Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާޒިމަށް މަލްސާގެ ތުހުމަތުތައް

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިތުރުފުޅު ހައްދަވައިފި

އެފަދަ މައްސަލައެއް ނޯންނާނެކަން ސާބިތުކަމާއެކު ވިދާޅުވަން ކެރިވަޑައިގަންނަވާ އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ޖެނުއަރީ 2024 | ހޮނިހިރު 02:45
ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މަލްސާ ޝަރީފް

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މަލްސާ ޝަރީފް

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްސާ ޝަރީފް އިތުރުފުޅު ހައްދަވައިފިއެވެ.

އޭނާ ވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ބައި އިލެކްޝަނުގައި ،އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އާދަމް އާޒިމަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ.

Advertisement - newsAdvertisement

އޭނާ ވަނީ އާޒިމް އިސްވެ ހުންނަވައިގެން އެމްއެމް އެކްސްޕޯޓުން އާޒިމްގެ އަމިއްލަ އެކައުންޓަށް 1 މިލިއަން ޔޫއެސް ޑޮލަރ ޓްރާންސްފަރކުރި ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވަނީ އެ ފައިސާ ޓްރާންސްފަރކުރީ އާޒިމަށް އެމްޓީސީސީގެ ސީއީއޯގެ މަގާމް ލިބިވަޑައިގަތް ފަހުން ކަަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

އަދި ހަމައެހެންމެ އާޒިމްގެ އިހުމާލުން މަހާޖައްރާފު ރިޕެއަރކުރުން ލަސްވެ، 509،617،500 ރުފިޔާގެ ގެއްލުންވިކަމަށް ތުހުމަތުކޮށްފައި ވެއެވެ. މީގެ އިތުރުން، އެސްޓީއޯގެ އެމްޑީއަކަށް ހުންނެވިއިރު، އެސްޓީއޯގެ ބޭސްފިހާރަ ހުޅުވުމުގެ މަރުހަލާގައި ޚިޔާނާތް ހިންގެވިކަމުގެ ތުހުމަތުވެސް ވަނީ ކުރައްވާފައެވެ.

މަލްސާގެ އެ ތުހުމަތުތަކާއި ގުޅިގެން ރާއްޖެ އެމްވީން ސުވާލު ދެންނެވުމުން އާޒިމް ވިދާޅުވީ، އެއީ ސީދާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ފިނޭންސް މިނިސްޓްރީއާއި، ކަމާ ގުޅުންހުރި އެހެން އިދާރާތަކުން މައުލޫމާތު ހޯދުމުން އެ ވާހަކަތަކުގެ ހަގީގަތެއް ނެތްކަން ހާމަވާނެ ކަަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ތުހުމަތެއް އޮތް ނަމަ އެ މައްސަލަ ތަހުގީގުކުރަންވީ ކަމަށާއި، އެފަދަ މައްސަލައެއް ނޯންނާނެކަން ސާބިތުކަމާއެކު ވިދާޅުވަން ކެރިވަޑައިގަންނަވާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު