Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ސްވިމިންގް

15 ވަނަ މަކިޓާ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ފަށައިފި

މި މުބާރާތުގައި ޖުމްލަ 15 ސްކޫލަކުން ވަނީ ބައިވެރި ވެފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 29 ޖުލައި 2017 | ހޮނިހިރު 16:59
15 ވަނަ މަކިޓާ އިންޓަ ސްކޫލް ފެތުމުގެ މުބާރާތުގެ ތެރެއިން

15 ވަނަ މަކިޓާ އިންޓަ ސްކޫލް ފެތުމުގެ މުބާރާތުގެ ތެރެއިން

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ 15 ވަނަ މަކިޓާ އިންޓަ ސްކޫލް ފެތުމުގެ މުބާރާތް ފަށައިފިއެވެ.

ހޮނިހިރު ދުވަހު ފަށާފައިވާ މި މުބާރާތުގައި ޖުމަލް 15 ސްކޫލަކުން ވާދަކޮށްފައި ވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 އުމުރު ފުރާއަކަށް ބަހާލައިގެން، އަންހެން އަދި ފިރިހެން، މި ދެ ކެޓަގަރީ ވަކިންނެވެ.

މުބާރާތުގައި ފެތުންތެރިން ވާދަކުރާ އުމުރުފުރާ ތަކަކީ 12 އަހަރުން ދަށާއި، 14 އަހަރުން ފަށާއި 16 އަހަރުން ދަށާއި، އަދި 19 އަހަރުން ދަށުގެ އުމުރު ފުރާއެވެ. މި 4 އުމުރު ފުރާގައިވެސް ދެ ޖިންސުގެ ފެތުންތެރިން ވާދަކުރެއެވެ.

މީގެ އިތުރުންވެސް، ސްވިމިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ކިޑްސް ސިވިމިންގް ފެސްޓިވަލް އަންނަ އޯގަސްޓް މަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގައި 13 ސްކޫލެއް ވާދަކުރާއިރު، 6 އަހަރުން ދަށާއި، 8 އަހަރުން ދަށާއި، އަދި 10 އަހަރުން ދަށުގެ އުމުރު ފުރާއިން ފެތުންތެރިން ވާދަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
01 ފެބުރުއަރީ 2017

ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި

01 ފެބުރުއަރީ 2017
ކޮޕާ އިޓަލިއާ: އިންޓަމިލާން ކަޓުވާލުމަށް ފަހު ލާޒިއޯ ސެމީ އަށް ދަތުރުކޮށްފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން

31 ޖެނުއަރީ 2017
އިންޓަ މިލާން ބަލިކުރެވިއްޖެ ނަމަ ލީގު ތަށި ހޯދުމާ ގާތަށް ޖެހިލެވޭނެ: ހިގުއައިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު