Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންޑިއާ ސިފައިން ބޭރުކުރާނެކަމަށް ދިން ތާރީޚު، ސަރުކާރުން މަޖިލިސް އިންތިހާބަށް އަނބުރާ އަނެއް ދޮގު؟

އިންޑިއާގެ ހެލިކޮޕްޓަރާއި މަތިންދާބޯޓު ބޭއްވުމާއި ގުޅޭ މަޝްވަރާ ކުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖެނުއަރީ 2024 | އާދީއްތަ 14:43
ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާ ސަފީރު ބައްދަލުކުރެއްވުން

ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާ ސަފީރު ބައްދަލުކުރެއްވުން

ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައުމަށްޓަކައި ބަޔަކު ކޮންމެ ފަދަކަމެއްވެސް ކޮށްފާނެއެވެ. މީގެ ކުރިން ވެރިކަމަށް އަންނަން އެކި ފަރާތްތަކުން ސިހުރު ހާހޫރައާއި، ފަންޑިތައާއި، ކޯޓުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް ވެރިކަމަށް އަންނަން މަސައްކަތް ކުރިއެވެ.

ނަމަވެސް ސްކޭމް ޖައްސައިގެން ފިތުނަ ދޮލަނގުގައި ފިތުނަ ބޮލަށްލައިގެން ވެރިކަމަށް އައި ސަރުކާރެއް މިހާރު މިއޮތް ސަރުކާރު ނޫނިއްޔާ ނެތެވެ. ދިވެހިންގެ ތެރޭގައި ދޮގާއި މަކަރާއި ފިތުނަ ފަތުރައިގެން މިހާރު ވެރިކަމަށް އައި ސަރުކާރުން އަނެއްކާ ވެސް އިންތިހާބެއް ބޯމަތިވުމާއެކު ކުރިން ހިފައިގެން ދުވި ދޮލަނގުގެ ކުލަ ބަދަލުކޮށް ހިފައިގެން ނުކުމެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖެ-އިންޑިޔާއާ ގުޅޭގޮތުން ހަގީގަތާއި ހިލާފު އެތަކެއް ވާހަކަތަކެއް ދެއްކެވުމަށްފަހުއެވެ. ބިރުން ފިއްކަނޑައިގެންދާވަރުގެ ބިރުވެރި ވާހަކަ ދައްކަވައިގެންނެވެ. ހަތިޔާރު އެޅި 2000ށް ވުރެ ގިނަ ސިފައިން ރާއްޖޭގައި ތިބި ކަމަށާއި، ރާއްޖޭގެ ރަށެއްގައި އިންޑިއާގެ ބޭސްއެއް އެޅުމުގެ މަސައްކަތް ކުރާ ކަމަށް ބުނެ އެ މީހުންގެ ސިކުނޑީގައި އެވާހަކަ ހަރުކޮށްގެންނެވެ.

ނަމަވެސް ވެރިކަމަށް ދެމަސްވެގެން ގޮސް އަނެއްކާވެސް އިންތިހާބެއް ބޯމަތިވާއިރުވެސް އެ ބުނާ 2000 ސިފައިން ތިބީ ކޮންތާކުކަމެއް ބުނެދޭކަށް ނޭނގުނެވެ. ތިބީ ކިތައް ސިފައިންކަމެއްވެސް ނޭނގުނެވެ. ނޭނގެނީކީއެއް ނޫނެވެ. ވެރިކަމަށް އަންނަން ފިތުނަ ފަސާދަ އުފެއްދިވަރުން އެއިން މިންޖުނުވާނެތީ އަދަދުތައް އެނގޭއިރުވެސް ނޭނގޭކަމަށް ހަދައިގެން ތިބެނީއެވެ. އެއްސުވާލެއް އެތައްފަހަރަކު ތަކުރާރުކުރުމުންވެސް ޖަވާބު ނުދެވި މިއަދު އަނެއްކާވެސް ދައްކަނީ ސިފައިން ބޭރުކުރާވާހާކައެވެ.

ކުރިން ފިތުނައިގެ އަލިފާންގަނޑު ރޯކޮށް ދެއްކި ވާހަކައިގެ ނަތީޖާއެއްގޮތުން މިއަދު ގިނަ އަދަދެއްގެ ދިވެހިން ތިބީ އެބޭފުޅުން އޭރު ވިދާޅުވި ހަތިޔާރު އެޅި ސިފައިން މިގައުމުން ބާލާނެ މަންޒަރު ބެލުމަށް ކެތްމަދުވެފައެވެ. ނަމަވެސް ނެތް އެއްޗެއް ބާލާނީ ކިހިނެއް ހެއްޔެވެ. 2000 ސިފައިން ނެތްކަން ހުދު އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވައެވެ. ގައުމުގެ ވަލިއްޔުލް އަމުރުގެ ހައިސިއްޔަތުން މިއަދު އެ ލިޔެކިޔުންތައް ހުރީ އެމަނިކުފާނުގެ މޭރުކޮޅުމަތީގައެވެ. އޭގައި އޮތީ 89 ސިފައިންނެއްގެ ވާހަކައެވެ. އަދިވެސް ހަގީގަތް ހާމަކުރައްވާކަށް ބޭނުންފުޅެއް ނުވެއެވެ. އަދިވެސް ހެއްދެވި ދޮގު މަތީގައި ދޮގުގެ ގަނޑުވަރެއް ބިނާކުރުން ނޫން އިތުރުކަމެއް ނުކުރެއެވެ.

އިހައްދުވަހަކު އަޑަށް ވަރަށް ބާރުލައްވާފައި، އިންޑިއާ ސިފައިން މާރޗް މަހުގެ 15ގެ ކުރިން ބާލަން ނިންމާފައިވާކަމަށް ވިދާޅުވިއެެވެ. މަޖިލިސް އިންތިހާބު އޮންނަ ދުވަހުގެ ދެ ދުވަސް ކުރިންނެވެ. މިއީ ވިސްނާލި ބަޔަކަށް ފިލާވަޅެކެވެ. އިންތިހާބުގެ ދެދުވަހުގެ ކުރިން އަދި އިންތިހާބުގެ ކެމްޕޭން ނިންމާލުމުގެ 24 ގަޑި އިރު ކުރިން ޖައްސަން އުޅޭ މަކަރުވެރި ރޭވުމެވެ. މިއީވާނެކަމެއް ކަން އަދި ކުރެވޭނެކަމެއް ކަމާމެދުވެސް ސުވާލު އުފެދެއެވެ. ނެތް އިންޑިއާ ސިފައިންނެއް ގައުމުން ބާލަން ކުރާ މަސައްކަތަށް ބަލާއިރު މިހާތަނަށް އެ ވާހަކަ ދެއްކި ކަމެއް އަދި އެކަމާއި މަޝްވަރާކުރިކަމަށް އިންޑިއާއިން ނުބުނެއެވެ.

ފޮރިން މިނިސްޓްރީގައި ދެގައުމުގެ ދެމެދު އެކުލަވާލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ރަސްމީ ބައްދަލުވުން ބާއްވާ އަރިއަރިއަަށް ފޮޓޯ ނަގާ، ވަރުގަދަ ބަޔާނެއްވެސް ފޮރިން މިނިސްޓްރީން ނެރުނެވެ. ނަމަވެސް އިންޑިޔާގެ ސިފައިން ބޭލުމުގެ މަޝްވަރާތައް މި ބައްދަލުވުމުގައި ނުކުރެއެވެ. ދިވެހި ސަރުކާރުން އެ ވާހަކަވެސް ނުދައްކައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާއި ގުޅޭ ގޮތުން ވަނީ ދެގައުމުގެ ފޮރިން މިނިސްޓްރީން ވެސް ބަޔާން ނެރިފައެވެ. އަދި ދެ ގައުމުން ނެރުނު ބަޔާން ތަފާތުވުމާއެކު ކަންކަން ދަނީ މަޑުމަޑުން ނިއުޅެމުންނެވެ.

ވެރިކަން ބަދަލުވިފަހުން އިންޑިއާގެ އެހީތެރިކަން ދޫކޮށްލައި، ޗައިނާގެ މަދަދަށް މި ސަރުކާރުން އެދެމުންދާއިރު، އިންޑިއާ ސިފައިން ބޭރުކުރުމުގެ ނަމުގައި ޗައިނާ އަޑީގައި އޮވެގެން، ސަރުކާރުން ދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ފޮނުވާލުމަށް މަސައްކަތް ކުރަމުންނެވެ. ޖެނުއަރީ 14 ވަނަ ދުވަހު މިކަމާ ގުޅިގެން ކޯ ގްރޫޕް ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކުރުން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފައި ވެއެވެ. މި މަޝްވަރާގައި ޑޯނިއަރ އަދި ހެލިކޮޕްޓަރ ފޮނުވާާލާ ވާހަކައެއް ދެއްކި ކަމަށް އިންޑިއާއަކުން ނުބުނެއެވެ. ނަމަވެސް އެ ރާއްޖޭގައި ބޭއްވުމާއި ގުޅޭ މަޝްވަރާ ކުރެވުނު ކަން އިންޑިއާއިން ހާމަކުރެއެވެ. އެވާހަކަ ދިވެހި ސަރުކާރުން ދޮގެއްވެސް ނުކުރެއެވެ. އަދި މީގެ ހެއްވާ ކަމަކީ އެ ބާއްވަން މަޝްވަރާ ކުރާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބީވެސް އެ ދުއްވާށެވެ. އެހެންވީމަ މަތިންދާ ބޯޓާއި ޑޯނިއާ ބާއްވަން މަޝްވަރާކުރާނަމަ ސިފައިން ބޭރުނުކުރުމުގެ މަޝްވަރާއެއް ހިގައިދިޔަކަމަށް ބެލެވެއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ ދެ ގައުމުގެ ގުޅުމުގެ އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް، "މަސައްކަތް ކުރެވޭނެ ހައްލެއް" ހޯދުމަށް މަޝްވަރާކޮށްފައި ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އިންސާނީ އަދި މެޑްވެކްގެ ޚިދުމަތް ފޯރުކޮށްދޭ އިންޑިއާގެ ހެލިކޮޕްޓަރު އަދި ޑޯނިއާ ބޭނުންކުރުން ކުރިއަށް ގެންދިއުމަށް ދެފަރާތުން ވެސް މަސައްކަތް ކުރެވޭނެ ހައްލެއް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރިކަމަށެވެ. އަދި ދެން އޮންނަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގައި ކަމަށާއި، އެކަމާ ރާއްޖޭން ކަންބޮޑުވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް ރާއްޖޭން ރަސްމީކޮށް އެދުނު ގޮތާ ބެހޭގޮތުން ސުވާލު ދެންނެވުމުން ޖައިސްވާލް ވިދާޅުވީ، މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ ދެއްކި ވާހަކަތައް ކަމަށެވެ. އެއީ ހަގީގަތުގައި ހާލަތު އޮތްގޮތް ކަމަށާއި، އެއީ އަދި ހިނގަމުންދާ ކަމެއް ކަމަށެވެ. އަދި ދެފަރާތުން ވެސް މަޝްވަރާކުރީ، ދެފަރާތުން ވެސް މަސައްކަތް ކުރެވޭނެ ގޮތް ނުވަތަ ހައްލު ހޯދުމަށް ކަމަށެވެ. އަދި މިއީ ކުރިއަށްދާ މަޝްވަރާއެއް ކަމުން, ކަންކަން ކުރިއަށް ދާނެކަމަށާއި، ދެން އޮންނަ ކޯ ގްރޫޕްގެ ބައްދަލުވުމުގައި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާގެ މައްސަލައަށް ހައްލެއް ހޯދުމުގެ އިތުރުން، އިންޑިއާއާއި ރާއްޖެއިން ވަނީ ދެ ގައުމުގެ އެއްބާރުލުން އިތުރުކޮށް، މިހާރު ހިނގަމުންދާ މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

މީގެ ކުރިންވެސް މި ސަރުކާރުން ވެރިކަމަށް އަންނަން ހެދީ ހުސް ދޮގެވެ. އިންޑިއާ ސިފައިން ބޭރުކުރުމަކީ އެއިން އެންމެ ބޮޑު ދޮގެވެ. އަދިވެސް އެ ދޮނގު ދޮލަގު ހިފައިންގެން ދުވަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއަދު އެ ނުވިކޭނެއެވެ. ސްކޭމް ޖެއްސޭނީ އެއް ފަހަރުކަމަށް ދިވެހިން ބުނެ މާލެ ސިޓީ މޭޔަރުގެ އިންތިހާބުން ސަރުކާރު ފެއިލްކޮށްލައިފިއެވެ. ދެން ސްކޭމެއް ވެސް ނުޖެއްސޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

އެމެރިކާ ސިފައިންގެ މީހަކަށް އިސްލާމީ ނޫރު ލިބުނު ގޮތުގެ ވާހަކަ!

27 މެއި 2017
ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

ވިނޯދް ކަންނާގެ ހަޔާތް: : ބޮލީވުޑަށް ގިނަ ޚިދުމަތްތަކެއް ކޮށްދިން ފަންނާނެއް

27 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު