Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ސުޕަ ކަޕް

ތަށި ލިބޭނެ ކަމާމެދު ކުޑަ ވެސް ޝައްކެއް ނެތް: އަންޗެލޮޓީ

މި ދެ ޓީމު ވަނީ މިދިޔަ ސީޒަންގެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވެސް ވާދަކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖެނުއަރީ 2024 | އާދީއްތަ 11:04
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ނިކުންނައިރު، ރެއާލް މެޑްރިޑަށް މުބާރާތުގެ ތަށި ލިބޭނެ ކަމާމެދު ކުޑަ ވެސް ޝައްކެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ، ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، ފައިނަލާ ހަމައަށް އާދެވުނުއިރު، ރެއާލް އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށެވެ. ޚާއްސަކޮށް މިވަގުތު ރެއާލް އޮތީ ވެސް ރަނގަޅު ރޫޙެއްގައިކަން އޭނާ ފާހަގަ ކުރި އެވެ. އެގޮތުން ކުޅުންތެރިންގެ ރޫޙު ހުރީ ވަރަށް ރަނގަޅަށް ކަމަށާއި، ސްޕެނިޝް ސުޕަ ކަޕާއެކު، ސީޒަންގެ ފުރަތަމަ ތަށި ކާމިޔާބު ކުރެވޭނެ ކަމާމެދު ކުޑަ ވެސް ޝައްކެއް ނެތް ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ، ބާސެލޯނާއާ ދެކޮޅަށް ރެއާލަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށެވެ. ޚާއްސަކޮށް ކުރިއަށް އޮތީ ފައިނަލް މެޗެއް ކަމަށާއި، ފަހުން ލިބޭނެ އެހެން ފުރުސަތެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ. އެހެންކަމުން، ފައިނަަލް މެޗުގެ މުހިންމު ކަމާއި، ބޭނުންތެރިކަން، އޭނާ ނުބުނި ނަމަވެސް ކުޅުންތެރިން އިނގޭނެ ކަމުގައި އަންޗެލޮޓީ ބުންޏެވެ.

އޭނާ ބުނީ ފައިނަލް މެޗާއެކު އެއް މުބާރާތް ނިމުނީ ކަމަށާއި، އަރާމު ކުރުމަށް ވަގުތު ދޭން ޖެހޭނީ އޭގެ ފަހުގައި ކަމަށެވެ. އެހެންކަމުން، މިވަގުތު ހުރިހާ ފޯކަސްއެއް ހުރީ ފައިނަލް މެޗަށް ކަމުގައި އޭނާ ބުންޏެވެ. އަންޗެލޮޓީ ފާހަގަ ކުރި ގޮތުގައި، ރެއާލްގެ ހުރިހާ ކުޅުންތެރިންނަށް ވެސް އޭނާގެ ފުރިހަމަ އިތުބާރު އޮންނާނެ އެވެ.

މި ދެ ޓީމު ވަނީ މިދިޔަ ސީޒަންގެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. އެ ފަހަރުގެ ފައިނަލްގައި ރެއާލް ބަލިކޮށް، ތަށި އުފުލާލީ ބާސެލޯނާ އެވެ. ރެއާލާއި ބާސެލޯނާ ބައްދަލު ކުރާ ފައިނަލް މެޗު ފަށާނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު