Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް ބޭންކިންގެ ޚިދުމަތް

އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް ހޯދުމަށް ދަތިތަކެއް

8 ޖެނުއަރީ 2024 | ހޯމަ 08:19

ބީއެމްއެލުން ބުނީ މިފަދަ މައްސަލައެއް ކުރިމަތިނުވާ ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖެނުއަރީ 2024 | ހޯމަ 08:19
ބީއެމްއެލް އެޕް

ބީއެމްއެލް އެޕް

އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް ހޯދުމަށް ދަތިތަކެއް ކުރިމަތިވެއްޖެއެވެ.

ރާއްޖެއެމްވީއަށް އިންޑިއާގައި ދިރިއުޅޭ ބައެއް ދިވެހިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް މެދުކެނޑިގެންދާ ކަމަށާއި، އެޕްލިކޭޝަނަށް ނުވަދެވޭ ކަމަށެވެ. އަދި ރުފިޔާގެ މުއާމަލާތް ކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމާށެވެ. މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި، ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ވެސް އެމީހުން ވަނީ ބުނެފައެވެ.

ނަމަވެސް މި މައްސަލައާ ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަން މުހައްމަދު ސައީދު ވިދާޅުވީ މިފަދަ މައްސަލައެއް ކުރިމަތިނުވާ ކަމަށާއި، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް އެޕްލިކޭޝަން ބޭނުން ކުރެވޭ ކަމަށެވެ.

އިންޑިއާގައި ގިނަ އަދަދެއްގެ ދިވެހި ރައްޔިތުން ދިރިއުޅެމުން ގެންދެއެވެ. އަދި ބޭސްފަރުވާއަށާއި، ތައުލީމު ހާސިލް ކުރުމާއި އަދި ވިޔަފާރީގެ އެކިއެކި ބޭނުމަށް އެ ގައުމަށް ދިވެހިން ގޮސް އުޅެއެވެ.

މި މައްސަލަތައް ކުރިމަތިވެފައި މިވަނީ އިންޑިއާ-ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސޯޝަލް މީޑިއާގައި އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް މަލާމާތްކޮށް ފާޑުކިޔުމާއި ގުޅިގެން އެމައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދީޕުގެ ރަށްތަކަށް ވަޑައިގެން، އެރަށްތަކުގެ ރީތިކަން ޕްރޮމޯޓުކުރުމާ ގުޅިގެން އިންޑިޔާގެ ސޯޝަލް މީޑިޔާ އެކްޓވިސްޓުން ވަނީ ރާއްޖެ އަކީ "ޕްރޯ ޗައިނާ" ގައުމެއް ކަމުގައި ބުނެ، ރާއްޖެ ނުދިޔުމަށް "ބޮއިކޮޓް މޯލްޑިވްސް"ގެ ނަމުގައި ކެމްޕޭނެއް ވަނީ ފަށާފައެވެ.

އެއާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ދިފާއުކުރެއްވުމުގެ މަސައްކަތް ފެށްޓެވިއިރު، ބައެއް ނައިބު ވަޒީރުން ފެށްޓެވީ އިންޑިޔާގެ މީހުންނާ ޒާތީ ގޮތުން ދިމާކުރުމުގެ މަސައްކަތެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
06 އެޕްރީލު 2017

ދިވެހި ފުލުހަކު އިންޑިއާގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

06 އެޕްރީލު 2017
ދިވެހި ފުލުހަކު އިންޑިއާގައި ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
14 މާރިޗު 2017

ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ

14 މާރިޗު 2017
ކޮލަންބޯގައި ދިވެހިންނަށް ހާއްސަކޮށްގެން ޕާކެއް ހަދަނީ
22 ފެބުރުއަރީ 2017

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ
22 ފެބުރުއަރީ 2017

ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް

22 ފެބުރުއަރީ 2017
ފ އަތޮޅުގައި "ބޮޑު ޕްރޮޖެކްޓެއް" ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ: ޑރ ޚަލީލް
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް