Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުން ސަސްޕެންޑްކުރުން

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

7 ޖެނުއަރީ 2024 | އާދީއްތަ 13:32

ތިން ނައިބު ވަޒީރަކު ސަސްޕެންޑްކޮށްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ސިދާ އަމާޒުކޮށް ގޯސް ވާހަކަތަކެއް ދެއްކެވުމާ ގުޅިގެން

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 7 ޖެނުއަރީ 2024 | އާދީއްތަ 13:32
ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުން

ސަސްޕެންޑްކުރި ތިން ނައިބު ވަޒީރުން

އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑްކޮށްފިއެވެ.

އާދިއްތަ ދުވަހު ތިން ނައިބު ވަޒީރަކު ސަސްޕެންޑްކޮށްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރަށް ސިދާ އަމާޒުކޮށް، އިސްރާއީލުގެ ޕަޕެޓު، ޖޯކު އަދި އިންޑިޔާ އަކީ ހަޑި ގައުމެއްގެ ގޮތުގައި ސިފަކުރައްވާ ގޯސް ވާހަކަތަކެއް ދެއްކެވުމާ ގުޅިގެންނެވެ.

އެގޮތުން ސަސްޕެންޑު ކުރެއްވި ވަޒީރުންނަކީ  ޒުވާނުންނާ ގުޅޭ ވުޒާރާގެ ނައިބު ވަޒީރުން ކަމުގައިވާ މަރިޔަމް ޝިއުނާ ، މަލްޝާ ޝަރީފް އަދި މަހުޒޫމް މާޖިދު އެވެ.

މި ވަޒީރުންގެ އިތުރުން ވެސް، ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ނައިބު ވަޒީރު ހަސަން ޒިހާނު ވެސް އިންޑިޔާގެ ބޮޑު ވަޒީރު އަދި އިންޑިޔާއަށް އަމާޒުކޮށް ގޯސް ވާހަކަތަކެއް ދެއްކުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން މީސް މީޑިޔާގައި ފެތުރުނެވެ. އެހެން ނަމަވެސް އެކަމާ ގުޅޭގޮތުން ސަރުކާރުން އަދި ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ އާންމުންގެ ކަންބޮޑުވުން ބޮޑުވެ، ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވުމާ ގުޅިގެންނެވެ.

އެގޮތުން މި ކަން ހިނގަން މެދުވެރިވީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ލަކްޝަދީޕުގެ ރަށްތަކަށް ވަޑައިގެން، އެރަށްތަކުގެ ރީތިކަން ޕްރޮމޯޓުކުރުމާ ގުޅިގެން އިންޑިޔާގެ ސޯޝަލް މީޑިޔާ އެކްޓވިސްޓުން ވަނީ ރާއްޖެ އަކީ "ޕްރޯ ޗައިނާ" ގައުމެއް ކަމުގައި ބުނެ، ރާއްޖެ ނުދިޔުމަށް "ބޮއިކޮޓް މޯލްޑިވްސް"ގެ ނަމުގައި ކެމްޕޭނެއް ފަށުމާއެކު އެވެ.

އެއާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ރާއްޖެ ދިފާއުކުރެއްވުމުގެ މަސައްކަތް ފެށްޓެވިއިރު، ބައެއް ނައިބު ވަޒީރުން ފެށްޓެވީ އިންޑިޔާގެ މީހުންނާ ޒާތީ ގޮތުން ދިމާކުރުމުގެ މަސައްކަތެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް