Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުވެނައިލް ކޯޓު

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފި، އިންޒާރުގައި އޮތީ ނައިބު ވަޒީރުންގެ އަމަލުތައް ބަލައިނުގަނެވޭކަމަށް

10 ޖެނުއަރީ 2024 | ބުދަ 06:49

ޑީޖޭއޭއިން އެކަން މިހާރު ބަލަމުންދާކަމަށް ކޯޓުން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖެނުއަރީ 2024 | ބުދަ 06:49
ޖުވެނައިލް ކޯޓުގެ ވެބްސައިޓަށް ވަނުމުން ފެންނަ މެސެޖު

ޖުވެނައިލް ކޯޓުގެ ވެބްސައިޓަށް ވަނުމުން ފެންނަ މެސެޖު

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފިއެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓަށް ވަނުމުން ފެންނަނީ އިންޑިއާގެ ބައެއްކަމަށް ބުނާ ބައެއްގެ މެސެޖެކެވެ.

Advertisement - newsAdvertisement

އިންޑިއާގެ ދިދައާއެކު ލިޔެފައިވާ އެ މެސެޖުގައި ލިޔެފައިވަނީ އެމީހުންނަކީ އިންޑިއާގެ ހެކަރުންތަކެއްކަމަށެވެ. އެމީހުން އެކަން ކޮށްފައިވަނީ މި ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކަކުން ދާދި ފަހުން އިންޑިއާގެ ވެރިންނަށް ނިސްބަތް ކުރައްވައި ކޮށްފައިވާ ނަސްލީ ތަފާތު ކުރުމާއި، މަލާމާތުގެ ސަބަބުންކަމަށް ހެކަރުންގެ މެސެޖުގައިވެއެވެ.

އެ މެސެޖުގައި ވަނީ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދު އަމަލު ކުރައްވާފައިވާ ގޮތުގެ ސަބަބުން އިންޑިއާއާއި ރާއްޖޭގެ ޑިޕްލޮމެޓިކް ގުޅުމަށް އޭގެ އަސަރު ކޮށްފައިވާކަމަށް ބުނެފައެވެ.

އޭގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި އިންޑިއާއިން ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމުގެ މައްޗަށްވެސް މެސެޖުގައި އަލިއަޅުވާލާފައިވެއެވެ.

އަދި، ނަސްލީ ތަފާތު ކުރުމާއި ނަފްރަތު އުފެދޭ ގޮތަށް ނައިބް ވަޒީރުން ދެއްކެވި ވާހަކަތަކާއި އެފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ބިނާ ކުރަނިވި ގޮތުގައި އޮމާންކަމާއެކު ދެ ޤައުމުގައި ހުރި މައްސަލަތަކެއް ޙައްލު ކުރުމަށް މެސެޖުގައި ގޮވާލާފައިވެއެވެ. އެހެން ނޫންނަމަ އަނެއްކާވެސް އެކަމަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ހެކަރުން ވަނީ ދީފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، 09:00 ހާއިރު ޗެކްކުރިއިރުވެސް ވެބްސައިޓަށް ވަދެވޭ ކަމަށާއި، ވެބްސައިޓް ހެކްކޮށްފައިވަނީ އޭގެ ފަހުން ކަމަށެވެ.

އޭނާ ވިދާޅުވީ، ޑީޖޭއޭއިން އެކަން މިހާރު ބަލަމުންދާ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް