Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް މުއިއްޒުގެ ޓްވީޓް

އެހެންވީމާ ރައީސްގެ ޓްވީޓުގެ އަގެއް، އަސްލުވެސް ނެތްތާއެވެ!

އެކަން އެހެން ހިނގުމަކީ ރައީސް މުއިއްޒުގެ އަމިއްލަ ސަރުކާރުގައި، އެމަނިކުފާނުގެ ބަސްފުޅަށް އަމަލުނުކުރާކަން ހާމަކޮށްދޭ ކަމެއް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2024 | ބުރާސްފަތި 14:18
ރައީސް މުއިއްޒު ކުރެއްވި ޓްވީޓު

ރައީސް މުއިއްޒު ކުރެއްވި ޓްވީޓު

މި ދައްކަނީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ވާހަކައެވެ. ދިވެހި، ގިނަ ރައްޔިތުންގެ ޣައުލަބިއްޔަތުން އިންތިޚާބު ކުރެއްވި ބޭފުޅާގެ ވާހަކައެވެ. މި ދައުލަތުގެ އެންމެ އިސް ބޭފުޅާގެ ވާހަކައެވެ. ހަމަ އެހާ ވެސް އަގެއް، އެމަނިކުފާނުގެ ނެތީތޯއެވެ.

މި ބުނާ އެއްޗެއް ނޭނގޭނަމަ ދަންނަވާލަދޭނަމެވެ. މި އަހަރުގެ ދެވަނަ ދުވަހުގެ މެންދުރު 12:29 ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެމަނިކުފާނުގެ އަމިއްލަ އޮފިޝަލް ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓެކެވެ. ދިވެހި ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރެއްވި ޓްވީޓަކީ، އާންމުންގެ ކަންބޮޑުވުން އެކަމުގައި ބޮޑު މައްސަލައަކާ ގުޅޭ ޓްވީޓެކެވެ. އެ ޓްވީޓުގައި ރައީސް ވިދާޅުވީ:

ރައީސްގެ އެ ޓްވީޓް ޚުލާސާކުރާނަމަ، އެ ޓްވީޓުގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، މި ބުރާސްފަތީގެ ކުރިން އެ ތަންތަނުގެ ރަޖިސްޓްރީ ހަވާލުކުރަން ފަށާނެ ކަމަށެވެ.

ދަންނަވަންތޯއެވެ. ބުރާސްފަތި ދުވަހު ހައުސިން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވީ އެކަމެއް އެހެން ކުރެވޭކަށެއް ނެތް ކަމަށެވެ. ސަބަބަކަށް ދެއްކެވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެ މައްސަލަ ބަލަމުންދިޔުމެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، އެ މައްސަލަ ރައީސް ވިދާޅުވި މުއްދަތަށް އައިއިރު ވެސް، ބަލާ ނުނިމޭނެކަން ރައީސް އަށް ނޭނގިފައި އޮތީ ހެއްޔެވެ. ނުވަތަ އެ މައްސަލަ އެހާ ހިސާބަށް ބަލާ ނިމޭނެ ކަން ރައީސަށް ކުރިން އެނގިވަޑައިގެންފައި އޮތީތާއެވެ. އެހެން ނޫންނަމަ، އެހާ ސަރީޚަކޮށް، ވަކި ތާރީޚެއް އެމަނިކުފާނު ދަންނަވާނެ ސަބަބެއް ނެތެވެ. ރައްޔިތުންނަށް ގޯސް ހުވަފެންތައް ދެއްކުން ފިޔަވައެވެ.

ފެންނަ މަންޒަރުން ބައެއް ފަހަރު ހީވާ ކަހަލައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން ކުރާނެ އިތުރު މަސައްކަތެއް ނެތް ކަހަލައެވެ. ހަމައެކަނި އާންމު ރައްޔިތުންގެ އެންމެ މުހިންމު، ބޯހިޔާވަހިކަމުގައި އަތްއެޅުމަކީ އެ ކޮމިޝަނުގެ މެންޑޭޓްހެން ވެސް ހީވާކަހަލައެވެ. މި ނޫނަސް ކޮރަޕްޝަނުގެ ކިތަންމެ މައްސަލައެއް ރާއްޖޭގައި ހިނގަމުންދިޔަ ނަމަވެސް، އެ މައްސަލަތަކެއް މިހާ އަހައްމިޔަތުކަން ދީގެން ބަލަމުންދާތަން ނުފެންނަ ކަމީ ޙަގީގަތެވެ.

ކޮންމެއަކަސް މިއަދުގެ އަސްލު މަންޒަރުން ފެނުނީ، ހައުސިން މިނިސްޓަރު އަލީ ހައިދަރު ރައީސްގެ އެ ނިންމެވުމަށް ގޮންޖެއްސެވިތަނެވެ. ރައީސްގެ އެ ޓްވީޓް ވެއްޔާ މޮޑެލައި، އޭގެ ޙުރުމަތް ކަނޑާލިކަމެވެ. ރައީސް މުއިއްޒުއަށް ރައްޔިތުންގެ ކުރާ އިތުބާރު ގެއްލުވާލިތަނެވެ. ނަމަވެސް، ރައްޔިތުން އެތިބީ އެ މައްސަލައިގައި ގޮތެއް ނިމި، އެ ފްލެޓްތަކަށް އެމީހުންނަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައިއެވެ.

ޑރ. އަލީ ހައިދަރު އަހުމަދު، ހައުސިންގ މިނިސްޓަރޑރ. މުހައްމަދު މުއިއްޒުގެދޮރުވެރިޔާ ސްކީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު