މާލޭގެ ހުންނަ އެންޖީބީ ރެސްޓޯރަންޓުގައި އެއްޗެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެ
17 ޖެނުއަރީ 2024 | ބުދަ 13:31ސްރީލަންކާއަށް ނިސްބަތްވާ މި ރެސްޓޯރަންޓުގެ ޝެފް ވަރަށް ބޮޑަށް ވަނީ ޒަޚަމްވެފައި


ހާދިސާ ހިނގި ރެސްޓޯރެންޓުގައި ފަޔަރފައިޓަރުން ހަރަކާތްތެރިވަނީ | ޕޮލިސް
މާލޭގެ ހުންނަ އެންޖީބީ ރެސްޓޯރަންޓުގައި އެއްޗެއް ގޮވައި، ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހެންވޭރު ކިނބިގަސް މަގުގައި ހުރި ރެސްޓޯރަންޓުގައި ގޭސްފުޅިއެއް ގޮވައި، ބަޔަކަށް އަނިޔާ ލިބިފައިވާކަމުގެ މައުލޫމާތު ބުދަ ދުވަހުގެ ހަވީރު 5.00ހާއިރު ލިބިފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، ސްރީލަންކާއަށް ނިސްބަތްވާ ރެސްޓޯރަންޓުގެ ޝެފް ވަރަށް ބޮޑަށް ވަނީ ޒަޚަމްވެފައެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަންހެނަކާއި ފިރިހެނަކަށް އަނިޔާވެފައިވާކަމަށާއި، ދެ މީހުންނަކީ ވެސް ދިވެހިން ކަމަށެވެ. އަދި އެ ދެ މީހުން އޭޑީކޭއަށް ގެންގޮސް ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.










