Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ ބަނދަރަށް ފެން ފޯރުކޮށް

ހިތަދޫ ބަނދަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ހުއްޓުވައިފި

މިއީ 2015 އަހަރުގެ ތެރޭގައި ޝައިނީ މަސްވެރިންނަށް ދޭން ވއުދުވި ހިދުމަތެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 21 މެއި 2017 | އާދީއްތަ 12:54
ހިތަދޫ ބަނދަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ

ހިތަދޫ ބަނދަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަނީ

ހިތަދޫ ބަނދަރަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލްއިން ކުރަމުންދަނިކޮށް ފުލުހުން ނިކުމެ އެ މަސައްކަތް ހުއްޓުވައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަބްދުﷲ ސޯދިގް ވިދާޅުވީ މިއީ 2015 އަހަރުގެ ތެރޭގައި ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ އައްޑު ސިޓީއަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރުމަށްފަހު މަސްވެރިންނަށް ދޭން ވައުދުވި ހިދުމަތެއް ކަމަށާއި އެހެން ނަމަވެސް މިއަދާއި ހަމައަށްވެސް މިމަސައްކަތް ފެށިފައި ނުވުމުން ކައުންސިލުން އިސްނަގައިގެން މަސައްކަތް ފެއްޓީ ކަމަށެވެ.

ސޯބެ ވިދާޅުވީ މި މަސައްކަތް ފުލުހުން ނިކުމެ ހުއްޓާލީ ހައުސިން މިނިސްޓްރީން އަންގައިގެން ކަމަށާއި ކައުންސިލްއަށް ފޮނުވާފައިވާ ސިޓީގައި ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ މަސައްކަތަކީ އައްޑު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ މަސައްކަތެއް ކަމުން އިތުރަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މި މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި އަދި އެގޮތުން ތިން ސަރަހައްދަކަށް ފެނުމުގެ ހިދުމަތް ދިނުމަށް ފަށާފައިވާ މަސައްކަތުން އެއް ސަރަހައްދުގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު އަނެއް ދެ ސަރަހައްދުގެ އަށްޑިހަ އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.

މިއިން ކޮންމެ ސަރަހައްދަކަށްވެސް ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި މިމަސައްކަތް ހުއްޓުވުމަކީ މަސްވެރިންނަށް ދޭން ޖެހިފައިވާ ހިދުމަތަކަށް ހުރަސް އެޅުން ކަމަށް ސޯބެ ވިދާޅުވި އެވެ.

2015 ވަނަ އަހަރު ކުރަން ނިންމި މަސައްކަތެއް މިއަދާއި ހަމައަށް އައި އިރުވެސް ނުކުރެވި އޮތުމުން ކައުންސިލުން އިސްނަގައިގެން އެމަސައްކަތް ބަޔަކާއި ހަވާލުކުރުމަށްފަހު މަސައްކަތް ފަށާފައިވަނީ އޭޕްރިލް 2017 ގެ ފަހު ކޮޅުގައެވެ.

އަދި މިކަމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ޖާގަ ނުދީ މަސްވެރިން އަމިއްލައަށް ނަމަވެސް މަސައްކަތް ހުއްޓުވިޔަ ނުދީ ކުރިއަށް ގެންދިޔުމަށް ސޯބެ ވަނީ މަސްވެރިންނަށް ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު