Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު ވެލެންސިއާ

ފޯޖު ކުރި ކަމަށް ބުނާ ސިޓީގެ މައްސަލަ ޕޮލިހަކު ނެތް!

ދެ ކެންޑިޑޭޓުންގެ އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީ އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2024 | ބުރާސްފަތި 07:36
އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާ

އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާ

ކުލަބު ވެލެންސިއާގެ ތާއީދު އޮތް ކަމަށް ބުނެ، ފުޓުބޯޅަ އެސޯސިއޭޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިޚާބުގައި ވާދަކުރާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުވާފިޒް ހާޝިމް (މުފާ) ހުށަހަޅާފައިވާ ސިޓީ އަކީ، ފޯޖުކޮށްފައިވާ ސިޓީއެއް ކަމަށް ކުލަބު ވެލެންސިއާ އިން ބުނި ނަމަވެސް، މިހާތަނަށް އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައި ނުވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

މި މަހު އޮންނަ އެފްއޭއެމްގެ އިންތިޚާބުގައި ވާދަކުރުމަށް މުފާ ފޯމު ހުށަހެޅިއިރު، އޭނާ އަތުގައި ވެސް ވެލެންސިއާގެ ތާއީދު ސިޓީ އޮތެވެ. ނަމަވެސް ވެލެންސިއާ އިން ވަނީ އެ ކުލަބުގެ ތާއީދު އޮތީ ޤައުމީ ޓީމުގެ ކުރީގެ ފޯވާޑު، އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަޙުމަދު ޠާރިޤު (ޓޮމް) އަށް ކަމަށް ބުނެފަ އެވެ.

އެ މައްސަލައިގައި ވެލެންސިއާ އިން ވަނީ އާދީއްތަ ދުވަހު އެފްއޭއެމްގެ އިލެކްޓޯރިއަލް ކޮމިޓީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ކުލަބުގެ އައު ޗެއާމަން ޢަބްދުﷲ އަޒްމީން ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ބައެއް މީޑިއާތަކުގައި ވެލެންސިއާގެ ތާއީދު މުފާ އަށް އޮތް ކަމަށް ބުނެފައިވާތީ، އެކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ. އެ ސިޓީގައި އަޒްމީން ވިދާޅުވެފައި ވަނީ، ވެލެންސިއާ އިން އެންޑޯސްމަންޓް ދީފައި ވަނީ ޓޮމް އަށް ކަމަށާއި ވެލެންސިއާގެ ފުރިހަމަ ތާއީދު އޮތީ ވެސް ޓޯމް އަށް ކަމަށެވެ.

އެ މައްސަލައިގައި މީޑިއާ ތަކަށް ފުލުހުން ބުނީ، މިހާތަނަށް އެ ފަދަ މައްސަލަައެއް އެ އިދާރާ އަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ރާއްޖެ އެމްވީ އަށް ކުލަބު ވެލެންސިއާ އިން ބުނީ، އެ މަސައްކަތް ކުރަމުން ދާ ކަމަށާއި، ވަރަށް އަވަހަށް އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ކުލަބު ވެލެންސިއާމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

ފަހަތުން އަރައި ބުރުން ވެލެންސިއާ ބަލިކޮށްފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު