Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެ - އިންޑިއާ

ރާއްޖެ، އިންޑިއާ - މަޝްވަރާތަކުގައި ދެކެވޭ ވާހަކަތައް ސާފު ނުވެ އޮޅުންބޮޅުން ބޮޑުވަނީ

އިންޑިއާ ސިފައިން މަޖިލިސް އިންތިޚާބުގެ ކުރިން، މާޗް 15ގައި އަނބުރާ ގެންދިއުމަށް ރާއްޖެއިން އެދިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2024 | ހުކުރު 14:41
ރާއްޖެ - އިންޑިއާ

ރާއްޖެ - އިންޑިއާ

ޑރ.މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ހިސާބުން އެންމެ އަޑުހަރުކޮށް ދައްކަމުން ދަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ ވާހަކައެވެ. ވާނީވެސް އެހެންތާއެވެ. ވެރިކަމަށް ވަޑައިގަތީ އިންޑިއާ ސިފައިންނާއި ގުޅުވާ އެތައް ދޮގު ވާހަކަތަކެއް ވިއްކަވައިގެންނެވެ. ހާހަކަށް ވުރެ ގިނަ އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އާއްމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދީ، ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރި އެންމެ ވަރުގަދަ ހަތިޔާރަކަށް އެ ވާހަކަ ހައްދަވަމުންނެވެ.

އިންޑިއާ ސިފައިން މަޖިލިސް އިންތިޚާބުގެ ކުރިން، މާޗް 15ގައި އަނބުރާ ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިންޑިއާގައި އެދިވަޑައިގެންފައިވެއެވެ. އެއާއި އެކު ދެގައުމުގެ ދެމެދުގައި ސީރިއަސް މަޝްވަރާތަކެއް ކުރާއިރު އިންޑިއާ އިން ހާމަކުރަނީ ވަރަށް ޑިޕްލޮމެޓިކް މައުލޫމާތުތަކެކެވެ. ރާއްޖޭގެ ސަރުކާރުން ބުނާ ގޮތުން ހީވަނީ އަދު ނޫނީ މާދަމާ އިންޑިއާ ސިފައިން ގޮސްދާނެހެންނެވެ. އެހެންނަމަވެސް މަޝްވަރާތަކުގައި ސާފު ނިންމުމެއް ނުނިންމޭކަން އިންޑިއާގެ ވާހަކަތަކުން އެބަ ހާމަވެއެވެ.

ޖެނުއަރީ 14އިން ފެށިގެން މިކަމާއި ގުޅޭ ރަސްމީ ބައްދަލުވުންތައް ކުރިއަށް ދާއިރު ރާއްޖޭގެ ވާހަކަ އާއި އިންޑިއާގެ ވާހަކަ އާއި ދިމައެއް ނުވެއެވެ. އިންޑިއާ އިން ބުނާގޮތުން ރާއްޖޭގެ ރައްޔިތުންނަށް އިންސާނީ އަދި މެޑްވެކްގެ ޚިދުމަތް ފޯރުކޮށްދޭ އިންޑިއާގެ ހެލިކޮޕްޓަރު އަދި ޑޯނިއާ ބޭނުންކުރުން ކުރިއަށް ގެންދިއުމަށް މަޝްވަރާކޮށްފައިވެއެވެ. ނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނަނީ އެ ބައްދަލުވުމުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިން ވީހާވެސް އަވަހަށް ބޭލުމަށް ވާހަކަދެކެވުނު ކަމަށެވެ.

އޭގެ ފަހުން ވެސް މިމަމާއި ގުޅޭ ގޮތުން އިންޑިއާގެ ފޮރިން މިނިސްޓްރީން ވާހަކަދެއްކި ނަމަވެސް، ސިފައިން ބޭލުމުގެ މަސައްކަތް އަވަހަށް ކުރާނެ ކަަމަށް ރާއްޖޭގެ ސަރުކާރުން ބުނާ ބުނުމަށް ބާރު ލިބޭ ވާހަކައެއް ސާފުކޮށެއް ނުދައްކައެވެ. ބުނި ވާހަކައަކީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ވެސް މަޝްވަރާކުރި ވާހަކައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައްދަލުކުރައްވާފައެވެ. މި ދެ ވަޒީރުން ބައްދަލުކުރައްވާފައިވަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގެ ހަވާސާގެ ތެރެއިންނެވެ.

އެ ބައްދަލުވުމާއި އެކު އޮޅުންބޮޅުންތައް ވީ ހައްތަހާ އިތުރެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޤާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ގެންދިއުމާގުޅޭގޮތުން ރާއްޖެއާއި އިންޑިއާއާދެމެދު ކުރަމުންދާ މަތީ ފަންތީގެ މަޝްވަރާތަކުގެ ވާހަކަ އިތުރަށް ދެކެވުނު ކަމަށް ރާއްޖޭގެ ވަޒީރު އެކްސްގައި ވިދާޅުވިއެވެ. އެކަމަކު އިންޑިއާގެ ފޮރިން މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓުގައި އެފަދަ އެއްވެސް ވާހަކަ އެއް ދައްކަވާފައެއް ނެެތެވެ. ރާއްޖެއިން އެވަރަށް އެ ކަމާއި މެދު މަޝްވަރާކުރި ކަމަށް ބުނާ އިރު ދެ ޤައުމުން ނެރޭ ސްޓޭޓްމެންޓްތަކުގެ ފަރަގު ބޮޑުވާ ސަބަބާއި މެދު ސުވާލު އުފެދެއެވެ.

ނާމް ސަމިޓުގެ ހަވާސާގައި ދެ ޤައުމުގެ ވަޒީރުން ނަގާފައިވާ މި ފޮޓޯގެ ވާހަކަ ވެސް ދައްކާލަމާހެއްޔެވެ؟ މި ފޮޓޯ އިން ފެންނަނީ ބީރައްޓެހިކަމެވެ. އިންޑިއާގެ ފޮރިން މިނިސްޓަރ އެހެން ޤައުމުތަކުގެ ވަޒީރުންނާއި އެކު ނަގާފައިވާ ފޮޓޯތަކުން ފެންނަނީ ވަރަށް ތަފާތު މަންޒަރެކެވެ. އިށީނދެލައިގެން ނޫނީ ސަލާމްކޮށްލައިގެން ތިބި މަންޒަރު ފެނުނެވެ. އެކަމަކު މި ފޮޓޯ އިން ފެންނަނީ ނުތަނަވަސްކަމޭ ވެސް ބުނެވިދާނެއެވެ. ވަރަށް ކުރުކޮށް ބުނާނަމަ ތަސްވީރު ބަލާނީ ތަސްވީރު ބުނާހެންނެވެ. މި ތަސްވީރުން މި ބުނެދެނީ ގުޅުމުގެ ވާހަކައެވެ. ނުވަތަ ގުޅުމެއް، ގާތްކަމެއް ނެތް ވާހަކައެވެ. އިތުރަށް ދައްކާނެ ވާހަކައެއް ނެތެއް ނޫންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު