Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ ސިފައިންގެ ވާހަކަ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

10 ޖެނުއަރީ 2024 | ބުދަ 06:25

އެއްބަސްވުންތައް ހާމަނުކޮށްގެން އޭރުގެ ސަރުކާރަށް އެތައް ފާޑުކިއުމެއް އަމާޒުކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ޖެނުއަރީ 2024 | ބުދަ 06:25
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

އިންޑިއާ ސިފައިންނާއި އެއްބަސްވުންތަކުގެ ވާހަކައާމެދު ސަރުކާރުން މިހާރު އަމަލުކުރާ ގޮތުން ފެންނަމުން މިދަނީ ބައެއް ކަންކަމަކީ ސިޔާސީ ގޮތުންވެސް ސިޔާސީ ކޮށްގެންވެސް ދައްކަން ނުވާ ޒާތުގެ ކަންކަންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މިހާރު އޮތް ސަރުކާރު ވެރިކަމަށް އައިއިރު އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ރާއްޖޭގެ މިިނިވަންކަމާއި އިސްތިޤުލާލުގެ ވާހަކަ ކަމަށާއި، އެ ވާހަކަތައް ދެއްކީ އިންޑިއާ ސިފައިން ހާހުން ތިބިކަމަށް ބުނެ، އެ ވާހަކައާ ގުޅުވައިގެން ކަމަށެވެ.

Advertisement - newsAdvertisement

ނިމިދިޔަ ސަރުކާރުގައި ދިފާއީ ވުޒާރާ މަޖިލީހަށް ހާޒިރު ކުރުމުންވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިއަދުވެސް އެ ސިފައިން ރާއްޖޭގައި އެބަތިބިކަން ފާހަގަ ކުރައްވައި މާރިޔާ ވަނީ މިނިވަންކަމާއި އިސްތިޤުލާލަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

އޭރު ވެރިކަމަށް އަންނަން ހެދި ދޮގުތަކަށް އަލިއަޅުއްވާލައްވާ މާރިޔާ ވިދާޅުވީ، މިއަދު ފެންނަނީ ލަދުވެތި މަންޒަރުތަކެއް ކަމަށެވެ.

އޭރު ރައީސް އިބްރާހީމް މުޙައްމަދު ސާލިޙު ދެއްކެވީ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ވާހަކަ ކަމަށާއި، ނަމަވެސް މިއަދު ވެރިކަމަށް ވަޑައިގަތީ ޤައުމީ ފަޚުރު ގެއްލުވާލާ ޒާތުގެ ވާހަކަތައް ބޭރުގެ މީޑިއާތަކުގައި ދައްކަވަމުންކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، އެއްބަސްވުންތައް ހާމަކުރުމަކީ ހަމަ ތިބެލާފައި ކުރެވޭނެ ކަމެއް ނޫންކަމަށް އޭރުވެސް އެނގިވަޑައިގަންނަވާނެކަމަށެވެ. ބައެއް ކަންކަމަކީ ސިޔާސީ ގޮތުންވެސް ސިޔާސީ ކޮށްގެންވެސް ދައްކަން ނުވާ ޒާތުގެ ކަންކަންކަމަށް މާރިޔާ ވިދާޅުވިއެވެ.

އެއްބަސްވުންތައް ހާމަނުކޮށްގެން އޭރުގެ ސަރުކާރަށް އެތައް ފާޑުކިއުމެއް އަމާޒުކުރިއިރު، މިއަދު އެ އެއްބަސްވުންތައް ހާމަނުކުރަނީ އެއީ "ކްލެސިފައިޑް" އެއްބަސްވުންތަކެއްކަމަށް ބުނެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަކީ "ކްލެސިފައިޑް" މައުލޫމާތުކަމުން މިވަގުތު އެ އެއްބަސްވުން ހާމަކުރެވޭކަށް ނެތްކަމަށް ރާއްޖޭގެ ދިފާއީ ވުޒާރާއިން ދާދިފަހުން ވަނީ ބުނެފައެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތައް ބަލައި ދިރާސާކޮށް އާންމުކުރުން ހިމެނޭނެކަމަށްވެސް ކެމްޕޭނުގައި ވިދާޅުވެފައިވެއެވެ.

އެހެންކަމުން އަމިއްލަ ފަރާތަކުން 5 ޖެނުއަރީ 2024 ގައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް އެދި ދިފާއީ ވުޒާރާއަށް ހުށަހަޅާފައެވެ.

އޭގެ ޖަވާބުގައި 8 ޖެނުއަރީގައި އެމްއެންޑީއެފުން ބުނެފައިވަނީ، އެ މައުލޫމާތަކީ ދިވެހި ސަރުކާރުން "ކްލެސިފައިޑް" މައުލޫމާތެއްކަމަށް ކަނޑައަޅާފައިވާ މައުލޫމާތުތަކެއް ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް