Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު ވެލެންސިއާ

ވެލެންސިއާގެ ހިންގާ ކޮމެޓީގެ ބައްދަލުވުމަށް އަޒްމީނަށް ދަޢުވަތު ފޮނުވި

އަޒްމީން ހަދަނީ ދޮގުކަމަށާއި، ދަޢުވަތު ފޮނުވީ، ނައިބު ރައީސް މައު މެދުވެރިކޮށް ކަމަށް ވެސް ދޮނާ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ޖެނުއަރީ 2024 | ހޮނިހިރު 03:53
ކުލަބު ވެލެންސިއާގެ ޗެއާމަން، ޢަބްދުﷲ އަޒްމީން

ކުލަބު ވެލެންސިއާގެ ޗެއާމަން، ޢަބްދުﷲ އަޒްމީން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބާ ދިމާކޮށް، މައްސަލަ ބޮޑުވެ ދެ ފަޅިވެފައިވާ ކުލަބު ވެލެންސިއާގެ ހިންގާ ކޮމެޓީގެ ޖަލްސާއަށް، ކުލަބުގެ ޗެއާމަން ޢަބްދުﷲ އަޒްމީނަށް ދަޢުވަތު ފޮނުވާފައި ވާނެކަމަށް، އެ ކުލަބުގެ ޑައިރެކްޓަރ އޮފް ފައިނޭންސް ޙަސަން ވަޙީދު (ދޮނާ) ބުނެފިއެވެ.

ވެލެންސިއާއިން ވަނީ ބުރާސްފަތި ދުވަހުގެ ރޭ، އެފްއޭއެމްގެ ހައުސްގައި އެ ކުލަބުގެ ހިންގާ ކޮމެޓީގެ ޖަލްސާއެއް ބާއްވާފައެވެ. ކުލަބުގެ ނައިބު ރައީސް އިލްމާއު ޙުސައިން އިބްރާހީމް (މައު) ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި ބައިވެރިވީ ފަސް މެމްބަރުންނެވެ. އެއީ މައުއާއި ދޮނާގެ އިތުރުން ޢަލީ މަމްދޫޙު، ޔޫސުފް ރަމީޒް އަދި މިޞްބާޙު މުޙައްމަދެވެ. ވެލެންސިއާގެ ހިންގާ ކޮމެޓީގައި ދެން ހިމެނޭ ތިން މެމްބަރުންނަކީ އަޒްމީން އަދި މުޙައްމަދު ރާފިޢުގެ އިތުރުން، އިސްމާޢީލް އާސިފް (ކުޑަހީނާ)އެވެ.

އެ ބައްދަލުވުމުގައި ވަނީ އަޒްމީން އަދި ރާފިޢުގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައެވެ. މީގެ އިތުރުން ކުލަބުގެ އައު އިންތިޚާބެއް ބޭއްވުނުކަމަށް ބުނެ، ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ޞައްޙަ ނޫން ލިޔުންތަކެއް ހުށަހަޅާފައިވާކަމުގެ މަޢުލޫމާތު ލިބޭތީ، އެ މައްސަލަ ބަލައިދިނުމަށް ސްޕޯޓްސް ކައުންސިލަށް ހުށަހެޅުމަށް ވެސް ވަނީ ފާސްކޮށްފައެވެ. ދެން ފާސްކުރީ، އަވަސް މުއްދަތެއްގައި ވެލެންސިއާގެ އިންތިޚާބެއް ބޭއްވުމަށެވެ.

އެކަމާ ގުޅިގެން، ހިންގާ ކޮމެޓީގެ ޖަލްސާއަށް ދަޢުވަަތު ނުފޮނުވާކަމަށް އަޒްމީން ބުނެފައި ވީނަމަވެސް، ދޮނާ ބުނީ އަޒްމީނަށް ދަޢުވަތު ފޮނުވާފައި ވާނެކަމަށެވެ. އަދި އަޒްމީން ހަދަނީ ދޮގުކަމަށާއި، ދަޢުވަތު ފޮނުވީ، ނައިބު ރައީސް މައު މެދުވެރިކޮށް ކަމަށް ވެސް ވަނީ ބުނެފައެވެ.

މިއީ ވެލެންސިއާގެ ހިންގާ ކޮމެޓީން، އަޒްމީންގެ އިތުބާރު ނެތްކަމަށް ފާސްކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ވެސް ވަނީ އަޒްމީންގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައެވެ. ނަމަވެސް، އެ ބައްދަލުވުމަކީ ކުލަބުގެ ހިންގާ ޤަވާޢިދުގައި ވާގޮތުގެ މަތީން، އިޖުރާއަތްތައް ފުރިހަމަވެގެން ކުރިއަށް ގެންދެވިފައިވާ ބައްދަލުވުމެއްގެ ގޮތުގައި ބެލެވެން ނެތްކަަމަށް ކޮމިޝަނަރު ވަނީ ބުނެފައެވެ.

ހަމައެހެންމެ، ކުލަބު ވެލެންސިއާގެ ހިންގާ ޤަވާޢިދުގައި ވާގޮތުން، ކުލަބުގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް މެމްބަރުން އިންތިޚާބުކުރުމުގެ އެންމެހައި ބާރުތަކެއް ލިބިގެންވަނީ، އެ މަޤާމުތަަކަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ ކުލަބުގެ އާންމު ޖަލްސާއެއްގައި ބައިވެރިވާ މެމްބަރުންނަށްކަން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ކުލަބުގެ ޗެއާމަން ނުވަތަ ބޯޑު މެމްބަރަކު މަޤާމުން ވަކިކުރުމުގެ ބާރު ވެސް އޮންނާނީ އެކަމަށްޓަކައި ބާއްވާ އާންމު ޖަލްސާގައި ބައިވެރިވާ މެމްބަރުންނަށް ކަމަށް ވަނީ ބުނެފައެވެ. އެފަހަރު ކޮމިޝަނަރު ވަނީ، ވެލެންސިއާގެ ޗެއާމަނަކީ އަޒްމީންކަމަށް، އެފްއޭއެމަށް ވެސް އަންގާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ޗެލްސީ އަދި ލިވަޕޫލްގެ ބައްދަލުވުމަށް ހަމަހަމަ ނިމުމެއް

ޕްރިމިއާ ލީގު: ޗެލްސީ އަދި ލިވަޕޫލްގެ ބައްދަލުވުމަށް ހަމަހަމަ ނިމުމެއް

26 ނޮވެމްބަރު 2017
ވެލެންސިއާގެ ކުޅުންތެރިޔަކު މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެ

ވެލެންސިއާގެ ކުޅުންތެރިޔަކު މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެ

01 ނޮވެމްބަރު 2017
އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

12 ޖުލައި 2017
ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި

ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި

21 މެއި 2017
ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި

ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު