Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާގެ ސިފައިން ބޭލުމަށް ކުރާ މަސައްކަތް

އިންޑިއާގެ ސިފައިން ބޭލުމާއި ގުޅޭ ރަސްމީ މަޝްވަރާތައް ފަށައިފި

މިބައްދަލުވުމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް ނުލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖެނުއަރީ 2024 | އާދީއްތަ 09:13
ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން

ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައްދަލުކުރެއްވުން

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމާއި ގުޅޭ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.

ފޮރިން މިނިސްޓްރީއަށް އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި އިންޑިއާގެ ޑިޕްލޮމޭޓުންގެ ވަފުދެއް ވަނީ ވަޑައިގެންފައެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ބައެއް މީޑިއާތަކަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޚަލީލް ވިދާޅުވީ ދުބާއީގައި އޮތް ކޮޕް28 ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލުކުރެއްވީއިރު އެކުވައިލެއްވި ހައި ލެވެލް ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ފޮރިން މިނިސްޓްރީގައި ކުރިއަށްދާ ކަމަށެވެ. އެ ބައްދަލުވުމަކީ އިންޑިއާއިން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެއް ކަމަށް ހަލީލު ވިދާޅުވިއެވެ.

މިބައްދަލުވުމާއި ގުޅޭގޮތުން އިތުރު ތަފްސީލް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ރާއްޖެއެމްވީއިން ތަކުރާރުކޮށް ހަލީލަށް ގުޅި ނަމަވެސް ފޯނު ނަންގަވާފައިނުވެއެވެ.

އެކި އަސްކަރީ އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އިންޑިއާގެ ސިފައިންގެ އަދަދާއި ގުޅޭގޮތުން 2 ޖެނުއަރީ 2024 ގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، އިންޑިއާ ސިފައިންގެ މައްސަލައަކީ ދިވެހިން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން އެކަމާ ގުޅޭ މަސައްކަތްތައް ފެށިފައިވާކަމަށެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، މިހާރު ލިބިވަޑައިގެންފައިވާ އަދަދުތަކަށް ބަލާއިރު ރާއްޖޭގައި ތިބީ 88 ސިފައިންކަމަށެވެ. 

ިއިންޑިއާ-ރާއްޖެ އިންޑިއާ އައުޓްއިންޑިޔާ ސިފައިންގެ މައްސަލައިންޑިއާ ސިފައިން

އިތުރަށް ކިޔާލަން

18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
03 ފެބުރުއަރީ 2025

އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށައިފި

03 ފެބުރުއަރީ 2025
އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށައިފި
06 ޑިސެމްބަރު 2024

ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު

06 ޑިސެމްބަރު 2024
ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު
30 އޮކްޓޯބަރު 2024

ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ޔާމީނުގެ ފަރާތުން ހުށަހެޅުއްވި "އިންޑިއާ އައުޓް" ގަރާރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު