Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލް އިން އަވަސް އަރުވާލައިގެން އާޓެޓާގެ އެއްބަސްވުން އައު ނުކުރާނެ

އާސެނަލުމް އާޓެޓާއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖެނުއަރީ 2024 | ބުރާސްފަތި 11:25
އާސެނަލްގެ ކޯޗު އާޓެޓާ

އާސެނަލްގެ ކޯޗު އާޓެޓާ

އާސެނަލަށް އިރުޝާދު ދެމުން އަންނަ މިކޭލް އާޓެޓާގެ އެއްބަސްވުން އައު ކުރުމުގައި އެ ކުލަބުން އަވަސް އަރުވާ ނުލާނެ ކަމަށް، އިނގިރޭސި މީޑިއާތަކުން ބުނެފިއެވެ.

އާޓެޓާ އާސެނަލާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. އެ ފަހަރު އެ ކުލަބާއެކު އޭނާ ސޮއިކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، 2022 ވަނަ އަހަރު އާސެނަލުން ވަނީ އާޓެޓާގެ އެއްބަސްވުން އައުކޮށްފައެވެ. އެ ފަހަރު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، އާސެނަލުން އަންނަނީ އާޓެޓާގެ އެއްބަސްވުން އައުކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، އާސެނަލުން އެ ކުލަބުގައި އާޓެޓާ ބަހައްޓަން ބޭނުންވެއެވެ. އެއީ، އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބު ނެރެމުން އަންނަ ނަތީޖާތައް ރަނގަޅުވުމުންނެވެ. ނަމަވެސް، އެއްބަސްވުން އައުކުރުމުގެ ކަންތައްތައް އާސެނަލުން އަވަަސްއަރުވާލައިގެން ކުރިއަށް ނުގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ބަދަލުގައި ދެ ފަރާތް މަޝްވަރާކޮށް، އެންމެ ރަނގަޅު ވަގުތުގައި އެކަން ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އާޓެޓާގެ އިރުޝާދުގެ ދަށުން އާސެނަލް ވަނީ 210 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 120 މެޗުން މޮޅުވެފައެވެ. 54 މެޗުން ބަލިވެފައިވާއިރު، 36 މެޗެއް ވަނީ އެއްވަރުވެފައެވެ. އާސެނަލުން ވަނީ މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދައްކައި، ލީގަށް ވާދަކޮށްފައެވެ. މި ސީޒަންގެ ލީގު ތާވަލްގެ ހަތަރުވަނާގައި އެ ޓީމު އޮތް ނަމަވެސް، ލީގަށް ވާދަކުރެއެވެ. އަނެއްކޮޅުން ގިނަ އަހަރުތަކަކަށްފަހު އާސެނަލް އަންނަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ވާދަކުރަމުންނެވެ.

އާސެނަލްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު