Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމީދޫއާއި ހިތަދޫ ބްރިޖްގެ މަސައްކަތް

ހުޅުމީދޫއާއި ހިތަދޫ ބްރިޖު: ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިން މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

5 ޖެނުއަރީ 2024 | ހުކުރު 03:16

މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ޕްލޭން އެބައޮތް

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖެނުއަރީ 2024 | ހުކުރު 03:16
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

އައްޑޫ ސިޓީގެ ހުޅުމީދޫއާއި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ވަރަށް އަވަހަށް ފަންނީ އަދި ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިން މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އަދި އިކޮނޮމިކް ޒޯން ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މުޅި ރާއްޖެ ތަރައްގީ ކުރުމުގެ ޕްލޭން އެބައޮތް ކަމަށާއި، އެންމެ އުތުރުން، އެންމެ ދުކުނުން، މެދުރާއްޖެތެރެއިން، ހުރިހާ ސަރަހައްދުތަކެއް ތަރައްގީ ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އައްޑޫ ސިޓީގައި ކުރަން ނިންމާފައި ހުރި ކަންކަމަކީވެސް ހަމަ ރައްޔިތުން ބޭނުންވެގެން، ރައްޔިތުން އެދިފައިވާ ކަންކަން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ އައްޑޫގައި ގާއިމްކުރެވޭ ބްރިޖުގެ މަޝްރޫއު ފެށުމަށްޓަކައި ވަރަށް އަވަހަށް ބްރިޖް އެޅުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އަދި ތަފްސީލީ ފީޒިބިލިޓީއާއި ޑިޒައިން މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް މިމަޝްރޫއާއި ގުޅޭ އިތުރު ތަފްސީލެއް އެމަނިކުފާނު ހާމަކުރައްވާފައިނުވެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށްޓަކައި، ރައްޔިތުން ހަވާލުކުރި ޒިންމާ ފުރިހަމައަށް އަދާކުރުމުގައި ކުރިއަށްދާނެ ކަމަށާއި، ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ބޭނުންވާ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ކަންތައްތައް ކުރުމުގައި ދެބަސްވާންޖެހޭ ތަނެއް ނެތް ކަމަށާއި، މި ކަންކަން ކުރުމުގައި އެންމެން އެކައްޗެއް ކިޔަންޖެހޭ ކަމަށެވެ. އަދި އެކަތިގަނޑަކަށް ވުމަކީ ގައުމަށްޓަކައިވާ އެކަތިގަނޑެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫއާއި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސާވޭގެ މަސައްކަތަށް ބޭނުންވާ 30 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ހިމަނާފައެވެ.

ހުޅުމީދޫއާއި ހިތަދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވައުދުފުޅެކެވެ. އަދި އެމަނިކުފާނުގެ ލެގަސީގައި ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި މަސައްކަތުގައި ރައީސް މުއިއްޒު ވެސް ވަނީ އައްޑޫގެ ރައްޔިތުންނަށް އެބްރިޖު ގާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2017

އައްޑޫސިޓީ، ހިތަދޫ މަގެއްގައި ޕާކްކޮށްފައި އޮތް ދެ ކާރެއްގައި އަލިފާން ރޯވެއްޖެ

12 ޖުލައި 2017
އައްޑޫސިޓީ، ހިތަދޫ މަގެއްގައި ޕާކްކޮށްފައި އޮތް ދެ ކާރެއްގައި އަލިފާން ރޯވެއްޖެ
14 ޖޫން 2017

ބްރިޖުގެ މައި ތަނބުތައް ފެނުން މައްޗަށް އަރައިފި

14 ޖޫން 2017
ބްރިޖުގެ މައި ތަނބުތައް ފެނުން މައްޗަށް އަރައިފި
04 ޖޫން 2017

އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައިފި

04 ޖޫން 2017
އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައިފި
01 ޖޫން 2017

ބްރިޖުގެ އިތުރު ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު

01 ޖޫން 2017
ބްރިޖުގެ އިތުރު ތަނބުތަކަށް ކޮންކްރިޓް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށް: މިނިސްޓަރު
25 މެއި 2017

އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ

25 މެއި 2017
އައްޑޫ ހިތަދޫ އަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އާންމު ދިރިއުޅުމަށް އާދެވިއްޖެ
21 މެއި 2017

ހިތަދޫ ބަނދަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ހުއްޓުވައިފި

21 މެއި 2017
ހިތަދޫ ބަނދަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ހުއްޓުވައިފި
03 މެއި 2017

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި

03 މެއި 2017
ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ

11 ފެބުރުއަރީ 2017
ހިތަދޫ ފެނަކަ ބްރާންޗުގެ ޓެކްނީޝަން ކަރަންޓުގައި ޖެހި، އައިސީޔޫގައި ފައުވާދެނީ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް