Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގާމުތައް ނުހައްގުން ދިނުން

"ގަންނާނެއްބާ" ކިޔުއްވާފައި ބޮޑެތި މަގާމުތައް ނީލަމުގައި ވިއްކަވާލައްވަނީތޯ؟

ފައިސާ އަދި ޕާޓީއަށް މީހުން ސޮއިކުރުވުމަށް ޝަރުތުކޮށް، މަގާމުތައް ދޭކަމަށް އާއްމުން ތުހުމަތުކުރޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2024 | ބުރާސްފަތި 14:33
ފައިސާއާއެކު ނުފޫޒު ފޯރުވާކަން ދައްކުވައިދޭ މަންޒަރެއް

ފައިސާއާއެކު ނުފޫޒު ފޯރުވާކަން ދައްކުވައިދޭ މަންޒަރެއް

ދާދި މިދާކަށް ދުވަހެވެ. އަޅުގަނޑުގެ ވެސް ގާތް މީހަކު ވަޒީފާއެއް ބޭނުންވެގެން، އޭނާ ދަންނަ ބައެއް ވިއްޔާ އެ ބައެއްގެ ކައިރީގައި އެ ވާހަކަ ދައްކާތީ އަޑުއެހީމެވެ. އޭނާއަކީ ކިޔަވައިގެން ހުރި މީހަކަށް ވުމާއެކު އެކި ތަންތަނަށް ސީވީ ލައިގެންވެސް މަގާމެއް ނުލިބޭތީ، ވަޒީފާއެއް އޮތްތޯ ބަލަން އޭނާ ސުވާލުކުރަމުން ދިޔައެވެ. އޭނާއަކީ ނިމިދިޔަ ތަނުގައި ސަރުކާރުގެ ރަނގަޅު ބައެއް މަގާމުތައް ފުރާފައި ހުރި މީހެކެވެ. ކޮންމެވެސް ވަރަކަށް ސިޔާސީ ކަންކަމުގައި އުޅެ، ސިޔާސީ ކަންކަމަށް ފަރިތަ މީހެކެވެ.

ކަން ދިމާކުރިގޮތުން އޭނާ ހުރީ ނިމިދިޔަ ސަރުކާރުގައި ސިޔާސީ މަގާމެއްގައެވެ. އާއްމުކޮށް ބުނާގޮތަށް ނަމަ، އޭނާއަކީ އޭރު ޕޮލިޓިކަލް އެޕޮއިންޓީއެކެވެ. ސަރުކާރު ބަދަލުވެ ވަޒީފާއެއް ނެތި ބިކަވާ ހިސާބަށް ދިއުމުން، އެ އުދާސްތައް އޭނާވެސް ދަންނަ ބައެއް ވިއްޔާ އެ ބައެއްގަ ކައިރީގައި ހިއްސާކުރަން ފެށިއެވެ. އެދުނީ ވަޒީފާއެއް އޮތިއްޔާ އެކަން އަންގާލައި ދިނުމަށެވެ. ނުހައްގުން މަގާމެއް ހޯދާދޭކަށް ނޫނެވެ. އެހެނަސް އޭނާއަށް ލިބުނު ޖަވާބަކީ 50 ވަރަކަށް ފޯމާއެކު އައުމުން، ކުރިން ހުރި ސިޔާސީ މަގާމު އިއާދަކޮށްދޭނެ ވާހަކައެވެ.

އޭނާގެ ސުވާލަކަށްވީ، އޭރުން އެއީ އޭނާ ގަންނަ މަގާމަކަށް ނުވާނެތޯއެވެ. ސަރުކާރަށް ނިސްބަތްވާ ބޭފުޅަކު އޭނާއަށް ދިން އޮފަރއަކީ ލައްކައެއްހާ ރުފިޔާއާއި 50 ވަރަކަށް ފޯމު ހިފައިގެން އައުމުން އޭނާއަށް މަގާމެއް ލިބިދާނެކަމުގެ ވާހަކައެވެ.

މިއީ ކަންކަން ހިނގަންޖެހޭ އުސޫލުތޯއެވެ؟ މަގާމެއްގެ އަގަކީ 50 ވަރަކަށް ފޯމާއި ލައްކައެއްހާ ރުފިޔާތޯއެވެ. އަދި އަމުދުން މިހާރު މަގާމުތައް ވިއްކާކަމުގެ އަޑު ގަދަވެފައިވާއިރު މިފަދަ ވާހަކަތައް އިވުމުން މާޔޫސް ނުވާނީ ކާކުތޯއެވެ؟ ރަށު ތެރޭގައި ފެތުރޭ އަޑުތަކަށް ބަލާއިރު، ކުރިންވެސް މި ފާހަގަކުރި ފަދަ މަގާމުތައް ވިއްކުމުގެ ވާހަކަ ދައްކަނީ މަދެއްކޮށެއް ނޫނެވެ!

ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކުގެ އެކި ފަންތިތަކަށް މީހުން އައްޔަންކުރުމުގައި ގަނޑުކޮށް ފައިސާ ނެގި ވާހަކަ މިއި އަލަށް ދައްކާ ވާހަކައެއް ނޫނެވެ. އެފަދަ ތުހުމަތުތައް ކުރާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ފާތިމަތު ތައުފީގު އައްޔަންކުރުމުން، އެކަމާމެދުވެެސް އެތައް ބަޔަކު ސުވާލު އުފެއްދިއެވެ. އެއީ އޭނާއަކީ އެ ދާއިރާއިން ފެންނަ މޫނަކަށް ނުވެފައި، އޭނާގެ ތަޖުރިބާ މަދުކަމެވެ.

މި ނޫނަސް ސިޔާސީ މަގާމުތައް ބޭނުންނަމަ، ދާއިރާއިން ވަކި މިންވަރަކަށް ފޯމު ގެނައުމަށް އެދުމާއި، ފައިސާއަށް ކިޔުމުގެ ކަންކަން ހިނގާކަމަށް ބުނެ ސަރުކާރަށް ވަނީ ފަޑުކިޔުން އަމާޒުވެފައެވެ. އަދި ވަކި އަދަދަކަށް ފޯމު ނުގެނެސްފިނަމަ މިހާރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މަގާމު ގެއްލުމުގެ ފުރުސަތު، ނުވަތަ އެ މީހުން ސިޔާސީގޮތުން ބާކީކޮށްލުމުގެ ބިރު އެ މީހުންނަށް އެބައޮތެވެ. އާއްމު މުވައްޒަފުންނަށް ވެސް ވަޒީފާގެ ބިރުވެރިކަން އެހާމެ ބޮޑެވެ. އެފަދަ ހާލަަތެއްގައި، ޕާޓީ ބަދަލުކޮށްގެން، އަދި އާއިލާ މީހުންގެ ޕާޓީ ބަދަލުކޮށްގެން ގަންނަ މަގާމަކަށް ތިމާގެ މަގާމް އަދި ވަޒީފާ ވުން މިއީ ކިހާ ދެރަކަމެއްތޯއެވެ؟

ވަކި ޕާޓީއަކަށް ހައެއްކަ މީހުން ހޯދައިދީގެން މިއަދު މަގާމް ގަނެވިދާނެއެވެ. އެކަމަކު މިއީ ކޮރަޕްޝަނާއި ޚިޔާނާތް ނަައްތާލަން ކުރާ މަސައްކަތަށް އެޅޭ ހުރަހެކެވެ. ގަންނާނެއްބާ ކިޔާފައި މަގާމުތައް ސޭލް އަޅުވާލީމައި އެ މަގާމަށް ހައްގުވެރިންނަކަށް ނާދެވެއެވެ. ގާބިލް މީހުން ވަނީ ބާކީއެވެ. ތަންދޮރު ދަންނަ މީހުން އެކަހެރިވެ، ސިޔާސީ މީހުންނަށް މަގާމުތައް ލިބެން އެބަ މަގުފަހިވެއެވެ.

ކޮރަޕްޝަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު