Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް އަހްލީ

ފިރްމީނޯ، އަލް އަހްލީ ދޫކޮށްނުލާނެ!

އޭނާގެ ވިސްނުން ހުރީ، އަލް އަހްލީގައި ހުރެ، އެ ޓީމާއެކު ކާމިޔާބީތައް ހާސިލު ކުރުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖެނުއަރީ 2024 | ބުރާސްފަތި 05:43
އަލް އަހްލީ އަށް ކުޅެމުން އަންނަ ފިރްމީނޯ

އަލް އަހްލީ އަށް ކުޅެމުން އަންނަ ފިރްމީނޯ

ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ އަށް ކުޅެމުން އަންނަ، ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯ އެކުލަބު ދޫކޮށްނުލާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ލިވަޕޫލް ދޫކޮށް، ފިރްމީނޯ އަލް އަހްލީ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ލިވަޕޫލާއެކު އޭނާ ހަދާފައި އޮތް އެއްބަސްވުން ހަމަވުމުން، އަލް އަހްލީ އަށް ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިހާތަނަށް އޭނާ ވަނީ އެ ކުލަަބަށް 19 މެޗު ކުޅެދީ، ތިން ލަނޑު ޖަހައިފަ އެވެ.

ނަމަވެސް، އެެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ، އޭނާ އެ ކުލަބު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ. އެގޮތުން، ފިރްމީނޯ ބޭނުންވަނީ އަލުން ޔޫރަޕުގެ ފުޓުބޯޅަ އަށް އެނބުރި ދާން ކަމުގައި ވެސް ވަނީ ބުނެފަ އެވެ. އެކި އެކި މީޑިއާ ތަކުގައި ދެކެވެމުން އަންނަ ވާހަކަ އޭނާގެ އެޖެންޓު ވަނީ ދޮގު ކޮށްފަ އެވެ. އޭނާގެ އެޖެންޓާ ހަވާލާދީ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަލް އަހްލީ ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތެވެ. އޭނާގެ ވިސްނުން ހުރީ، އަލް އަހްލީގައި ހުރެ، އެ ޓީމާއެކު ކާމިޔާބީތައް ހާސިލު ކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ފިރްމީނޯ އަކީ ލިވަޕޫލްގައި މޮޅަށް ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވަނީ ލިވަޕޫލްގައި ހޭދަކުރި އަށް ސީޒަންގެ ތެރޭގައި، އެ ޓީމަށް 362 މެޗު ކުޅެދީ 111 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

03 ޖޫން 2017

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި
30 މެއި 2017

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް
29 މެއި 2017

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
26 މާރިޗު 2017

ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި

26 މާރިޗު 2017
ތިން މެޗުން ވެސް ބަލިވެ ރާއްޖެ ވޮލީ މުބާރާތާ އަލްވަދާއު ކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު