Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ސާނޭގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް!

ދިގު މުއްދަތަކަށް ސާނޭ ބަޔާންގައި ހުންނާނެކަމުގެ އުންމީދު ވަރަށް ބޮޑު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖެނުއަރީ 2024 | އަންގާރަ 07:06
ބަޔާނަށް ކުޅެމުން އަންނަ ލެރޯއީ ސާނޭ

ބަޔާނަށް ކުޅެމުން އަންނަ ލެރޯއީ ސާނޭ

ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ ލެރޯއީ ސާނޭގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް، ބަޔާންގެ ޑައިރެކްޓަރު ފްރެއުންޑް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ބަޔާންގައި ސާނޭގެ ކުރިމަގާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ބަޔާނާ އެކު ސާނޭ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން، މީގެ ދުވަސްތަކެއް ކުރިން ބަޔާނުން ވަނީ އޭނާގެ އެއްބަސްވުން އައުކުރުމުގެ މަޝްވަރާތައް ފަށާނެ ކަމަށް ބުނެފަ އެވެ.

ފްރެއުންޑް ވިދާޅުވީ، ސާނޭގެ އެއްބަސްވުން އައުކުރުމުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅުން ހުރި މަޝްވަރާތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެކަން ފާހަގަކޮށް އޭނާ ބުނީ، ސާނޭއާމެދު ބަޔާނުން ވަރަށް އުފާވާ ކަމަށެވެ. މި ސީޒަނަކީ ބަޔާންގައި ސާނޭ އެންމެ މޮޅަށް ކުޅެމުން އަންނަ ސީޒަންކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެހެންކަމުން، ދިގު މުއްދަތަކަށް ސާނޭ ބަޔާންގައި ހުންނާނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

މެންޗެސްޓަރ ސިޓީގައި ހުރުމަށްފަހު ސާނޭ ބަޔާނަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. ބަޔާނާއެކު ސާނޭ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ބަޔާނުން ބޭނުންވަނީ ދިގު މުއްދަތަކަށް އެއްބަސްވުން އައުކޮށް، ސާނޭ ކުލަބުގައި ބެހެއްޓުމަށެވެ. މިވަގުތު ބަޔާނުން އެންމެ އިސްކަމެއް ދެމުން އަންނަނީ ވެސް، ސާނޭގެ އެއްބަސްވުން އައު ކުރުމަށް ކަމަށް އެ ކުލަބުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

ސާނޭ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން، 158 މެޗުގައި 47 ލަނޑު ޖަހާފަ އެވެ. ބަޔާނާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު