Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ގެދޮރުވެރިޔާ ސްކީމު

ބުރާސްފަތި ދުވަހު ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ: ހައުސިން މިނިސްޓްރީ

10 ޖެނުއަރީ 2024 | ބުދަ 14:20

ރައީސްގެ ޓްވީޓާ އެއްގޮތަށް މަސައްކަތް ފެށުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް އެ މިނިސްޓްރީގެ ފަރާތުން ކުރަމުންދާކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދީފައިވޭ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 10 ޖެނުއަރީ 2024 | ބުދަ 14:20
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް

މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޓްވީޓާ އެއްގޮތަށް ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ލިބިފައިތިބި ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީ ބުނެފިއެވެ.

މިދިޔަ ސަރުކާރުން ފަށައި، އާންމުންނާ ހަވާލުކުރި ގެދޮރުވެރިޔާ ފްލެޓް މަޝްރޫއުގެ ފުރަތަމަ 4،000 ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންގީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭއެވެ.

އެދުވަހުން ފެށިގެން، ގެދޮރުވެރިޔާގެ މަޝްރޫއުގެ މައްސަލަތަކެއް ބަލަމުންދާކަމަށް އޭސީސީން ބުނަމުންދާއިރު، އެ މައްސަލައިގައި ކޮޅެއް ނުފެނި ދިގުލައިގެން ދާތީ ޢާންމުންގެ ފަރާތުން ބައެއް މީހުން ވަނީ އޭސީސީ އަދި ހައުސިން މިނިސްޓްރީގެ ދޮށަށް އެއްވާން ފަށައިފައެވެ.

އެގޮތުން ދެތިން ދުވަހަކު އެ އާންމުން އޭސީސީ އަދި ހައުސިންއަށް ގޮސް، އެ މައްސަލައިގެ އަަދާހަމައެއް ހޯދާފައިވާއިރު، އެކަމުގައި ހައުސިން އިން ބުނަމުން ދިޔައީ އެ މައްސަލަ އޭސީސީން ބަލަމުން ދިޔަ ކަމަށެވެ. އެއާއެކު، މިފަހުން އެ މައްސަލަ ހޫނުވީ، ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް މި ހަފުތާގައި ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށްގެންދަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ.

އެގޮތުން ހައުސިން އަށް އެއްވި ފަރާތްތަކާ އެ ވުޒާރާގެ އިސް ބޭފުޅުން ބުދަ ދުވަހު ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ ޓްވީޓާ އެއްގޮތަށް، ބުރާސްފަތި ދުވަހު ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާނެއެވެ.

އެގޮތުން އެކަމުގެ މައުލޫމާތު ދެމުން ރާއްޖެ ޓީވީ އާ ވާހަކަ ދައްކަވަމުން އެ ފްލެޓްތަކުގެ މައްސަލައިގައި އާންމުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާ އިސްމާއީލް ނާއިފް ވިދާޅުވީ މި މައްސަލައިގައި މިނިސްޓްރީގެ ނިޔަތަކީ އެ މައްސަލަ ދިގުދަންމާނުލައި، ވީހާ ވެސް އަވަހަކަށް ހައްގު މީހުންނަށް ފްލެޓްތައް ހަވާލުކުރުން ކަމަށެވެ.

އެގޮތުން ރައީސްގެ ޓްވީޓާ އެއްގޮތަށް މަސައްކަތް ފެށުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް އެ މިނިސްޓްރީގެ ފަރާތުން ކުރަމުންދާކަމުގެ ޔަގީންކަން އެ މިނިސްޓްރީން ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެ މަސައްކަތް އަވަސް ކުރުމަށްޓަކައި، ބުދަ ދުވަހު އޭސީސީއަށް ސިޓީއެއް ފޮނުވާނެ ކަމަށާއި، ވަޒީރާއި ރައީސް ވެސް ފޯނުން ގުޅުއްވައިގެން ވެސް އެކަން އަވަހަށް ކުރައްވަން މަޝްވަރާ ކުރެއްވި ކަމަށް ވުޒާރާއިން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ލިސްޓަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ވުޒާރާއިން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގެދޮރުވެރިޔާ އަދި ބިންވެރިޔާ މަޝްރޫއާ ގުޅޭ ގޮތުން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ގޯއްޗާއި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި އަދި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ އެތަންތަން ހަވާލުކުރުމަށް ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ހަވާލު ކުރައްވާނެ ކަމަށެވެ. އެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް