Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލޭ ސަރަހައްދުން ދޫކުރި ގޯތިތައް

މިސަރުކާރުން އަމަލުކުރަނީ މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ނިކަމެތިކަމެއް ލިބޭ ގޮތަށް: އާޒިމް

ގޯތިގެދޮރުގެ މައްސަލައަަށް ވަރަށް އަވަސް ހައްލެއް ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޖެނުއަރީ 2024 | ހޮނިހިރު 07:11
މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓު އާދަމް އާޒިމް

މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓު އާދަމް އާޒިމް

މިސަރުކާރުން އަމަލުކުރަނީ މާލެ ސަރަހައްދުން ގޯތި ލިބުނު މީހުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބޭ ގޮތަށް ކަމަށް މާލޭ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ގޯތިގެދޮރުގެ މައްސަލައަަށް ވަރަށް އަވަސް ހައްލެއް ބޭނުންވާ ކަމެއް ކަމަށާއި، ގޯތި ދިނުން ލަސްކުރެވެން ނެތް ކަމަށެވެ. ކުރީގެ ސަރުކާރުގައި މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯތިތަކުގައި ދިރިއުޅެވޭނެ ގޮތަށް އެސަރަހައްދުތައް އާބާދުކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު އިތުރަށް ތަރައްގީކޮށް އެސަރަހައްދުތަކުގައި ފެނާއި، ނަރުދަމާ، ކަރަންޓު ޚިދުމަތްތައް ގާއިމްކޮށް، ސްކޫލުތަކާއި، މިސްކިތްތައް ބިނާކުރަންޖެހޭ ކަމަށެވެ. އެސަރަހައްދުތައް އާބާދުނުވެ ދިގުދެމިގެންދާ ކޮންމެ ދުވަހަކީ އެމީހުންނަށް ލިބޭ ނިކަމެތިކަމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުން މަސައްކަތް ކުރަނީ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް ކަމަށާއި، ނަމަވެސް މިދަނޑިވަޅުގައި ފުށިދިއްގަރުފަޅު ހިއްކައި ތަރައްގީ ކުރުމަކީ ކުރެވޭ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ.

އާޒިމް ވިދާޅުވީ ފުށިދިއްގަރުފަޅު ތަރައްގީކޮށް އެތަނުގައި ދިރިއުޅެން ފެށުމުން މާލެއަށް އައުމަށް ދޮޅުގަޑިއިރުގެ ދަތުރެއް ކުރަންޖެހޭ ކަމަށާއި، އެކަމުގެ ތަކުލީފު ވެސް ރައްޔިތު މީހާ އުފުލަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ކަނޑުގަދަވެ، މޫސުން ގޯސްވެއްޖެނަމަ ދަތުރުނުކުރެވޭނެ ކަމަށެވެ. މިހާރު ވެސް ކަނޑުގަދަވެ ބައެއް ދުވަސްތަކުގައި މާލެ-ވިލިމާލެ ފެރީގެ ދަތުރުތައް ހުއްޓާލަންޖެހޭ ކަމަށާއި، އެއީ އެންމެ 5 މިނެޓުގެ ދަތުރެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގައި ދިރިއުޅޭ ބައެއް މާލޭގެ ރައްޔިތުންނަކީ ވަރަށް ވަރަށް ނިކަމެތިކޮށް ދިރިއުޅޭ ބައެއް ކަމަށާއި، އެމީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވާންޖެހޭ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ގޯތި ލިބުނު ނަމަވެސް މިއަދު ރައްޔިތުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެގެ ދަފްތަރުގައި ޖެހިފައި ތިބި ރައްޔިތުންނަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެމީހުންނަށް ޚާއްސަކޮށްގެން ވެސް ގޯތި ދޫކުރުމަށް އެމްޑީޕީން ޕްރޮގްރާމެއް ފަށާފައިވާ ކަމަށެވެ. ނަމަވެސް މިހާރު މިކަންކަން މަތިން ސަރުކާރުން ހަނދާން ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ރައްޔިތުން ނިކަމެތި ކުރުމަށްފަހު، ފިނިކޮޓަރީގައި ތިބުމަކީ ރައްޔިތުންނަށް ވެވޭ އިހުމާލެއް ކަމަށާއި، މިކަންކަމުގައި ވަކާލާތު ކުރާނެ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ދިނުމަށް ނިންމާފައިވާ ގޯތިތައް ދޫކޮށް އެރައްޔިތުންތަކުގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު