Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ދަރިވަރުންގެ އުނގެނުމާއި، އިއްފަތްތެރިކަމާއި އަހުލާގާއި ސްލޫކަށް މުދައްރިސުން ސަމާލުކަންދޭންޖެހޭ - ޚުތުބާ

12 އޯގަސްޓު 2022 | ހުކުރު 09:26

އިލްމުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އިލްމަކީ ޝަރުއީ އިލްމު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޯގަސްޓު 2022 | ހުކުރު 09:26
އިސްމާލީ މަރުކަޒު ތެރޭގައި ހުކުރު ނަމާދަށް ގޮސް ތިބި މީހުން

އިސްމާލީ މަރުކަޒު ތެރޭގައި ހުކުރު ނަމާދަށް ގޮސް ތިބި މީހުން

ދަރިވަރުންގެ އުނގެނުމާއި، އިއްފަތްތެރިކަމާއި، އަހްލާގައި، ސްލޫކަށް ރައްކާތެރިވުމަށް މުދައްރިސުން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާގެ މައުޟޫއަކީ އުނގެނުމުގެ މުހިންމުކަމެވެ. މި މައުޟޫއަށް އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ޗުއްޓީގެ ދުވަސްތައް ހޭދަކުރުމަށްފަހު މި ކުރިމަތިލީ ދިރާސީ އައު އަހަރުގެ ކިޔެވުމާ ކަމަށެވެ. ތައުލީމު އުނގެނުމަށް އައު އަޒުމަކާއެކު ދިރާސީ އަހަރުގެ ކިޔެވުން އަހަރުމެން ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ބެލެނިވެރިން އެމީހުންގެ ލޮބުވެތި ދަރިން ސްކޫލަށް ފޮނުވަނީ، ސްކޫލްތަކުގެ ވެރިންނާއި މުދައްރިސުންނަށް ވަރަށް ފުރިހަަމައަށް އިތުބާރު ކޮށްފައި ކަމަށާއި، މުދައްރިސުންނަކީ އެކުދިންގެ ދެވަނަ ބެލެނިވެރިން ކަމަށެވެ. އެހެންކަމުން ދަރިވަރުންގެ އުނގެނުމާއި، އިއްފަތްތެރިކަމާއި، އަހްލާގައި، ސްލޫކަށް ރައްކާތެރިވުމަށް މުދައްރިސުން ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެ ބުނެފައިވެއެވެ.

މާތް ﷲގެ އަމުރުފުޅެއް ބަޔާންކުރައްވާ ހުކުރު ހުތުބާގައި ބުނެފައިވަނީ މާތް ނަބިއްޔާ އިސްލާމީ މުޖްތަމައުގައި ތައުލީމް ފެތުރުއްވުމަށާއި، މުސްލިމުންގެ ދަރިންނަށް ކިޔަވައިދެއްވުމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވި ކަމަށާއި، އަދި ނަތީޖާއަކަށްވީ ހޭލުންތެރި، އިލްމުވެރި، އުފެއްދުންތެރި އުއްމަތެއް ވުޖޫދަށް އައުން ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ އިލްމުތަކުގެ ތެރެއިން އެންމެ ޝަރަފުވެރި އިލްމަކީ ޝަރުއީ އިލްމު ކަމަށެވެ. ހަމައެއާއެކު އަހަރަމެންގެ ދިރިއުޅުމަށް މަންފާކުރަނިވި އަދި އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ދުނިޔަވީ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ދުނިޔަވީ ތަފާތު އިލްމުތަކުގައި ކުރިއަރައިދިއުމަކީ ވެސް އިސްލާމް ދީން އަމުރު ކުރާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުޅަނގުގެ ގައުމުތައް އަނދިރީގައި އޮތް އިރު، ބޭސްވެރިކަމާއި، ކެމިސްޓްރީއާއި ފިޒިކްސްއާއި، ހިސާބާއި، ފަލަކީ އިލްމުފަދަ ދާއިރާތަކުގައި، އިސްލާމީ ދުނިޔެ ކުރިއަރައިގެން ދިޔަ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. އަދި މުސްލިމް އިލްމުވެރިންގެ ހިދުމަތްތަކާއި، އީޖާދުތައް މެދުއުޑުގައި ފިޔަވަޖަހަމުން ދިޔައީ ދުނިޔެއާއި އާހިރަތުގެ މަފްހޫމުގައި ކުރެވުނު ބިނާކުރަނިވި މަސައްކަތުގެ ސަބަބުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މި ފެށުނު އަހަރު، ދަރިވަރުން ދީނީ ރޮނގުންނާއި، އިލްމީ ރޮނގުން، އިތުރު ކުރިއެރުމާއި ތަރައްގީ ހޯދޭތޯ މަސައްކަތް ކުރުމަށް އަޒުމުކަނޑައެޅުމަށް ހުތުބާގައި ގޮވާލާފައިވެއެވެ. އަދި އިތުރު ހަރަކާތްތަކުން ދަރިވަރުންގެ މުޅި މާހައުލަށް ދިރުން ގެނެސް، އަމަލީ މައިދާނަށް ނުކުތުމަށް ވެސް ވަނީ ގޮވާލާފައެވެ.

ހުތުބާގައި ބުނެފައިވަނީ ފޮނި ނަތީޖާ ނެރެވޭނީ ހުރިހާ ކަމެއްގައި މަދުރަސާއާއެކު އެއްބާރުލުންދީގެން ކަމަށެވެ. މަދުރަސާގެ ގަވާއިދުތަކަށް ބޯލަނބައިގެންނާއި، މަދުރަސާގެ މުދަލާއި ތަކެއްޗަށް ވަކިން ހާއްސަކޮށް ކުތުބުހާނާގެ ފޮތްތަކަށާއި، ލެބޯޓަރީގެ ސަމާނުތަކަށް ރައްކާތެރިވެގެން ކަމަށް ބުނެފައިވެއެވެ.

ހުކުރު ޚުތުބާތައުލީމް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް