Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޗައިނާގެ އާބާދީ އަހަރުން އަހަރަށް ދަށަށް

ޗައިނާގެ އާބާދީ ދަށަށްދާތާ ދެވަނަ އަހަރު، އުފަންވާ ނިސްބަތްވެސް ރެކޯޑް މިންވަރަކަށް ދަށަށް!

އާބާދީ ދަށްވުމުގެ މައްޗަށް ބިނާކޮށް ޗައިނާގެ ސިޔާސަތުތައް މިހާރުދަނީ ބަދަލުކުރަމުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 17 ޖެނުއަރީ 2024 | ބުދަ 09:03
ބެއިޖިންގެ ޕާކެއްގައި އަންހެނަކާއި ކުޑަކުއްޖަކު އިށީނދެލައިގެން

ބެއިޖިންގެ ޕާކެއްގައި އަންހެނަކާއި ކުޑަކުއްޖަކު އިށީނދެލައިގެން

ޗައިނާގައި އަލަށް ކުދިން އުފަންވާރޭޓް ރެކޯޑް މިންވަރަކަށް ދަށަށްގޮސް އާބާދީ ދަށްވަމުންދާ ތާ މިއީ ދެވަނައަހަރެވެ.

ރޮއިޓާސް އިން ނެރުނު ރިޕޯޓެއްގައި ވާގޮތުން 2023 ވަނަ އަހަރު ޗައިނާގެ އާބާދީ ޖެހިޖެހިގެން ދެ ވަނަ އަހަރަށް ދަށަށް ގޮސްފައިވާއިރު، އުފަންވާ ނިސްބަތް ރެކޯޑް މިންވަރަކަށް ވަނީ ދަށްވެފައެވެ. ހަރުކަށި ލޮކްޑައުންތައް ނިމުމަކަށް ގެނައުމުން ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތްވެސްވަނީ އިތުރުވެފައެވެ. އެކަމުގެ ސަބަބުން އިގްތިސާދުގެ ކުރިއެރުމަށް ދިގު މުއްދަތަކަށް ބޮޑެތި އަސަރުތަކެއް ދަނީ ކުރަމުންނެވެ.

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ 2023 ވަނަ އަހަރު ޗައިނާގެ ޖުމްލަ މީހުންގެ އަދަދު 2.08 މިލިއަން ނުވަތަ 0.15 އިންސައްތަ ދަށަށް ގޮސް 1.409 ބިލިއަން އަށް ވެއްޓިފައިވާ ކަމަށެވެ. އެއީ 2022 ވަނަ އަހަރު އާބާދީ 850،000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، މިއީ 1961 ވަނަ އަހަރުގެ މާއޯ ޒޭޑޮންގް ޒަމާނުގެ ބޮޑު ކާރިސާގެ ދުވަސްވަރު ގެ ފަހުން އާބާދީ ދަށްވި ފުރަތަމަ ފަހަރެވެ.

ޗައިނާގައި އަލަށް އުފަންވާ މީހުންގެ ނިސްބަތް މިހާރު 5.7 އިންސައްތަ ދަށަށް ގޮސް މުޅި އާބާދީ 9.02 މިލިއަނަށް ވަނީ ވެއްޓިފައެވެ. އުފަންވާ ނިސްބަތް ރެކޯޑް މިންވަރަކަށް ދަށްވެފައިވާއިރު، ކޮންމެ 1،000 މީހަކަށް 6.39 އަށް އެ ނިސްބަތް ދަށްވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. 1980 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ވަން ޗައިލްޑް ސިޔާސަތު ތަންފީޒުކޮށް، އެ މުއްދަތުގެ ތެރޭގައި ހަލުވިކަމާއެކު ރަށްވެހިވުމުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުގައި އުފަންވާ މީހުންގެ އަދަދު އެތައް އަހަރެއް ވަންދެން ދަނީ ދަށްވަމުންނެވެ.

ދުނިޔޭގެ 2 ވަނަ އިޤްތިޞާދުކަމުގައިވާ ޗައިނާގެ ކުރިއެރުމުގެ ފުރުޞަތު ކުޑަވަމުން ދަނީ މަސައްކަތްތެރިންނާއި ކަސްޓަމަރުން މަދުވުމުގެ ސަބަބުން ކަމަށް ވާއިރު، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ރިޓަޔަރމަންޓް އިނާޔަތްތަކުގެ ޚަރަދުތައް އިތުރުވުމުގެ ސަބަބުން ދަރަނިވެރިވެފައިވާ ލޯކަލް ސަރުކާރުތަކަށް އިތުރު ނުތަނަވަސްކަމެއް ކުރިމަތިވެފައިވާކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމެއްގެ ގޮތުގައި މިދިޔަ އަހަރު ޗައިނާ ފަހަތަށް ޖައްސާލައި، ޗައިނާގެ ބައެއް ސަޕްލައި ޗެއިންތައް އެހެން މާކެޓްތަކަށް ބަދަލުކުރުމުގެ ގާބިލުކަމާ މެދު އިތުރު ބަހުސެއް އުފެދި، ހާއްސަކޮށް ބެއިޖިން އާއި ވޮޝިންޓަންއާ ދެމެދު ޖިއޮޕޮލިޓިކަލް ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އދ އިންވަނީ އަންދާޒާކޮށްފައެވެ.

ދިގު މުއްދަތަކަށް ރިޢާޔަތްކޮށް، އދ.ގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި 2050 ވަނަ އަހަރު ޗައިނާގެ އާބާދީ 109 މިލިއަނަށް ދަށަށް ދާއިރު، މިއީ 2019 ވަނަ އަހަރު ޗައިނާ އިން ކުރިން އަންދާޒާކުރި މިންވަރަށް ވުރެ ތިން ގުނަ ދަށް އަދަދެކެވެ. ޗައިނާގެ 60 އަހަރުން މަތީގެ އާބާދީ 2023 ވަނަ އަހަރު 296.97 މިލިއަނަށް އަރާފައިވާއިރު، 2022 ވަނަ އަހަރު އެގައުމުގައި ތިބީ 280.04 މިލިއަން މީހުންނެވެ.

އާބާދީ ދަށަށް ދިއުމާއި އެކަމުގެ ސަބަބުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ބިނާކޮށް ޗައިނާގެ ސިޔާސަތުތައް މިހާރުދަނީ ބަދަލުކުރަމުންނެވެ. އެގޮތުން އަލަށް ކައިވެނިކުރާ ދެމަފަރިންނަށް ފައިސާގެ އިނާޔަތްތައް ދިނުމާއި، އެއްވެސްކޮންޓްރޯލެއް ނެތި ދަރިން ހޯދުމުގެ ހުއްދަ ސަރުކާރުން ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ޗައިނާގެ މަސައްކަތްތެރިންގެ މުސްތަގުބަލާއި ދުނިޔޭގެ އިގްތިސާދީ ބާރެއްގެ ގޮތުގައި އެ ގައުމުގެ މަގާމު ދެމެހެއްޓުމުގެ ގާބިލުކަމާ މެދު ވެސް ސުވާލު އުފެދި ސަރުކާރުންދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!

06 ޖޫން 2017
ޓްވީޓާރ އަށް އެޑިޓް ބަަޓަންއެއް މިއަހަރު ފެނިދާނެބާ!
20 މެއި 2017

އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟

20 މެއި 2017
އެސްއީޒެޑަށް ތިން އަހަރު، އިންވެސްޓަރުން ކޮބާ؟
30 މާރިޗު 2017

ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟

30 މާރިޗު 2017
ޝަރީއަތް ނިމެންދެން ވާނުވާގައި ހަ އަހަރު: ދެ ފަރާތަށް ވެސް ދެވޭ އަނިޔާއެއް؟
18 މާރިޗު 2017

މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!

18 މާރިޗު 2017
މުސްލިމުން އެތެރެވުން މަނާކުރާ ދެވަނަ ގަރާރަށް ވެސް ގޮންޖެހުން!
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު