Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ-ރާއްޖެ މައްސަލަ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

18 ޖެނުއަރީ 2024 | ބުރާސްފަތި 14:24

ދެ ގައުމުގެ ގުޅުމުގެ އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ޖެނުއަރީ 2024 | ބުރާސްފަތި 14:24
ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވުން

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރެއްވުން

އިންޑިއާ އަދި ރާއްޖޭން ވެސް ހޯދަމުންދަނީ ދެފަރާތުންވެސް މަސައްކަތް ކުރެވޭނެ ހައްލެއް ކަަމަށާއި، ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި ކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިިސްޓްރީން ބުނެފިއެވެ.

ވެރިކަން ބަދަލުވިފަހުން އިންޑިއާގެ އެހީތެރިކަން ދޫކޮށްލައި، ޗައިނާގެ މަދަދަށް މި ސަރުކާރުން އެދެމުންދާއިރު، އިންޑިއާ ސިފައިން ބޭރުކުރުމުގެ ނަމުގައި ޗައިނާ އަޑީގައި އޮވެގެން، ސަރުކާރުން ދަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާ ބޯޓު ފޮނުވާލުމަށް މަސައްކަތް ކުރަމުންނެވެ. ޖެނުއަރީ 14 ވަނަ ދުވަހު މިކަމާ ގުޅިގެން ކޯ ގްރޫޕް ބައްދަލުވުމެއް ބާއްވާފައިވެއެވެ. އަދި ހެލިކޮޕްޓަރާއި ޑޯނިއާ ބޭނުންކުރުން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފައި ވެއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުން ވެސް ވަނީ ދެ ގައުމުގެ ގުޅުމުގެ އެކި ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް، "މަސައްކަތް ކުރެވޭނެ ހައްލެއް" ހޯދުމަށް މަޝްވަރާކޮށްފައި ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް އިންސާނީ އަދި މެޑްވެކްގެ ޚިދުމަތް ފޯރުކޮށްދޭ އިންޑިއާގެ ހެލިކޮޕްޓަރު އަދި ޑޯނިއާ ބޭނުންކުރުން ކުރިއަށް ގެންދިއުމަށް ދެފަރާތުން ވެސް މަސައްކަތް ކުރެވޭނެ ހައްލެއް ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރިކަމަށެވެ. އަދި ދެން އޮންނަ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގައި ކަމަށާއި، އެކަމާ ރާއްޖޭން ކަންބޮޑުވާ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް ރާއްޖޭން ރަސްމީކޮށް އެދުނު ގޮތާ ބެހޭގޮތުން ސުވާލު ދެންނެވުމުން ޖައިސްވާލް ވިދާޅުވީ، މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވަނީ ދެއްކި ވާހަކަތައް ކަމަށެވެ. އެއީ ހަގީގަތުގައި ހާލަތު އޮތްގޮތް ކަމަށާއި، އެއީ އަދި ހިނގަމުންދާ ކަމެއް ކަމަށެވެ. އަދި ދެފަރާތުން ވެސް މަޝްވަރާކުރީ، ދެފަރާތުން ވެސް މަސައްކަތް ކުރެވޭނެ ގޮތް ނުވަތަ ހައްލު ހޯދުމަށް ކަމަށެވެ. އަދި މިއީ ކުރިއަށްދާ މަޝްވަރާއެއް ކަމުން, ކަންކަން ކުރިއަށް ދާނެކަމަށާއި، ދެން އޮންނަ ކޯ ގްރޫޕްގެ ބައްދަލުވުމުގައި ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި ޑޯނިއާގެ މައްސަލައަށް ހައްލެއް ހޯދުމުގެ އިތުރުން، އިންޑިއާއާއި ރާއްޖެއިން ވަނީ ދެ ގައުމުގެ އެއްބާރުލުން އިތުރުކޮށް، މިހާރު ހިނގަމުންދާ މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

އިންޑިއާ ސިފައިން މަޖިލިސް އިންތިޚާބުގެ ކުރިން، މާޗް 15ގައި އަނބުރާ ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިންޑިއާގައި އެދިވަޑައިގަތުމާއެކު، ދެގައުމުގެ ދެމެދުގައި ވަނީ ހޫނު މަޝްވަރާތަކެއް ކުރެވެން ފަށާފައެވެ. އަދި މިކަމަށް ކޯ ގްރޫޕެއް އެކުލަވާލާފައިވާއިރު، މި ގްރޫޕު އެކުލަވާލާފައިވަނީ ކޮޕް28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބައްދަލު ކުރެއްވުމަށްފަހުއެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
30 މެއި 2017

ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް: އޭސީސީ

30 މެއި 2017
ހައްޖަށް މީހުން ގެންދާނެ ގްރޫޕްތައް ކަނޑައެޅީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް: އޭސީސީ
30 މެއި 2017

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި

30 މެއި 2017
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި
16 މެއި 2017

މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު

16 މެއި 2017
މަޖިލިސް މެންބަރުން ހުވާ ކުރައްވަނީ ރައީސަށް އިޚުލާސްތެރިވާކަށް ނޫން، ސަރުކާރާއި ޕާޓީ ހިންގުން އެއްކޮށްގެން ނުވާނެ: ތައުފީޤު
24 އެޕްރީލު 2017

މިލަދޫ ކައުންސިލް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު

24 އެޕްރީލު 2017
މިލަދޫ ކައުންސިލް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު
26 މާރިޗު 2017

ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!

26 މާރިޗު 2017
ވޯޓާ ދިމާކޮށް ޕީޕީއެމް ޕީޖީ ގްރޫޕް ރިސޯޓެއްގައި "ކޭމްޕް" ކުރަނީ!
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް