Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެދުއިރުމަތީގެ މައްސަލަ

މެދުއިރުމަތީގެ ހަމަނުޖެހުންތަކުން އެއްވެސް މީހަކަށް ކާމިޔާބެއް ނުލިބޭނެ - ބޮރެލް

އީޔޫގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ވިދާޅުވީ މެދުއިރުމަތީގައި ހަމަނުޖެހުންތައް އިތުރުވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2024 | އާދީއްތަ 04:19
އީޔޫގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް

އީޔޫގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް

މެދުއިރުމަތީގެ ހަމަނުޖެހުންތަކުން އެއްވެސް މީހަކަށް ކާމިޔާބެއް ނުލިބޭނެކަމަށް އީޔޫގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެއެވެ.

ލުބުނާނުގެ ބޮޑުވަޒީރު ނަޖީބް މިކާތީއާ އެކު ބެއިރޫތުގައި ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖޯސެފް ބޮރެލް ވިދާޅުވީ ލުބުނާނާއި އިޒްރޭލާ ދެމެދު އޮންނަ ބޯޑަރު ސަރަހައްދުގައި އޮންނަ ބްލޫ ލައިން ހުރަސްކޮށް ބަޑީގެ ހަމަލާތައް ބަދަލުކުރުން ކަންބޮޑުވާ ފަދަ ހަރުކަށި ކަމެއް އެ ބްލޮކަށް ފެންނަމުންދާ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ އެންމެ އިސް ޑިޕްލޮމެޓު ވިދާޅުވީ އިޒްރޭލާއި ހަމާސްއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ލުބްނާނަށް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

އީޔޫގެ ޚާރިޖީ ސިޔާސަތުގެ ވެރިޔާ މިހެން ވިދާޅުވެފައި މިވަނީ ހިޒްބުالله އިން މިދިޔަ ހޮނިހިރު ދުވަހު ލުބުނާނުން އިސްރާއީލުގެ އުތުރުގެ ސަރަހައްދަށް ގިނަ ރޮކެޓް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ޝީއީ ހަނގުރާމަވެރި އަދި ސިޔާސީ ޖަމާއަތުން ވަނީ މި ބެރޭޖަކީ މި ހަފުތާގެ ކުރީކޮޅު ލުބުނާނުގެ ވެރިރަށުގައި ހަމާސް ޖަމާއަތުގެ އިސް ލީޑަރަކު އިސްރާއީލުން މަރާލި ކަމަށް ބުނާ މައްސަލައަށް "އިބްތިދާއީ ރައްދެއް" ގެ ގޮތުން ދިން އިންޒާރެކެވެ.

ރޮކެޓް ހަމަލާ ދީފައި މިވަނީ ބެއިރޫތުގެ ދެކުނުގައި އޮންނަ ހިޒްބުاللهގެ ބާރުގަދަ އަވަށެއްގައި ހަމާސްގެ ޑެޕިއުޓީ ޕޮލިޓިކަލް ލީޑަރު ސާލިހް އަރޫރީ އަވަހާރަކޮށްލުމުން ބަދަލު ހިފަން ޖެހޭނެ ކަމަށް ހިޒްބުاللهގެ ލީޑަރު ސައްޔިދު ހަސަން ނަސްރުالله ވިދާޅުވެފައިވަނިކޮށެވެ.

ނަސްރުالله ވިދާޅުވީ ހިޒްބުالله އިން ރައްދު ނުދީފިނަމަ އިޒްރޭލުގެ ހަމަލާތަކުގެ ނުރައްކާ މުޅި ލުބްނާނަށް ކުރިމަތިވާނެ ކަމަށެވެ.

ޣައްޒާގައި ހަނގުރާމަފެށުނު ފަހުން އިސްރާއީލު ސިފައިން ވަނީ ހިޒްބުالله ޖަމާއަތާއި ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ.

ހިޒްބުالله އިން ހޮނިހިރު ދުވަހު ބުނީ މައުންޓް މެރޮންގައި ހުންނަ އިސްރާއީލުގެ ވައިގެ ސަވައިލަންސް ބޭސްއަކާ ދިމާލަށް 62 ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި ސީދާ ހަމަލާތައް ދީފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ މެރޮންއާ ދިމާލަށް ގާތްގަނޑަކަށް 40 ވަރަކަށް ރޮކެޓް ފޮނުވާލާފައިވާ ކަމަށާއި، ބޭސްއަކަށް ހަމަލާދިން ކަމަށެވެ.

އަދި ރޮކެޓްތައް ފޮނުވާލި ހިޒްބުالله ސެލްއަށް ހަމަލާދިން ކަމަށް ވެސް ބުނެފައިވެއެވެ.

ޣައްޒާގައި ހަނގުރާމަ ފެށުނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ހަމަލާގައި ހަނގުރާމަވެރިން ގާތްގަނޑަކަށް 1،200 އެއްހާ މީހުން މަލާރައި، 240 އެއްހާ މީހުން ރަހީނުކުރުމުންނެވެ.

އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމާއި ކަނޑުމަގުން ދިން ވަރުގަދަ ބަދަލުހިފުމުގެ ސަބަބުން ފަލަސްތީނުގެ 22،600 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު އޭގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު

ޑަބްލިއުއެޗްއޯގެ ގުޑްވިލް އެމްބެސެޑަރުކަން މުގާބޭ އެއްވެސް އިރެއްގައި ބޭނުންފުޅު ނުވޭ: ތަރުޖަމާނު

24 އޮކްޓޯބަރު 2017
 ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް

ރެކްސް ޓިލާސަން އެއްވެސް އިރެއްގައި އިސްތިއުފާ ދެއްވާނަމޭ ވިދާޅުވެ ބިރު ނުދައްކަވާ: ރައީސް ޓްރަމްޕް

05 އޮކްޓޯބަރު 2017
މުމްބާއީގައި ދިން ހަމަލާއާ ގުޅިގެން ދެ މީހަކަށް މަރުގެ  ހުކުމް އިއްވައިފި

މުމްބާއީގައި ދިން ހަމަލާއާ ގުޅިގެން ދެ މީހަކަށް މަރުގެ ހުކުމް އިއްވައިފި

07 ސެޕްޓެމްބަރު 2017
ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެލޭޝިއާ މީހަކަށް 12،000 އަހަރުގެ ޖަލު ޙުކުމެއް

10 އޯގަސްޓު 2017
އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

އާ ގާނޫނު ހަދާ މަޖިލިސް އިންތިޚާބާ ދިމާކޮށް އެކަމަށް އެއްވެސް "ހުރަސް" އެޅޭ މުޒާހަރާއެއް ކުރުން ވެނެޒުއޭލާގައި މަނާކޮށްފި

28 ޖުލައި 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު