޓަމަރުންނާއި އަދި އެ ނޫންވެސް ފަރާތްތަކަށް ދީފައިވެއެވެ.

ސިމްޑީން "މޮނިން" ގެ އުފެއްދުންތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކުރީ، ދިހަ ފްލޭވާ އަދި މިކްސް ފްރުޓްގެ ދެ ބާވަތެއްގެ އުފެއްދުންތަކާ އެކު އެވެ. އެހެން ނަމަވެސް މި ފަހަރު ފިހާރައިން "މޮނިން"ގެ އުފެއްދުންތައް ލިބޭނެ ގޮތް ހަމަޖެހުނުއިރު، 50 އެކި ވައްތަރުގެ ފްލޭވާއެއްގެ ސިރަޕް، 17 މިކްސް ފްރުޓް، ތިން ފްރެޕޭ ޕައުޑާ އަދި ދެ ވައްތަރެއްގެ ޗޮކްލެޓް ސޯސް ލިބެން ހުންނާނެއެވެ.

މި އުފެއްދުންތައް ލިބޭ ނީލޯފަރު މަގުގައި ހުންނަ ސިމްޑީގެ ރެސޫ ޝޯވްރޫމް ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ވެލިގާ ހާޑުވެޔަރ އިން މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި

03 އޮކްޓޯބަރު 2017
ވެލިގާ ހާޑުވެޔަރ އިން މެޓާބޯ ބްރޭންޑް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފި
18 ސެޕްޓެމްބަރު 2017

175 ސްޓޯލްއާ އެކި ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2017 ހުޅުވައިފި

18 ސެޕްޓެމްބަރު 2017
175 ސްޓޯލްއާ އެކި ހޮޓެލް އޭޝިޔާ އެގްޒިބިޝަން 2017 ހުޅުވައިފި
17 ސެޕްޓެމްބަރު 2017

މަންޗީސް ބްރޭންޑްގެ ކްރިމްކްރޭކަރ ބިސްކޯދު ރާއްޖެއަށް ތައާރަފުކޮށްފި

17 ސެޕްޓެމްބަރު 2017
މަންޗީސް ބްރޭންޑްގެ ކްރިމްކްރޭކަރ ބިސްކޯދު ރާއްޖެއަށް ތައާރަފުކޮށްފި
20 އޯގަސްޓު 2017

އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި

20 އޯގަސްޓު 2017
އެސްޓީއޯއިން ރާއްޖެއަށް ކޯނޭ ބްރޭންޑްގެ އެލަވޭޓާރސް ތައާރަފުކޮށްފި
08 އޯގަސްޓު 2017

މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި

08 އޯގަސްޓު 2017
މަޝްހޫރު "ސްޓާބަކްސް" ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު