Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުވައްޒަފުންގެ މުސާރަ އުނިކުރާ މައްސަލަ

މިސަރުކާރުން އާދައިގެ މުވައްޒަފުންގެ މުސާރައިން ބައެއް އުނިކުރަނީ ސިޔާސީ ބޭފުޅުންނަށް މުސާރަ ދޭން: އާޒިމް

ސިޔާސީ މަގާމުތައް އުފައްދާ އަދަދު ސާފެއްނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2024 | ހޮނިހިރު 10:00
އެމްޑީޕީގެ ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް

އެމްޑީޕީގެ ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ، އާދަމް އާޒިމް

މި ސަރުކާރުން އާދައިގެ މުވައްޒަފުންގެ މުސާރަ އުނިކުރަނީ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ބޭފުޅުންނަށް މުސާރަ ދިނުމަށް ކަމަށް، އެމްޑީޕީގެ ކެންޑިޑޭޓް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ، މުނިސިޕަލްގެ ޚިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުކުރުމަކީ މަރުހަބާ ވިދާޅުވާ ކަމެއް ކަމަށެވެ. ނަމަވެސް އާބަންކޯގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ މުސާރަ އެއް އަހަރު ފަހުން ވަރަށް ބޮޑަށް ކުޑަވެގެން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އާދައިގެ ވަޒީފާތަކުގެ މުވައްޒަފުންނަކީ، ލިބޭ މުސާރައިން ދިރިއުޅުން ވަކި ގޮތަކަށް ބައްޓަންކޮށްގެން ދިރިއުޅޭ ބައެއް ކަމަށެވެ. އަދި ލިބެމުން އައި މުސާރައިން ބައެއް އުނިކުރުމަކީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އާދައިގެ މުވައްޒަފުންނަށް ނިކަމެތިކަން ލިބޭ ގޮތަށް ކަންކަން ކުރަމުންދާއިރު، ސިޔާސީ މަގާމުތައް އުފައްދާ އަދަދު ސާފުނުވާ ކަމަށެވެ. އަދި އެމަގާމުތަކުގެ ބޭފުޅުންނަށް މިލިއަނުން ޚަރަދުކުރާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސިޔާސީ މަގާމުތަކުގައި އައްޔަންކުރާ މީހުންނަށް މުސާރަ ދިނުމަށް އާދައިގެ މުވައްޒަފުންގެ މުސާރައިން ބައެއް ކަނޑައި، ސޭވްކޮށްގެން މުސާރަ ދޭން ނިންމި ނިންމުމަކީ ކަނޑައެޅިގެން ވަރަށް ބޮޑު ގޯހެއް ކަމަށެވެ. މިފަދަ ކަންކަން ރައްޔިތުން ބަލައިނުގަންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މި މަހުގެ 5 ވަނަ ދުވަހުގައި އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ސަރުކާރުންވަނީ އާބަންކޯގެ ދަށުން ހިންގަމުން އައި ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރަން ނިންމާފައެވެ. އެ ނިންމުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އޮފީހާއި، މެޝިނަރީއާއި، އާލާތްތަކާއި، މުނިޕަލް ބިމާއި، އަދި މުވައްޒަފުންވެސް ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރަން ނިންމަވާފައި ވާކަމަށެވެ. އެޗްޑީސީން (އާބަންކޯ) ސިޓީ ކައުންސިލަށް ބަދަލުކުރާ މުވައްޒަފުންނަށް އެޗްޑީސީން ދެމުން އައި މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނެސް، އަހަރު ދުވަހަށް އެ މުވައްޒަފުންނަށް އެ މުސާރައާއި އިނާޔަތްތައް ދެމުންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމެވުމާއެކު މުވައްޒަފުންގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އެޗްޑީސީން ސިޓީ ކައުންސިލަށް ބަދަލުކުރާ އެއްވެސް މުވައްޒަފެއްގެ މުސާރައާއި، އިންޝުއަރެންސާއި، އެ މުވައްޒަފުންނަށް މިހާރު ލިބެމުންދާ އެއްވެސް އިނާޔަތެއް އެއް އަހަރު ދުވަސް ފަހުން އުނިނުވާނެ ކަމަށެވެ. ނަމަވެސް ވަޒީފާގެ އެއްބަސްވުމަށް އެބަދަލު ނުގެނެސް ރައީސް ވިދާޅުވާ ބަސްފުޅަކަށް އިތުބާރު ނުކުރެވޭނެ ކަމަށް ބައެއް މުވައްޒަފުން ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު