Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީމު

މެސީ އަށް ފަހު، އާޖެންޓީނާ އިން 10 ނަންބަރު ޖާޒީ ރިޓަޔާކުރަނީ

މެސީ ޤައުމީ ޓީމުން ރިޓަޔާކުރާއިރު، 10 ނަންބަރު ޖާޒީ ބޭނުން ކުރުމުގެ ފުރުސަތު އެހެން ކުޅުންތެރިޔަކަށް ނުދޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2024 | އަންގާރަ 02:23
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ

އާޖެންޓީނާ ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމުން، 10 ނަންބަރު ޖާޒީ ރަސްމީކޮށް ރިޓަޔާ ކުރުމަށް އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.

ތާރީހުގައި ވެސް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރާ މެސީ ވަނީ 2022 ވަނަ އަހަރު ޤަތަރުގައި ވޯލްޑް ކަޕް އާޖެންޓީނާ އަށް ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ. އެ އަހަރުގެ އެ ކާމިޔާބީ އަކީ، އާޖެންޓީނާ އިން 35 އަހަރު ވަންދެން ކުރި އިންތިޒާރެއްގެ ނިމުމެވެ. އެ ކާމިޔާބީ އެންމެ ޚާއްސަވީ ވެސް މެސީ އަށެވެ. އެއީ އޭނާގެ ކެރިއަރުގައި ހަމައެކަނި މަދުވާ ތަށިކަމަށްވާ، ވޯލްޑް ކަޕް ކާމިޔާބު ކުރެވުމުންނެވެ.

މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު)ގެ އިންޓަ މިއާމީ އަށް ވެސް ކުޅެމުން އަންނަ މެސީ ވަނީ، އާޖެންޓީނާ ޤައުމީ ޓީމަށް މިހާތަނަށް ކުޅެދިން 180 މެޗުގައި 106 ލަނޑު ޖަހައިފަ އެވެ. ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި މެސީ އަކީ އާޖެންޓީނާގެ ފުޓުބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާއާ އެއް ފެންވަރުގެ ކުޅުންތެރިޔެކެވެ. އާޖެންޓީނާ އާއެކު އޭނާ ވަނީ ތިން ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ވޯލްޑް ކަޕްގެ އިތުރުން، ކޮޕާ އެމެރިކާ މުބާރާތް އަދި ބައްރުތަކުގެ ޗެމްޕިއަނުންްގެ މެދުގައި ކުޅޭ ފައިނަލިސިމާ އެވެ.

އުމުރުން 36 އަހަރުގައި ކެރިއަރުގެ އެންމެ ފަހު އަހަރުތައް މެސީ ކުޅެމުން އަންނައިރު، އޭނާގެ ގައުމުން މިހާރު ވެސް އަންނަނީ އޭނާގެ 10 ނަންބަރު ޖާޒީ ރިޓަޔާކޮށް، ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަނަށް އިހުތިރާމް ކުރުމުގެ ވިސްނުން ގެންގުޅެމުންނެވެ. އެކަމާ ގުޅިގެން އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ކްލައުޑިއޯ ފަބިއަން ޓަޕިއާ ވިދާޅުވީ، މެސީ ޤައުމީ ޓީމުން ރިޓަޔާކުރާއިރު، 10 ނަންބަރު ޖާޒީ ބޭނުން ކުރުމުގެ ފުރުސަތު އެހެން ކުޅުންތެރިޔަކަށް ނުދޭނެ ކަމަށެވެ.

ޓަޕިއާ ވިދާޅުވީ އުމުރު ދުވަހަށް އެ ނަންބަރު ރިޓަޔާ ކުރާނެ ކަމަށާއި، އެއީ މެސީގެ ޝަރަފުގައި ކުރެވޭނެ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. މިހާރު މެސީ އަންނަނީ އާޖެންޓީނާ އާއެކު އަންނަ އަހަރު އެމެރިކާގައި އޮންނަ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތަށް ތައްޔާރުވުމުންނެވެ.

2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕްގައި މެސީ ނުފެންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެ އެވެ. މެސީ ވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. އެގޮތުން ޤަތަރު ވޯލްޑް ކަޕްގެ ތެރޭގައި މެސީ ބުނީ، އެއީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށެވެ. އޭގެ ފަހުން މީޑިއާއަކަށް ދިން އިންޓަވިޔުއެއްގައި މެސީ ބުނީ، ކުރިއަށް އޮތް ވޯލްޑް ކަޕުން އޭނާ ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އާޖެންޓީނާލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު