Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މައުމޫން

ރާއްޖޭގައި އިންސާފު އޮތީ ބޮޑު ކެކުރި ކުޑަ ކެކުރި އުސޫލުން: ރައީސް މައުމޫން

ބޮލަށް ތަދުވާ ވަރަށް ގިނަ ކަންކަން ދަނީ ހިނގަމުން

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 31 ޖުލައި 2017 | ހޯމަ 03:53
ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވާހަކަ ދައްކަވަނީ

ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވާހަކަ ދައްކަވަނީ

ރާއްޖޭގައި އިންސާފު އޮތީ ކުޑަ ކެކުރި ބޮޑު ކެކުރި އުސޫލުންކަން ފާހަގަ ކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ ގާނޫނުއަސާސީ އާއި ހިލާފަށް އަދި އިންސާފުން ބޭރުން އެތައް ކަމެއް ހިނގަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރިޝްވަތު ދިންކަމުގެ ތުހްމަތުގައި ރައީސް މައުމޫނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ހައްޔަރުކޮށްގެން ގެންގުޅޭއިރު، އަދުލް އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ވަކި ގޮތެއް ވެގެން ނުވާނެ ކަން ފާހަގަ ކުރައްވައި، ރައީސް މައުމޫން ވިދާޅުވީ ފައިސާ ގޯނި ހިފައިގެން މެމްބަރުންނަށް ބެހި މީހާއާ ސުވާލެއް ވެސް ނުކުރާ ކަމަަށެވެ. ރައީސް މައުމޫން އިޝާރަތް އެ ކުރެއްވި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެފައިވާ ވާހަކައަށެވެ.

މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެފައިވަނީ އަދީބުގެ ފައިސާ ގޯނިތައް ހިފައިގެން މެމްބަރުންނަށް ބެއްސެވުމަށް ވަޑައިގަތީ އޭނާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި މި ވާހަކަ ވިދާޅުވުމުގެ އިތުރަށް، ރައްޔިތުންގެ މަޖިލީހުން ބޭރުގަ އާއި ޓީވީ ޝޯތަކުގައި ވެސް އޭނާ މިހެން ވިދާޅުވެފައިވެ އެވެ. އެއީ އިއުތިރާފު ކަމަށްވާއިރު، ތަހްގީގެއްކޮށް ޝަރީއަތެއް މިހާރު ބޭނުމެއް ނުވާ ކަމަށާއި ރައީސް މައުމޫން ވިދާޅުވި އެވެ.

މެމްބަރު އިސްމާއީލްގެ ތަހްގީގެއް ނުހިންގާއިރު، ހައްޔަރުކޮށްގެން ފާރިސް ގެންގުޅެމުންދާއިރު ފާރިސްގެ މައްޗަށް ހެއްކެއް ގަރީނާއެއް ވެސް ނެތް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.މިގޮތަށް އިންސާފު ގާއިމުކުރުމަކީ އިހު ޒަމާނުގެ ވާހަކައެއްގައި ބުނާ އުސޫލުން ބޮޑު ކެކުރި ކުޑަ ކެކުރި އުސޫލު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި 42 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ހުޅުވާލެވިފައިވާ މަޖިލީހެއްގައި އިންސާފުން ޝަރީއަތް ހިންގަންޖެހޭނެ ކަމަށާއި އެއީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމަށް ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ ޝަރީއަތްތައް ހިންގަންވާނީ އަދުލުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި ހާމަކަމާއެކުގައި ކަމަށެވެ. ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުން ބަޔާންކުރާ ގާނޫނު އަސާސީގެ 45 ވަނަ މާއްދާގައި، ގާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން މެނުވީ މީހެއްގެ ގަޔަށް އަތްލައި ހައްޔަރުކޮށްގެން ނުވާނެ ކަމަށް ބުނެފައިވާއިރު، އެއީ ގްރޭޑް ފަހެއްގެ ކުއްޖަކަށް ވެސް އެނގޭ މިންވަރު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއިދު، އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން ވިދާޅުވީ ދައުލަތް ހިންގަމުންދާ ގޮތުން އެ މަނިކުފާނުގެ "ބޮލަށް ތަދުވާ" ކަމަށާއި މިފަދަ އެތައް މައްސަލަތަކެއް އެބަހުރި ކަމަށެވެ.

"އަޅުގަނޑު މިރޭ ވާހަކަ ދައްކާއިރު އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑު ދަންނަވާލަން އެބަޖެހެއޭ އަޅުގަނޑުގެ ބޮލަށް އުނދަގޫވާ ކަންތައްތަކެއްގެ ވާހަކަ. ހަމަނުޖެހޭ ގޮތްގޮތަށް ކަންތައްތަކެއް ހިނގަމުންދާތީ. ކޮންމެ އިންސާނަކު ވިސްނާލީމާ އެއީ ހަމަޖެހޭ ގޮތްތޯ، ހަމަނުޖެހޭ ގޮތްތޯ އެނގޭނެ. ހަމަނުޖެހޭ ގޮތްގޮތަށް ކަންތައް ހިނގަމުންދާތީ އެކަމަށް އަޅުގަނޑު ވަރަށް ކަންބޮޑުވޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.

"މީހުންގެ ވާހަކަތައް ގަބޫލު ނުކުރާ ނުވަތަ އެހެން މީހުން ދައްކާ ހެއްކާއި ދަލީލުތައް ގަބޫލުނުކުރާ ނުވަތަ އަމިއްލަ އަށް ފެންނަ ގޮތަކަށް ކަންތައް ކުރާ މީހުންނަށް މިސްރު މީހުން ކިޔަނީ، އެ މީހާގެ ސިކުނޑި އެވަނީ ވާތަށް ހަރުކުރެވިފައޭ. ބޮލުތެރޭގައި ސިކުނޑި ހަރުކުރެވިފައިވަނީ ވައަތަށޭ. އެހެންވީމާ އެފަދަ މީހުންނަށް ކަންކަން ފެންނާނީ އެހެން މީހުންނަށް ފެންނަ ގޮތަށް ނޫން."

އެ މަނިކުފާނުގެ ސިކުނޑިފުޅު ވެސް ހަރުކުރެވިފައިވަނީ ވައަތަށް ކަމަށް ވެދާނެ ކަމަށާއި ކަންކަމާމެދު ހިތްހަމަ ނުޖެހޭ ގޮތް އަންނަނީ އެހެން ވެގެން ކަމަށް ވެދާނެ ސަމާސާ ރާގެއްގައި ރައީސް މައުމޫން ވިދާޅުވި އެވެ.

ވާތު ސިކުނޑީގެ ވާހަކަ ދެއްކެވިއިރު، އެ ވާހަކަ އެ މަނިކުފާނުގެ އަމިއްލަ ފުޅަށް ނިސްބަތްކުރެއްވުން ފިޔަވާ އެހެން ބޭފުޅެއްގެ ނަން ވިދާޅެއް ނުވެ އެވެ. ނަމަވެސް، ވާތު ސިކުނޑީގެ ވާހަކަ ވިދާޅުވުމަށް ފަހު އެ މަނިކުފާނު ދެއްކެވި ހުރިހާ ވާހަކަފުޅެއް ހުރީ ދައުލަތާއި މި ސަރުކާރު ހިންގާ ގޮތަށް ފާޑުވިދާޅުވެފަ އެވެ.

ތިރީސް އަހަރު ވެރިކަން ކުރެއްވި އަދި މިހާރު އަމަލުކުރާ ގާނޫނު އަސާސީ ތަސްދީގުކޮށް ދެއްވި ރައީސް މައުމޫން ވިދާޅުވީ އެ މަނިކުފާނު ސިކުނޑިފުޅަށް އެންމެ ބޮޑަށް އުނދަގޫވާ އެއްކަމަކީ، ގާނޫނު އަސާސީ އެއްފަރާތްކޮށް ކަންކަން ކުރަމުންދާތީ ކަމަށެވެ. ވަލިއްޔުލްއަމުރެއް މިހާރު ނެތް ކަމަށާއި ވަލިއްޔުލްއަމްރަކީ މިހާރު ގާނޫނު އަސާސީ ކަމަށް ފާހަގަ ކުރައްވައި ރައީސް މައުމޫން ވިދާޅުވީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތަކަށް ފަހު މިރާއްޖޭގައި އެންމެ އިސްކަމެއް ދޭންޖެހޭނީ، އަދި އަމަލުކުރަން ޖެހޭނީ ގާނޫނު އަސާސީއަށް ކަމަށެވެ.

"ބައެއް މީހުންނަށް އޮޅިގެން އުޅޭ ކަމެއް ނުވަތަ އޮޅުވާލައިގެން އުޅޭ ކަމެއް ވަލިއްޔުލްއަމްރުގެ ވާހަކަ. ވަލިއްޔުލްއަމުރެ ހައިސިއްޔަތުން މާބޮޑެތި ބާރުތަކެއް ލިބިވަޑައިގެން އެ ބޭފުޅުން ކަންތައް ކުރައްވާ ވާހަކަ. އެއީ މާކުރީގެ އިސްތިހާލެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅު ބިނާކުރެއްވީ ގާނޫނު އަސާސީގެ މާއްދާތަކުން މިސާލު ދައްކަވަމުންނެވެ. އެގޮތުން ގާނޫނުއަސާސީގެ އަށް ވަނަ މާއްދާގައި ދިވެހިރާއްޖޭގެ އެންމެހާ ބާރުތައް ހިންގަންވާނީ މި ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ބަޔާންކޮށްފައިވާއިރު، މަޖިލީހާއި ސަރުކާރާއި ޝަރީއަތްތަކާއި ސަލާމަތީ ބާރުތައް ވެސް ހިންގަންޖެހޭނީ ގާނޫނުއަސާސީއާ އެެއްގޮތަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ގާނޫނު އަސާސީގެ 18 ވަނަ މާއްދާގައި ދައުލަތުގެ ވާޖިބަކީ ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމާއި ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުން ކަމަށް ބަޔާންކޮށްދީފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މަނާކުރެވިފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ އިހްތިޔާރު ގާނޫނުއަސާސީން ލިބިދޭ ކަމަށާއި އިސްލާމްދީނުގެ އުސޫލަކީ ވެސް ހަރާމް ކަމެއް ފިޔަވައި އެހެން ކަންކަން ކުރުމުގެ އިހްތިޔާރު އޮތުން ކަމަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަދެގެން، ތުހްމަތެއްކޮށް ބަންދެއް ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ވަނުމަކީ ގާނޫނީ ގޮތުން ހުއްދަ ނޫން ކަމެއް ކަމަށް ބަޔާންކޮށްފައި ނެތް ހިނދު، މަޖިލިހުގެ މެމްބަރުންނަށް މަޖިލީހަށް ވަދެވެންވާނެ. މަނާކަމެއް ނޫން އެއީކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންގެ އިތުރުން ހެޔޮ ނިޔަތުގައި ސުލުހަވެރިކަމާއެކު މަޖިލީހަށް ވަނުމަށް ދާ އާންމު ރައްޔިތުންނަށް ވެސް މަޖިލީހަށް ވަދެވެން ވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.

މިނިވަންކަމާއެކު ފިކުރު ކުރުމުގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ ދިވެހިރައްޔިތަކަށް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައިވާއިރު، އަދި ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީ ހެދުމާއި ޖަމިއްޔާ، ޖަމާއަތް ހެދުމާއި ބައިވެރިވުމުގެ ހައްގު ކޮންމެ ދިވެހި ރައްޔިތަކަށް ލިބިފައިވާ ކަމަށް ބުނެފައިވާއިރު، ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް ވެސް އެ މެމްބަރަކު ބޭނުންފުޅުވާ ޕާޓީއަކަށް ބަދަލު ވެވޭނެ ކަމަށެވެ.

"މިއިން ކަމެއް ކޮށްގެން އޭނާއަށް އެއްވެސް ކަހަލަ އަދަބެއް ލިބިގެން ނުވާނެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެއްޕާޓީ ދޫކުރައްވާފައި އެހެން ޕާޓީއަކަށް ވަޑައިގަތީމާ އަދަބެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުމަކީ އެއްގޮތަކަށް ވެސް މި މާއްދާ ހުއްދަ ކުރާ ކަމެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.

"ޕާޓީއަކުން ވަކިވުމަކީ އަދަބެއް ލިބެންޖެހޭ ކަމެއް ނޫން" ކަމަށް "އެއީ 13 ޖުލައި ވިޔަސް، 13 ޖުލައިގެ ފަހުން ވިޔަސް" އަދަބެއް ނުދެވޭނެ ކަމަށެވެ. ޖުލައި 13، 2017 ވަނަ ދުވަހަކީ ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހެވެ.

އެ ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިފަ އެވެ. އެއީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެވެ.

ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން ކުރިން ހުއްދަ ހޯދުމަކާ ނުލައި ސުލުހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި، އެހެންވެ މަގުމަތީގައި އެއްވިޔަސް، ގޯޅި ކަންމަތީގައި އެއްވިޔަސް، ސިޔާސީ ޕާޓީގެ އޮފީހެއްގައި އެއްވިޔަސް ބޭރުގައި އެއްވިޔަސް އެކަމެއް މަނައެއް ނުކުރެވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި މިގޮތަށް ބުނެފައި އޮތުމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކުރުން ގާނޫނު އަސާސީއާ ހިލާފުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމާއެކު މިހާރު ވެސް ހަތަރު މެމްބަރު ހައްޔަރުކޮށްފައި އެބަ ހުއްޓެވެ.

ގާނޫނަކުން ބާރު ލިބިގެން މެނުވީ ދައުލަތުގެ މުވައްޒަފަކު އަމުރެއް ކޮށްގެން ނުވާނެ ކަމަށާއި އަދި ގާނޫނާ ހިލާފު އަމުރަކަށް ކިޔަމަންވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ ކަމަށާއި ސަލާމަތީ ހިދުމަތްތަކުން ޣައިރު ގާނޫނީ އަމުރަކަށް ތަބާވުމުގެ ހައްގެއް ގާނޫނު އަސާސީން ލިބި ރައީސް މައުމޫން ވިދާޅުވި އެވެ.

"މިހާ ސާފުކޮށް ހުންނަ ކަންކަން އެހެން ގޮތަކަށް ބަދަލުވާތީ އަޅުގަނޑުގެ ބޮލަށް އުނދަގޫވޭ،" އެމަނިކުފާނު ވިދާޅުވި އެެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަންވާނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށާއި އޭގެ ބޭރުން ވެރިކަމެއް ނުހިންގޭނެކަމަށާއި އޭގެ ބޭރުން ހިންގުމަކީ ސައްހަ ކަމަކަށް ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު