Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލިޔަން ކިޔަން ދަތުމުގެ ދުވަސް

ލިޔަންކިޔަން ނުދަންނަ ކަމަށް ފާހަގަކުރެވޭ މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ މަސައްކަތް ފަށައިފި

މި ޕްރޮގްރާމުގެ ދަށުން އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ އާބާދީގައި ލިޔަންކިޔަން ނުދަންނަ ކަމަށް ފާހަގަކުރެވިފައިތިބި އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ސެޕްޓެމްބަރު 2022 | ބުދަ 17:05
ސްކޫލް ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި

ސްކޫލް ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި

އުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ އާބާދީގައި ލިޔަންކިޔަން ނުދަންނަ ކަމަށް ފާހަގަކުރެވިފައިތިބި އެންމެންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް 8 ސެޕްޓެމްބަރުން ފެށިގެން ކުރިއަށް އޮތް އަަހަރުގެ ތެރޭގައި ކުރުމަށް ނިންމައިފިއެވެ.

ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މަސައްކަތް ކުރާނީ ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާ ގުޅިގެން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ކަމަށެވެ.

މީގެ އިތުރުން ލިޔަންކިޔަން ނުދަތުން މުޅިން ފޮހެލެވިފައިވާ ރަށްތައް ވަކި އުސޫލެއްގެ މަތިން ފާހަގަކޮށް އެކަން އަންގައިދޭ ހަނދާނީ ލިޔުމެއް އެ ރަށްތަކަށް މި އަހަރުގެ ތެރޭގައި ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ލިޔަންކިޔަން ނުދަތުން ފޮހެލެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުމުގައާއި ލިޔަން ކިޔަން ދަންނަ 100 އިންސައްތަ ހާސިލްކޮށްފައިވާ ރަށެއްގެ ގޮތުގައި އެރަށެއް ދެމިއޮތުމަށްޓަކައި އެކަމަށް ތައްޔާރުކުރެވިފައިވާ އުސޫލުގައިވާ ޝަރުތުތައް ފުރިހަމަވާން ޖެހޭނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލިޔަންކިޔަން ދަތުމުގެ ދުވަހާއި ގުޅިގެން މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެ ސްކޫލަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހޭޝްޓޭގް ކިޔަމާ-ހަދިޔާ ކުރަމާ (kiyamaa-hadhiyaakuramaa#) މި ހޭޝްޓޭގް އާއެކު ކުރިޔަށް ގެންދާނެ ކަމަށެވެ. މީގެ ބޭނުމަކީ ފޮތަށް ލޯބިޖައްސައި ފޮތް ކިޔުމުގެ އާދަ ހަރުލެއްވުމާއި އެކު ފޮތްކިޔޭނެ މަގު ތަަނަވަސްކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަހު ސްކޫލްތަކުގައި ހިނގާ އެންމެ މުހިންމު ހަރަކާތަކީ ނެޝަނަލް ލިޓަރަސީ އެންޑް މެތަމެޓިކްސް ސްޓްރެޓަޖީގެ އަމާޒަށް ވާސިލުވާނެހެން ރީޑިންގ ޕްރޮގްރާމެއް ފެށުމެވެ. ބައެއް ސްކޫލްތަކުގައި އެ ސްކޫލްތަކުގެ އަމިއްލަ ރީޑިންގ ޕްރޮގްރާމެއް މިހާރުވެސް ކުރިއަށްދާތީވެ، އެފަދަ ސްކޫލްތަކުން ވެސް އަލަށް މިފަށާ ރީޑިންގެ ޕްރޮގްރާމުގެ މަގްސަދާ އެއްގޮތަށް (އެއްކީލިވާނޭހެން) ކުރީގެ ޕްރޮގްރާމް ބައްޓަންކުރަން ސްކޫލްތަކަށް ވަނީ އިރުޝާދު ދީފައެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ތައުލީމް ބައިނަލްއަގުވާމީ ލިޔަންކިޔަން ދަތުމުގެ ދުވަސް

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު