Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޙޫޘީންނާ ދެކޮޅަށް އިތުރު ހަމަލާތަކެއް

ޔަމަނުގެ ޙޫޘީންގެ އިތުރު އަމާޒަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފި

އދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ، އެއްވެސް ފަރާތްތަކުން "ހާލަތު އިތުރަށް ގޯސް ނުކުރުމަށް" އެދިވަޑައިގެންފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 13 ޖެނުއަރީ 2024 | ހޮނިހިރު 17:02
އީރާނުގައި މުޒާހަރާކުރި މީހުން، އެމެރިކާއާއި އިނގިރޭސި ވިލާތުގެ ދިދަ އަންދަނީ

އީރާނުގައި މުޒާހަރާކުރި މީހުން، އެމެރިކާއާއި އިނގިރޭސި ވިލާތުގެ ދިދަ އަންދަނީ

ޔަމަނުގެ ޙޫޘީންގެ އިތުރު އަމާޒަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހޮނިހިރު ވިލޭރޭ ފަތިހު، ޔަމަނުގެ ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަހައްދަކަށް ހަމަލާދީފައިވަނީ، ރަތް ކަނޑުގެ ވިޔަފާރި އުޅަނދުފަހަރަށް ނުރައްކަލެއް ކަމަށް ބެލެވޭ ތަނަކަށް އަމާޒުކޮށެވެ. މި ފިޔަވަޅު އެޅީ މިދިޔަ ބުރާސްފަތި ދުވަހު، ހޫޘީ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާއާއި އިނގިރޭސިވިލާތުން ދިން ސިލްސިލާ ވައިގެ ހަމަލާތަކެއްވެސް ދީފައި ވަނިކޮށެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ، ޙޫޘީންނާ ދެކޮޅަށް އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ރައީސް ޖޯ ބައިޑަން ދެއްވާފައިވާއިރު، ފުރަތަމަ ހަމަލާތަކަށްފަހު ހުރިހާ ފަރާތްތަކަކުން ވެސް "ހާލަތު އިތުރަށް ގޯސް ނުކުރުމަށް" އެދިވަޑައިގެންފައެވެ.

އެމެރިކާއިން އަނެއްކާވެސް ހޫޘީންގެ އަމާޒުތަކަށް ހަމަލާދީފައި މި ވަނީ ،ކުރިއަށް އޮތް 72 ގަޑިއިރަށް ރަތް ކަނޑުގެ ސަރަހައްދާއި ޢަދަނުގެ ކަނޑުއޮޅީގެ ވަކި ސަރަހައްދުތަކުން ދަތުރު ނުކުރުމަށް، އެމެރިކާގެ ދިދަ ޖަހާފައިވާ އުޅަނދުފަހަރަށް ހުކުރު ދުވަހު އިންޒާރު ދީފައި ވަނިކޮށެވެ.

ޣައްޒާގައި މިހާރުވެސް ހިނގަމުންދާ، އިސްރާއީލާއި ހަމާސްގެ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެ، ހޫޘީން ވަނީ ބަދަލު ހިފުމަށް ވައުދުވެފައެވެ.

އެމެރިކާގެ އަސްކަރިއްޔާއާއި ވައިޓް ހައުސްގެ އޮފިޝަލުން ވިދާޅުވީ ޙޫޘީން ރައްދު ދޭން މަސައްކަތް ކުރާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

ޙޫޘީން ބުނިގޮތުގައި، ފުރަތަމަ ދިން ހަމަލާތަކުގައި 5 މީހުން މަރުވެ 6 މީހަކު ޒަޚަމްވިއެވެ. ޙޫޘީންގެ ބާރުގެދަށުގައިވާ ތަފާތު 28 ސަރަހައްދަކަށް އެމެރިކާއިން ވަނީ ދެ ފަހަރެއްގެ މަތިން ހަމަލާތަކެއް ދީފައެވެ.

އީރާނުން މި ހަމަލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނައިރު، އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާޞިރު ކަންޢާނީ ވިދާޅުވީ، އާބިޓްރަރީ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގައި ނާމާންކަމާއި ހަމަނުޖެހުން އުފެދޭނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ތެހެރާނަށް މުޒާހަރާގެ ބައިވެރިން އެއްވެ، އިނގިރޭސިވިލާތް، އެމެރިކާ އަދި އިސްރާއީލުގެ ދިދަތައް އަންދާލިއިރު، އެ ތިން ގައުމުން ވެސް ވަނީ އިސްރާއީލުގެ ހަމަލާތައް ކުށްވެރިކޮށް، އަޑުއުފުލާފައެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިއާ ވަނީ، އެމެރިކާއާއި އިނގިރޭސިވިލާތާއި، އެ ގައުމުތަކުގެ ބައިވެރިން ޔަމަނާ ދެކޮޅަށް "ހަތިޔާރު އެޅި ހަރުކަށި އަމަލުތައް" ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވައި، ހަމަނުޖެހުންތައް ކުރިއަށްގެންދިއުމުގެ ސަބަބުން މުޅި މެދުއިރުމަތީގެ ސަރަހައްދަށް ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އޭގެ ރައްދުގައި އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑާއި އިނގިރޭސިވިލާތުގެ ސަފީރު ބާބަރާ ވުޑްވާޑް މި ހަމަލާތައް ދިފާއުކުރެއްވީ، އެއީ އަމިއްލަ ދިފާއުގައި ދިން ހަމަލާތަކެއް ކަމަށާއި، ޚާއްސަކޮށް  ބައިނަލްއަގުވާމީ ޝިޕިންގ ލައިންތަކަށް ނުރައްކާކުރަމުން އަންނަ ޙޫޘީންގެ ފަރާތުން ހަމަލާތައް ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެފައެވެ.

ހޫޘީންއެމެރިކާއީރާން

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު