Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކަނޑަށް ވެއްޓުނު މަސްވެރިޔާ

އެކަނި މަހަށް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓި 23 ގަޑިއިރު... އެހީއަކަށް ވީ އަތުކުރީގަޑިން އެޅުނު ދަޅަ!

6 ޖެނުއަރީ 2024 | ހޮނިހިރު 05:24

ނިއުޒީލެންޑުގެ ކަނޑުގެ ސަރަހައްދުގައި ވިލް ވަނީ 23 ގަޑިއިރާއި 30 މިނިޓް ހޭދަކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 ޖެނުއަރީ 2024 | ހޮނިހިރު 05:24
ކަނޑައް ވެއްޓުނު، ނިއުޒީލެންޑުގެ މަސްވެރިޔާ

ކަނޑައް ވެއްޓުނު، ނިއުޒީލެންޑުގެ މަސްވެރިޔާ

މަހަށް ދިއުމަކީ ބައެއް މީހުންނަށް އެއަށްވުރެ ބޮޑު ދެވަނަ އުފަލެއް ނުވާ، ހިތްގައިމު ކަމެކެވެ. އެ ފަދަ މީހުން، އެ މީހަކަށް ވީގޮތަކުން މަހަށް ދެވޭތޯ ބަލައެވެ. ބައެއް މީހުން ތޮށިގަނޑު މައްޗަށް ގޮސް، ނަނު އެއްލައިގެން މަސް ބާނާއިރު، އަމިއްލައަށް ކަނޑު އުޅަނދުފަހަރު ބަނދެގެން މަހަށް ދާ މީހުން އުޅެއެވެ. ކަން މިހެން އޮތްއިރު، މަހަށް ގޮސް އުޅޭ އުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގަނީވެސް މަދެއްކޮށެއް ނޫނެވެ. މަހަށް ނުކުމެ އުޅެނިކޮށް ގެއްލޭ މީހުންގެ އަދަދުވެސް މަދެއްނޫނެވެ. ނަމަވެސް، އެ ގޮތަށް ގެއްލޭ ބައެއް މީހުން ދިރިހުއްޓައި ސަލާމަތް ކުރެވިފައިވެސް އެބަހުއްޓެވެ. ހިއްސާކޮށްލަން މިއުޅެނީ ދާދި ފަހުން ހިނގި އެފަދަ ހާދިސާއެއްގެ ވާހަކައެވެ.

ވިލް ފްރޭންސެންއަކީ ނިއުޒީލެންޑުގެ ވައިކަޓޯ ސަރަހައްދުގައި އޮންނަ ކޭމްބްރިޖް އަވަށަށް ނިސްބަތްވާ މަސްވެރިއެކެވެ. ފޫހިފިލުވާލުމަށްވެސް އޭނާ ކޮށްއުޅޭ ކަމަކީ މަސްވެރިކަމެވެ. ކުޅިވަރެއްގެ ގޮތުގައިވެސް ދަނީ މަހަށެވެ. ހާދިސާ ހިނގީވެސް އެފަދަ ދަތުރެއްގައެވެ. މަހަށް ނުކުމެ އުޅުނީ އޭނާގެ އަމިއްލަ ބޯޓެއްގައެވެ. ބޯޓުން އަރިއަޅާލައިގެން ވިލް ވެއްޓުނީ ކަނޑަށެވެ. އޭނާގެ ހިތަށް އަރައި ފޭބިހާ އެއްޗެއް، އެފަދަ ކަމެއް ތަޖުރިބާކުރި މީހަކަށް ނޫނީ ބަޔާންކޮށްދޭކަށް ނޭނގޭނެއެވެ. ބޯޓުން ބޭރަށް އޭނާ ފުރޮޅާލިއިރު، ބޯޓުގައި ޖަހާފައިވާ ދަގަނޑު ރެއިލިންގ ހުރީ ތިރިކޮށްފައި ކަމެއް، ނުވަތަ އޭގެ އަމިއްލަ ޒާތުގައި ތިރިވީ ނޫންކަމެއް ބުނެދޭކަށް ވިލްއަކަށް އަދިވެސް ނޭނގެއެވެ.

ބޯޓުން ކަނޑަށް ވެއްޓުނު ގޮތަށް، ނިއުޒީލަންޑްގެ ކަނޑުގެ ސަރަހައްދުގައި ވިލް ވަނީ 23 ގަޑިއިރާޓ 30 މިނިޓް ހޭދަކޮށްފައެވެ. ވިލްގެ ފުރާނަ ސަލާމަތްވީ، އޭނާ އޮތް ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެހެން މަސްބޯޓެއްގައި ތިބި މީހުންގެ ލޮލުގައި، ވިލްގެ އަތުކުރީ ގަޑީގެ ދަޅަ އަޅައިގަތް ހިސާބުންނެވެ. ވިލް ބުނާގޮތުގައި އޭނާއަކީ ނަސީބުވެރިއެކެވެ.

ވިލް ކަނޑަށް ވެއްޓުނީ ޖެނުއަރީ 2 ވަނަ ދުވަހުއެވެ. 12 މީޓަރުގެ ބޯޓުގައި އޭނާ ކަނޑަށް ނުކުތީ އެކަންޏެވެ. ޖެހިގެން އަންނަ ދުވަހު، އަނބުރާ ރަށަށް އައުމަށް އަޒުމުގައި ފުރި ދަތުރުގައި، އެލްޑަރމަން އައިލަންޑްސް ކައިރިން ބޯޓުން ބޭރަށް އޭނާ ފުރޮޅާލައިގެން ވެއްޓުނީ، ހިބަރެއް ބާނާފައި އަނބުރާ ކަނޑަށް ދޫކޮށްލަން އުޅުމުގެ ތެރޭގައެވެ. އޭރު އޭނާ ހުރީ ލައިފްޖެކެޓެއްވެސް އަޅައިގެންނެއް ނޫނެވެ. ވިލް ކަނޑަށް ވެއްޓުނު ސަރަހައްދަކީ، ނިއުޒީލެންޑުގެ ނޯތު އައިލަނޑުން ބަލާނަމަ ތިރީހަކަށް ނޯޓިކަލް މޭލު ބޭރު ސަރަހައްދެކެވެ.

ކަނޑަށް ވެއްޓުމާއެކު ބޯޓާ ހިސާބަށް ދެވޭތޯ ވިލް މަސައްކަތްކުރިއެވެ. ނަމަވެސް، ވިލްއަށް އޭނާގެ ބޯޓާ ހިސާބަށް ދެވޭ ގޮތެއް ނުވިއެވެ. ބޯޓު ދިޔައީ އޭނާއާ ދުރަށް ކަން އެނގުނު ހިސާބުން އެ މަސައްކަތް ހުއްޓާލިއެވެ. ބޯޓުވެސް އޮޔާ ދިޔައީއެވެ.

ކަނޑުވެ، ކައިރިން ދަތުރުކުރި ބޯޓުތަކުގެ ސަމާލުކަން ހޯދަން ކުރި މަސައްކަތް އެތައް ފަހަރެއްގެ މަތިން ފެއިލްވަމުން ދިޔައިރު، އޭނާގެ ފުރާނަ ސަލާމަތްވެދާނެ ކަމުގެ އުންމީދުވެސް ދިޔައީ ފަނޑުވަމުންނެވެ. ކަނޑަށް ވެއްޓުނު ހިސާބުން، އޭނާ ސަލާމަތްވެދާނެ ކަމުގެ އުންމީދު ކަނޑާލިއޭވެސް ބުނެވިދާނެއެވެ. 

ކަނޑަށް ވެއްޓުނުއިރު ވެސް އޭނާގެ ތޮފި އޮތެވެ. އެކި ގޮތްގޮތަށް ތޮފި ހޫރައިގެންވެސް އެހެން ބޯޓެއްގެ ސަމާލުކަން ލިބޭގޮތެއް ނުވިއެވެ. ކައިރިން ފެންނަން އޮތް އެލްޑަރމަން އައިލަންޑްސްއާ ދިމާއަށް ފަތައިގަންނަން ވިލް މަސައްކަތްކުރިއެވެ. ނަމަވެސް، އޮއިވަރު ހުރިގޮތުން އޭނާ ގެންދަނީ އެ ރަށާ ދުރަށް ކަމުން، އެކަންވެސް ހުއްޓާލީއެވެ.

ލައިފްޖެކެޓް ނާޅާނަމަވެސް، ވިލް ވެއްޓުނުއިރު އޭނާ ހުރީ ރައްކާތެރިކަމަށް އަޅާ ޒާތުގެ ކަމަރެއް އަޅައިގެންނެވެ. އެ ކަމަރަކީ ހިސާބަކަށް ފެންމަތީގައި ހިފެހެއްޓުމުގެ ބާރު ހުރި ކަމަރެއް ކަމުން، އޭނާ ދިޔައީ އެ ކަމަރަށް ބަރުޖެހެމުން ދިޔަ ފެންވެސް ދޭތެރެ ދޭތެރެއިން ހުސްކުރަމުންނެވެ. ރޭގަނޑުގެ އަނދިރިކަން ވެރިވެ މުޅި މީހާ އެކަނިވިއެވެ. ދިރިހުންނާނެ ކަމުގެ ހުރިހާ އުންމީދެއް ގެއްލުނެވެ. ނަމަވެސް، ދަރިންގެ މުސްތަގުބަލަށް ކަމެއް ކޮށްދޭން އެވަރުންވެސް އޭނާ ބޭނުންވިއެވެ. ކަމަރަށް އޭހާ ސަމާލުކަން ދިނީ އެހެންވެއެވެ. ކަނޑުމަތީގައި މަރުވިނަމަވެސް، ކަމަރުގެ އެހީގައި، އޭނާގެ ހަށިގަނޑު ފެންމަތީގައި އޮންނާނެކަމުގެ އުންމީދުގައެވެ. އޭނާގެ ހަށިގަނޑު ފެންނަ ހިސާބުން، ދަރިންނާއި އާއިލާއަށް އިންޝުއަރެންސް ލިބޭނެތީއެވެ. 

ކަނޑުގެ ލޮނުގަނޑު ތެރޭގައި ވިލް އޮތްތާ އޮވެ އަތްފައި ހަރަކާތްކުރަން ފެށިއެވެ. ކަނޑު ތެރޭގައި ކޮޅަށް ހުންނަ ކަހަލަ ޒާތަކަށް، ޓްރެޑް ކޮށްގެންނެވެ. ޓްރެޑް ކުރާއިރު ފެނުން މަތީގައި އޮންނާނީ އެމީހެއްގެ ބޯކޮޅު އެކަންޏެވެ. ހަށިގަނޑުގެ ބާކީ ބައި އޮންނާނީ ފެނުއަޑީގައެވެ. މުޅި އަތާއި ދެފައިންވެސް ހަރަކާތްތައް ކުރަމުން ދާނެއެވެ. ކަނޑުގެ އޮޔާއެކު އޭރު ގެންދިޔައީ މޭޔަރ އައިލަންޑްސްއާ ކައިރިއަށެވެ.

އައު ދުވަހަކަށް އަލިވިލުނުއިރު، އާންމު ދުވަސްތަކަށްވުރެ މޫސުންވެސް ގޯހެވެ. މަހަށް ނުކުމެ އުޅޭނެ ބޯޓުފަހަރުގެ އަދަދު މަދުވާނެކަމާމެދު ވިލްއަށް ވިސްނެން ފެށިއެވެ. ނަމަވެސް ފެނުން މަތީގައި އޭނާގެ ބޯކޮޅު ބޭއްވޭތޯ އޭނާ ދިޔައީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ބިންދަމުންދިޔަ ބިޔަ ރާޅުތަކާއެކު ވިލްއަށް ދިޔައީ ލޮނުވެސް ބޮވެމުންނެވެ. ގަދަ ފިނީގައި ތުރުތުރުއަޅާ ހާލުގައެވެ. ބައެއް ފަހަރު އޭނާގެ ޚިޔާލުގައި ބޯޓުފަހަރު ދަތުރުކުރާތީ ފެނެއެވެ. އަވާމެންދުރެއް ފަދައިންނެވެ.

ފެނުން މައްޗަށް ބޯ ހިއްލައިގެން، ފަތަމުން ދިޔައިރު، އޭނާ ވަށައިގެން މިޔަރެއްވެސް އެނބުރުނު ކަމަށް ވިލް ކިޔައިދިނެވެ. އޭގެ ފަހުން ހިތް ނުތަނަވަސްވިއެވެ. ފައިގައި މޫދުވިނަކޮޅެއް ޖެހުނަސް، މޭކަރާ ގޮތްވި ކަމަށް ވިލް ކިޔައިދިނެވެ. އެއީ މޭޔަރ އައިލަންޑް ކައިރިން ދަތުރުކުރަމުން ދިޔަ މަސްބޯޓެއްގެ ސަމާލުކަން ހޯދަން އޭނާ މަސައްކަތް ފެށުމުގެ ކުރިން ހިނގި ކަމެކެވެ. 3 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓުގެ ސަމާލުކަން ހޯދުމަށް ވިލް މި ފަހަރު ބޭނުންކުރީ އޭނާގެ އަތުކުރީގަޑިއެވެ.

އަތުކުރީގަޑިން އަނެއް ބޯޓަށް ދަޅަ އަޅުވައިގެން ސަމާލުކަން ހޯދަން މަސައްކަތް ކުރިއެވެ. ފުރަތަމަ ވީ ނާކާމިޔާބެވެ. ނަމަވެސް ހިސާބަކަށް މޫސުން ރަނގަޅުވެ، ކަނޑު މަޑުވެލުމާއެކު ހާލަތު ބަދަލުވާން ފެށިއެވެ.

އެ ބޯޓަށް ވިލް ފެނި، އޭނާ ކަނޑުން ނެގިއެވެ. އަދި އަވަސް ފަރުވާ ދިނުމަށްފަހު ބާރު ދުވެލީގައި އެއްގަމަށް މިސްރާބުޖަހައި، ހޮސްޕިޓަލަށްވެސް ގެންގޮސްދިނެވެ. ވިލް ބުނާގޮތުގައި އޭނާގެ ފުރާނަ ސަލާމަތްކުރަން އެހީވި 3 މީހުންނަށް ތައުރީފުކޮށް ކޮޅުންލާކަށް ނެތެވެ. އެ 3 މީހުންވެސް ތިބީ ކަނޑުމަތިން މީހެއްގެ ފުރާނަ ސަލާމަތްކުރަން އެހީވެވި، ސަލާމަތުން އާއިލާއާ ހަމައަށް ގެންދެވުނު ކަމަށްޓަކައި އުފަލުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

12 އެޕްރީލު 2018

ރޯދަމަހަށް ޑްރާމާ ސީރީޒްއެއް އުފެއްދުމަށް އަނެއްކާ ވެސް ރާއްޖެޓީވީއާ އެކު ސޮއިކޮށްފި

12 އެޕްރީލު 2018
ރޯދަމަހަށް ޑްރާމާ ސީރީޒްއެއް އުފެއްދުމަށް އަނެއްކާ ވެސް ރާއްޖެޓީވީއާ އެކު ސޮއިކޮށްފި
11 އެޕްރީލު 2018

ސީޒަނާއި އެކު ރާއްޖެޓީވީއިން ރޯދަމަހަށް ޚާއްސަ ސީރީޒްއެއް

11 އެޕްރީލު 2018
ސީޒަނާއި އެކު ރާއްޖެޓީވީއިން ރޯދަމަހަށް ޚާއްސަ ސީރީޒްއެއް
30 ޖެނުއަރީ 2018

ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!

30 ޖެނުއަރީ 2018
ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!
04 ޖެނުއަރީ 2018

ބާގީ 2 އެޅުވުން މާޗް މަހަށް އަވަސްކޮށްފި

04 ޖެނުއަރީ 2018
ބާގީ 2 އެޅުވުން މާޗް މަހަށް އަވަސްކޮށްފި
10 ޖުލައި 2017

ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ

10 ޖުލައި 2017
ކައިވެނި ކޮށްފިނަމަ އަހަރެން ބޭނުންވާ އެކަނިވެރިކަމެއް ނުލިބޭނެ: އަކްޝޭ ކަންނާ
01 ޖޫން 2017

ޑުބާއީގެ ފުލުހުންގެ ޚިދުމަތައް ރަސްމީ ކޮށް ރޮބޮޓިކް ފުލުހެއް ނުކުމެއްޖެ

01 ޖޫން 2017
ޑުބާއީގެ ފުލުހުންގެ ޚިދުމަތައް ރަސްމީ ކޮށް ރޮބޮޓިކް ފުލުހެއް ނުކުމެއްޖެ
22 މާރިޗު 2017

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
10 މާރިޗު 2017

ފަރަންސޭސި ރިޔާސީ ކެންޑިޑޭޓެއް ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެ އުޅެނިކޮށް އޮޅިގެން ހައްޔަރު ކޮށްފި

10 މާރިޗު 2017
ފަރަންސޭސި ރިޔާސީ ކެންޑިޑޭޓެއް ބަރަހަނާކޮށް ކެމްޕޭނަށް ނުކުމެ އުޅެނިކޮށް އޮޅިގެން ހައްޔަރު ކޮށްފި
05 މާރިޗު 2017

ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި

05 މާރިޗު 2017
ކުކުޅެއް ރޭޕްކުރި ކުށުގައި ކެންޔާ މީހަކު 15 މަހަށް ޖަލަށްލާން ހުކުމް ކޮށްފި
31 ޖެނުއަރީ 2017

"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ

31 ޖެނުއަރީ 2017
"ރައީސް" އަށް އާދީއްތަ ދުވަހު އެކަނި ވެސް 17 ކްރޯޑް އަށްވުރެ ގިނަ ރުޕީސް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް