Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޭމަންޑޫ ސްކޫލް

ވޭމަންޑޫ ސްކޫލްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ނުނިންމާތީ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ދީފި

ކަންކަން ރަނގަޅު ކުރުމަށް 7 ދުވަހުގެ މުއްދަތެއް ދެވި 5 ޖުލައި 2022 ގެ ނިޔަލަށް މުއްދަތުގެ ތެރޭގައި ކަންކަން ރަނގަޅު ނުކޮށްފިނަމަ އެއްބަސްވުން އުވާލަން އިންޒާރުދިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އޯގަސްޓު 2022 | އަންގާރަ 10:02
ވޭމަންޑޫ ސްކޫލްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތްކޮށްފައިވާ ވަރު

ވޭމަންޑޫ ސްކޫލްގެ 3 ބުރީގެ އިމާރާތުގެ މަސައްކަތްކޮށްފައިވާ ވަރު

ތ. ވޭމަންޑޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ނުނިންމާތީ އެއްބަސްވުން އުވާލާނެކަމުގެ އިންޒާރު ކޮންޓްރެކްޓަރަށް ދީފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ވޭމަންޑޫ ސްކޫލުގެ 3 ބުރީގެ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ތާރީހަކީ 15 ސެޕްޓެމްބަރ 2021 ގައި ކަމަށައި، 27 މާޗް 2022 ގައި ނިމެނޭކަމަށް ލަފާކުރި ނަމަވެސް، ތަނބުތައް ޖެހުމުގެ އިތުރުން މިކަމުގެ އަމަލީ މަސައްކަތް ކުރެވިފައި ނުވާތީ، މި މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯއާއި މި މަޝްރޫއު ނިންމާ އިމާރާތް ބޭނުންކުރެވެން ފެށޭނެކަމަށް ލަފާކުރެވޭ ތާރީހަކީ ކޮބައިތޯ ސާފުކުރުމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ސުވާލާއި ގުޅިގެންނެވެ.

Advertisement - newsAdvertisement

މެންބަރު ރިޔާޒު ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށަހެޅުއްވި ސުވާލުގެ ޖަވާބުގައި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ ވިދާޅުވެފައިވަނީ، ތ. ވޭމަންޑޫ ސްކޫލްގެ 3 ބުރި ޢިމާރާތުގެ މަސައްކަތަކީ 18 އޮގަސްޓް 2021 ގައި ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވި، 8 ސެޕްޓެމްބަރ 2021 ގައި އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ. އަދި މި އިމާރާތުގައި މިހާރު ކުރިއަށް ދަނީ ގްރައުންޑް ލެވެލްގެ ތަނބުތަކުގެ މަސައްކަތް ކަމަށާއި، ނަމަވެސް މި އިމާރާތުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވާ ތާރީހުކަމުގައިވާ 3 ނޮވެމްބަރު 2021 ގައި މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މަސައްކަތް އަވަސް ކުރުމަށް އެކަށީގެންވާ ފިޔަވަޅު ކޮންޓްރެކްޓަރުގެ ފަރާތުން އަޅާފައި ނުވާތީ، މިކަންކަން ރަނގަޅު ކުރުމަށް 7 ދުވަހުގެ މުއްދަތެއް ދެވި 5 ޖުލައި 2022 ގެ ނިޔަލަށް މުއްދަތުގެ ތެރޭގައި އެކަށީގެންވާ ކުރިއެރުމެއް އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަނާޅައިފިނަމަ، އެއްބަސްވުން އުވާލުމުގެ އިންޒާރު ކޮންޓްރެކްޓަރަށް ދީފައިވާ ކަމަށެވެ.

ނަމަވެސް އިންޒާރުދީފައިވާ މުއްދަތު ހަމަވި އިރުވެސް، އެއްބަސްވުން އުވާލާފައިވާކަމެއް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައި ނުވެއެވެ.

މީގެ އިތުރުން މެންބަރު ރިޔާޒު ވަނީ ތ. ވޭމަންޑޫ ސްކޫލުގައި މަލްޓި ޕަރޕަސް ހޯލެއް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 25 އެޕްރީލް 2022 ގައި ކަމަށާއި، އެ އިމާރާތްކޮށް ނިމޭނެ ތާރީހަކީ ކޮބައިތޯ ލިޔުމުން ޖަވާބު ހޯއްދެވުމަށް އެޑިއުކޭޝަން މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.

މި ސުވާލުގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވީ ވޭމަންޑޫ ސްކޫލްގެ މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތަކީ 25 އެޕްރީލް 2021 ގައި ރިނޮކޮން މޯލްޑިވްސްއާއި ހަވާލުކުރެވި 20 މެއި 2021 ގައި އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ. އަދި މި އިމާރާތުގައި މިހާރު ކުރިއަށްދަނީ ހިޔާކުރުމާއި ކޮންކްރީޓްގެ މަސައްކަތް ކަމަށާއި، ޑިސެމްބަރ 2022 ގެ ނިޔަލަށް މި އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި މިނިސްޓްރިއާއި އިމާރާތް ހަވާލުކުރެވިގެންދާނެ ކަމަށެވެ.

ތ. ވޭމަންޑޫމެންބަރު އަބްދުﷲ ރިޔާޒްމިނިސްޓްރީ އޮފް އެޑިއުކޭޝަން ތައުލީމް އައިޝަތު އަލީ

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2025

އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު

10 އޮކްޓޯބަރު 2025
އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
26 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން

26 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ކިނބިދޫއަށް ވަޑައިގެންނެވުން: ކޮންމެ ފަހަރަކު ވެސް ދެއްވަނީ ކޯޒްވޭގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު