Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ ސްކީމް

ފްލެޓް މައްސަލަ އޮތް ގޮތަށް ބާއްވައި، ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށައިފި

3 ޖެނުއަރީ 2024 | ބުދަ 19:47

އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ހާޒިރުވާނެ ތާރީޚާ ގަޑި އަދި ތަން އަންގާނެ 

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 3 ޖެނުއަރީ 2024 | ބުދަ 19:47
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހަވާލުކުރުމުގެ ތެރެއިން

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ހަވާލުކުރުމުގެ ތެރެއިން

ގެދޮރުވެރިޔާ ސްކީމުގެ މައްސަލަ އޮތްގޮތަށް ބާއްވައި، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއި ކުރުމާ ގުޅޭ މަސައްކަތްތައް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ބުދަ ދުވަހު އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތް ބުދަ ދުވަހުން ފެށިގެން ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް އެ މިނިސްޓްރީން ފޯން އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ހާޒިރުވާނެ ތާރީޚާއި ގަޑި އަދި ތަން އަންގާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، މިހާތަނަށް ހަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ އެ މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާޙްކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، އެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.

އެގޮތުން ރައީސް އެފަދައިން ވިދާޅުވެފައިވަނީ ވެސް، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭގޮތުން ސަރުކާރުން ވާހަކަތަކެއް ނުދެއްކުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ.

އެގޮތުން ވަކިން ޙާއްސަކޮށް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ސަރުކާރުން ހަވާލުކުރި 4،000 ފްލެޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފެށި ފަހުން، އެ މައްސަލައިގައި ކަންހިނގަމުންދާ ގޮތެއް އާންމުންނަށް ހާމަކޮށްފައެއް ނުވެއެވެ. އެކަމުގެ ކަންބޮޑުވުމާއެކު އާންމުން އޭސީސީ އަދި ހައުސިން މިނިސްޓްރީއަށް ދިޔުމުން އެކަމުގައި ދެ އިދާރާއިން ދައްކާ ވާހަކަތައް ވެސް ދިމައެއް ނުވެއެވެ.

ކުރީގެ ރައީސް، އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 19639 މީހުންނަށް ގޯތި ލިބެއެވެ. އެއީ 9000ށްވުރެ ގިނަ ބިމެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން، އަދި ގިރާވަރު ފަޅުން 5432 ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.

މި ގޯތިތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެއާއި، ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ. އޭގެ އިތުރުން 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

ބިންވެރިޔާ ސްކީމްގެދޮރުވެރިޔާ ސްކީމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

27 ނޮވެމްބަރު 2025
ފުލެޓުގެ މައުލޫމާތު ނުދީގެން ގާނޫނާ ޚިލާފުވި ކަމަށް ނިންމާ ހައުސިންގ މިނިސްޓްރީގެ މުވައްޒަފުންތަކެއް ގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި
26 ނޮވެމްބަރު 2025

ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު

26 ނޮވެމްބަރު 2025
ފްލެޓު ތަކަށް އަންނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކުރިން ވަދެވޭނެ: ރައީސް މުއިއްޒު
14 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރުން ފްލެޓް އަތުލަނީ މާލޭގައި 15 އަހަރު އުޅުނުކަން ސާބިތު ނުވާ ކަމަށް ބުނެ، އެކަމަކު ފުލެޓް ލިސްޓު ވެރިފައި ކުރި އިރު އެކަން ނުބަލާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި!

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
16 އޮކްޓޯބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް

16 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕޯލޯއާއި ހަވާލުކުރި ސޯޝަލް ހައުސިންގެ މަސައްކަތް ސަރުކާރު ބަދަލުވި ފަހުން އޮތީ ހުއްޓާލާފައި: އަކްރަމް
16 އޮކްޓޯބަރު 2025

ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން

16 އޮކްޓޯބަރު 2025
ގޯއްޗާއި، ފްލެޓު ދޫކުރުމުގައި މި ސަރުކާރުން މިހާތަނަށް 16 ފަހަރަށް ސްޓޭންޑް ބަދަލުކޮށްފައިވޭ: ނިޝާން
12 އޮކްޓޯބަރު 2025

75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ: މިނިސްޓަރު މުއްތަލިބު

12 އޮކްޓޯބަރު 2025
75 ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކަށް 2 ކޮޓަރީގެ ފުލެޓް ދޭންޖެހިދާނެ: މިނިސްޓަރު މުއްތަލިބު
08 އޮކްޓޯބަރު 2025

އެތައް ބަޔަކު ފްލެޓުން މަހުރޫމު ކޮށް، އުސޫލާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުން، ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތް ހަދަން ގުރުއަތު ނެގުން ބާއްވައިފި

08 އޮކްޓޯބަރު 2025
އެތައް ބަޔަކު ފްލެޓުން މަހުރޫމު ކޮށް، އުސޫލާ ޚިލާފަށް ގެދޮރުވެރިޔާ ސްކީމުން، ދެމަފިރިންނަށް ދެ ފްލެޓް ލިބޭ ގޮތް ހަދަން ގުރުއަތު ނެގުން ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް