Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބްލިންކެން މެދުއިރުމައްޗަށް

ޣައްޒާ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ ސަރަހައްދީ ނުތަނަވަސްކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ބްލިންކެން އުރުދުންއަށް

އުރުދުންއަށްފަހު، ބްލިންކެން އަންނަ އާދީއްތަ ދުވަހު ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް އަދި ހޯމަ ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2024 | ހޯމަ 08:05
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އުރުދުންގެ އައްމާނުގައި ހުންނަ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ސަރަހައްދީ ގުދަނަކަށް ކުރެއްވި ޒިޔާރަތުގައި ވާހަކަ ދައްކަވަނީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އުރުދުންގެ އައްމާނުގައި ހުންނަ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ)ގެ ސަރަހައްދީ ގުދަނަކަށް ކުރެއްވި ޒިޔާރަތުގައި ވާހަކަ ދައްކަވަނީ

ޣައްޒާ ހަނގުރާމައާއި ގުޅިގެން އުފެދިފައިވާ ސަރަހައްދީ ނުތަނަވަސްކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށާއި، ހަނގުރާމަ ފެތުރުން ހުއްޓުވުމުގެ މަޤްޞަދުގައި އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް މެދުއިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުރުދުންގެ ރަސްގެފާނާއި ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން އުރުދުންގެ ރަސްގެފާނާއި ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި އައްމާނުގައި ހުންނަ ވޯލްޑް ފުޑް ޕްރޮގްރާމް ގުދަނަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ.

ޣައްޒާގައި ހަމާސް ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމަ، އެ ސަރަހައްދުގެ ތެރެއަށް ނުފެތުރޭނެ ގޮތަށް ކަންކަން ބައްޓަން ކުރެއްވުމަށް މެދުއިރުމަތީގެ ޑިޕްލޮމެޓިކް މިޝަނެއް ޤާއިމު ކުރުމަށް އޭނާ ގެންދަވަނީ ބާރު އަޅުއްވަމުންނެވެ.

ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި މެދުއިރުމައްޗަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅުގައި ބްލިންކެން ވަނީ އާންމުން މަރުވާ މިންވަރު މަދުކުރުމަށާއި ފަލަސްތީނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު ވަރަށް ބޮޑަށް އިތުރުކުރުމަށް އިސްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ތަރުތީބުކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

އަދި ހަނގުރާމައިގައި އިސްރާއީލުން ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކާއި އެއްގަމު އޮޕަރޭޝަންތަކުގެ ސަބަބުން ހަލާކުވެފައިވާ ޣައްޒާގެ ތަފްސީލީ ޕްލޭންތައް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އޭނާ އަލިއަޅުއްވާލެއްވިއެވެ.

ތުރުކީވިލާތާއި ގްރީސްގެ ލީޑަރުންނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ބްލިންކެން ވަނީ އުރުދުންގެ ރަސްގެފާނު އަބްދުالله ދެވަނަ އާއި ފޮރިން މިނިސްޓަރު އައިމަން ސަފާދީއާ އާދީއްތަ ދުވަހު ބައްދަލުކުރައްވާފައެވެ.

އޭނާ އެދިވަޑައިގަންނަވަނީ ތިން މަސް ދުވަސްވެފައިވާ ހަނގުރާމަ އެ ސަރަހައްދުގައި ފެތުރުން ހުއްޓުވުމަށާއި، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން އިތުރުކުރުމަށާއި، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ތައްޔާރުވުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ގައުމުތަކުން އެއްބާރުލުން ދިނުމަށެވެ.

ރަސްގެފާނު އަބްދުالله ދެވަނަ ވަނީ ޣައްޒާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތެރި ނުރައްކަލުގެ އިންޒާރުގެ އިތުރުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމަށް އެމެރިކާއަށް ގޮވާލައްވާފައެވެ.

އުރުދުން އާއި އަރަބި އެހެން ގައުމުތަކުން ދަނީ އިސްރާއީލުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ކަމަށްވާއިރު، ޣައްޒާގެ މުސްތަގުބަލާ ގުޅޭ މަޝްވަރާތައް ފެށުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށްވެސް ރަސްގެފާނު ޢަބުދުﷲ ވިދާޅުވިއެވެ.  

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މަރުވަމުންދާ ޢާއްމުން ގިނަވުމާއެކު އަރަބި ގައުމުތަކުންވަނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ.

އިސްރާއީލުން އެކަމަށް ދެކޮޅު ހަދާފައިވާއިރު، ވޮޝިންޓަނުން ވަނީ އެހީ ގެނައުމަށާއި ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ވަގުތު ދިނުމުގެ ގޮތުން ވަގުތީ ގޮތުން ހަނގުރާމަ މެދުކަނޑާލުމަށް ގޮވާލައިފައެވެ.

ޣައްޒާއަށް ގިނަ އަދަދެއްގެ ކާބޯތަކެއްޗާއި ފެނާއި ތެލާއި ބޭހާއި އެހެނިހެން ސާމާނު އެތެރެކުރުމުގެ ހުއްދަ ދިނުމަށް އެމެރިކާއިން އިސްރާއީލަށް ހަފުތާތަކެއް ވަންދެން ބާރު އަޅާފައިވާއިރު އދ.ގެ ސަލާމަތީ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ގަރާރެއް ފާސްކޮށް ޑެލިވަރީ ކުރުން ވަގުތުން އިތުރުކުރުމަށްވެސް ގޮވާލާފައިވެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މީގެ ތިން ހަފުތާ ކުރިން އިސްރާއީލުން ވަނީ ކެރެމް ޝަލޯމް ހުޅުވައި، ރަފާއަށް ފަހު ޣައްޒާއަށް އެހީ ގެނައުމަށް ދެވަނަ ޕޮއިންޓެއް އިތުރުކޮށްފައެވެ. އެހެންނަމަވެސް އަދިވެސް އެހީގެ ޓްރަކްތަށް ވަންނަ ރޭޓް މާބޮޑުތަނުން އުފުލިފައެއް ނުވެއެވެ.

އދ.ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ހަފުތާގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 120 ވަރަކަށް ޓްރަކް ރަފާ އާއި ކެރެމް ޝަލޯމް މަގުން ވަދެފައިވެއެވެ.

ގާތްގަނޑަކަށް 2.3 މިލިއަން މީހުން އެމީހުންގެ އާބާދީ ދިރިހުރުމަށް ބަރޯސާވަނީ ބޯޑަރު ހުރަސްކޮށް އަންނަ ޓްރަކްތަކުގެ މައްޗަށެވެ.

ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ ކޮންމެ ހަތަރު މީހަކުން އެކަކީ ބަނޑުހައިހޫނުކަން މަތީ ތިބި ބައެއް ކަމަށާއި ބާކީ ތިބި މީހުންނަށްވެސް ބަނޑުހައިހޫނުކަމުގެ ދަތިކަމާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށް އދ.ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ބްލިންކެން މި ސަރަހައްދަށް ކުރައްވާ ދަތުރުފުޅަކީ ލުބްނާނާއި އިސްރާއީލުގެ އުތުރުގެ ސަރަހައްދާއި ރަތް ކަނޑުއަދި އިރާގުގައި ހިނގަމުންދާ ކަންކަމުގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުންހުއްޓުވުމަށް އެމެރިކާއިން ކުރަމުން އައި މަސައްކަތުގެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުރުދުންއަށްފަހު، ބްލިންކެން އަންނަ އާދީއްތަ ދުވަހު ގަތަރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް އަދި ހޯމަ ދުވަހު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާނެއެވެ.

އެއަށްފަހު މިސްރުގައި މަޑު ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އަންގާރަ ދުވަހާއި ބުދަ ދުވަހު އިސްރާއީލާއި ހުޅަނގު އައްސޭރިއަށް ވަޑައިގަންނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19 އާ ގުޅިގެން ފަގީރު ގައުމުތަކުގެ ދަރަނި ކަނޑާލުމަށް އެމްނެސްޓީން ގޮވާލައިފި

ކޮވިޑް-19 އާ ގުޅިގެން ފަގީރު ގައުމުތަކުގެ ދަރަނި ކަނޑާލުމަށް އެމްނެސްޓީން ގޮވާލައިފި

17 ޖުލައި 2020
ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތައް ނުބަލައި، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުން ބުއްދިވެރިތަ؟

ފުލުހުންނާ ގުޅިގެން ހުށައެޅޭ މައްސަލަތައް ނުބަލައި، ފުލުހުންނަށް އިތުރު ބާރުތަކެއް ދިނުން ބުއްދިވެރިތަ؟

21 ޖޫން 2020
ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ފެނަކައިގެ ބައިވެރިވުމަށްވެސް ތައުރީފު ޙައްޤު

ކޮވިޑް-19 އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ފެނަކައިގެ ބައިވެރިވުމަށްވެސް ތައުރީފު ޙައްޤު

03 އެޕްރީލު 2020
އެންމެ ގިނަ ކޭސް ފެނުނު ޤައުމަކަށް އެމެރިކާ ވެގެންދިއުމާއެކު، ވައިރަސްއާ ގުޅިގެން ޓްރަމްޕްގެ ރާގު ބަދަލުވަނީ؟!

އެންމެ ގިނަ ކޭސް ފެނުނު ޤައުމަކަށް އެމެރިކާ ވެގެންދިއުމާއެކު، ވައިރަސްއާ ގުޅިގެން ޓްރަމްޕްގެ ރާގު ބަދަލުވަނީ؟!

27 މާރިޗު 2020
ކޮވިޑް-19އާ ގުޅިގެން ދިވެހިން ޑުރާމާ ކުޅެނީ!

ކޮވިޑް-19އާ ގުޅިގެން ދިވެހިން ޑުރާމާ ކުޅެނީ!

23 މާރިޗު 2020

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު