Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރެޒިލް

ބްރެޒިލްގެ ކޯޗަކަށް ސްކޮލާރީ ގެންނަނީ

2 ޖެނުއަރީ 2024 | އަންގާރަ 05:10

ސްކޮލާރީ އަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ބްރެޒިލަށް ހޯދައިދިން ކޯޗު

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2024 | އަންގާރަ 05:10
ލުއިޒް ފިލިޕޭ ސްކޮލާރީ

ލުއިޒް ފިލިޕޭ ސްކޮލާރީ

ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އެ ގައުމުގެ ލުއިސް ފިލިޕޭ ސްކޮލާރީ ގެނައުމަށް މަސައްކަތް ފަށައިފި އެވެ.

ސްކޮލާރީ އަކީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕާއި ކޮންފެޑަރޭޝަންސް ކަޕުގެ ޗެމްޕިއަންކަން ބްރެޒިލަށް ހޯދައިދިން ކާމިޔާބު ކޯޗެވެ. އޭނާ ވަނީ އޭގެ ފަހުން 2012 އިން 2014 އަށް ވެސް ބްރެޒިލަށް ކޯޗުކޮށްދީފަ އެވެ. މިވަގުތު އޭނާ ހުރީ ބްރެޒިލްގެ އެތްލެޓިކޯ މިނެއިރޯގެ ކޯޗުކަމުގަ އެވެ.

ބްރެޒިލުން ސްކޮލާރީ ގެނައުމަށް މަސައްކަތް ފެށީ ތަޖުރިބާކާރު ކޯޗު އިޓަލީގެ ކާލޯ އެންޗެލޯޓީ ނުލިބުމުންނެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ނާކާމިޔާބީއާއެކު އެންޗެލޯޓީ ކޯޗަކަށް ގެނައުމަށް ބްރެޒިލުން އޭނާއާއެކު އަނގަބަހުން އެއްބަސްވުމަކަށް ވެސް އައެވެ. ނަމަވެސް އެންޗެލޯޓީ 2026ގެ ނިޔަލަށް ރެއާލް މެޑްރިޑްގެ ކޮންޓްރެކްޓް އާކުރީ މިދިޔަމަހު އެވެ. އެއީ ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެޑްނާލްޑޯ މަގާމުން ދުރުކުރުމާ ވެސް އެކުގަ އެވެ.

ބްރެޒިލަށް 2002 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕް ކާމިޔާބުކުރެވިފައިނުވެ އެވެ. އަދި ސްކޮލާރީގެ ކޯޗުކަމުގައި 2014 ވަނަ އަހަރުގެ ސެމީ ފައިނަލަށް ދިޔަ ފަހުން އެ ގައުމަށް ސެމީ އަށް ވެސް ދަތުރުކުރެވިފައިނުވެ އެވެ. މިހެންވެ ފާޑުކިއުންތައް ވަނީ ބްރެޒިލް ފެޑަރޭޝަނަށް އަމާޒުވެފަ އެވެ.

ސްކޮލާރީ އަކީ ރީތި ކުޅުމަކަށްވުރެ ބޮޑަށް ނަތީޖާއަށް ވިސްނައިގެން ކޯޗުކޮށްދޭ މީހެކެވެ. އޭނާ ވަނީ އިނގިރޭސި ޕްރެމިއާ ލީގު ޗެލްސީ އަށް ވެސް ހޯދައިދީފަ އެވެ. އަދި ޕޯޗުގަލް ޔޫރޯ ފައިނަލަށް ވެސް ގެންގޮސްދިނެވެ.

ލުއިޒް ފިލިޕޭ ސްކޮލާރީ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

18 މެއި 2017

ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!

18 މެއި 2017
ބެލެރިންގެ ރިޕްލޭސްމަންޓަކަށް އާސެނަލްއަށް ޑެނީލޯ ގެންނަނީ!
02 މެއި 2017

ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ

02 މެއި 2017
ބައްސާމްގެ ދައުރު ނިމެންދެން އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗަކަށް އާތީ
09 އެޕްރީލު 2017

ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ

09 އެޕްރީލު 2017
ޕޮލިސް އަންހެން ފުޓްސަލް ޓީމުގެ ކޯޗަކަށް ޑަކޭ
14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް