Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާސަންދަ ސްކީމްގެ ދަށުން ފަރުވާ ހޯދާ ބަލިތައް

ފާއިތުވި ތިން އަހަރު 57،000ށްވުރެ ގިނަ މީހުން ހިތާއި ގުޅުންހުރި ބަލިތަކުގައި ފަރުވާ ހޯދާފައިވޭ: އާސަންދަ

30،803 މީހުން ހަކުރު ބައްޔަށް، 11،635 މީހުން ކިޑްނީއާ ގުޅުންހުރި ބަލިތަކަށް ފަރުވާ ހޯދާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2024 | ހޯމަ 09:22
ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން

ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން

އާސަންދަ ސްކީމްގެ ދަށުން ފާއިތުވި ތިން އަހަރު 57،000ށްވުރެ ގިނަ މީހުން ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތަކުގައި ފަރުވާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އާސަންދައިން މެޑިކަލް ޗެކަޕްގެ ޚިދުމަތް ފެށުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ އާސަންދަ ސްކީމްގެ ދަށުން ފަރުވާ ހޯދާފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާފައިވާ އަދި ހޯދަމުންދާ މީހުންގެ އަދަދު ގިނަ ކަމަށެވެ.

Advertisement - newsAdvertisement

ފާއިތުވި ތިން އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން 30،803 މީހުން ހަކުރު ބައްޔަށް، 11،635 މީހުން ކިޑްނީއާ ގުޅުންހުރި ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. 35،806 މީހުން ފުއްޕާމެއާ ގުޅުންހުރި ބަލިތަކަށް އަދި 3،294 ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން 57،709 މީހުން ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތައް (ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުން، ސްޓްރޯކް) ފަދަ ބަލިތަކަށް ފަރުވާ ހޯދާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މެޑިކަލް ޗެކަޕްގެ ޚިދުމަތަށް އިޝާރާތް ކުރައްވައި ޒީނިއާ ވިދާޅުވީ މި ޚިދުމަތާއެކު ބަލިތައް ކުރިއަށް ދެނެގަތުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށެވެ. އަދި ވިދާޅުވީ މެޑިކަލް ޗެކަޕްގެ ޕެކޭޖުތައް ވެސް ހަދާފައިވަނީ އެންމެ ގިނަ މީހުން ފަރުވާ ހޯދާ ބަލިތައް ދެނެގަނެވޭނެ ގޮތަށް ކަމަށެވެ. 

އާސަންދަ ސްކީމްގެ ދަށުން ފާއިތުވި ތިން އަހަރު 57،000 ށްވުރެ ގިނަ މީހުން ހިތާއި ހިތުގެ ލޭ ހޮޅިތަކާ ގުޅުންހުރި ބަލިތަކުގައި ފަރުވާ ހޯދާފައިވާއިރު، ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ ނިސްބަތް އިތުރުވާ ކަމަށް ސިއްހީ ޚިދުމަތްތެރިން ވިދާޅުވެފައިވެއެވެ. އެއީ ކަންބޮޑުވުމެއް ކަމަށާއި، ދިރިއުޅުމުގެ އާދަކާދައަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ.

އެގޮތުން 2020-2021 ވަނަ އަހަރު ހެދި ސާވޭއެއްގައި ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު މީހުންގެތެރެއިން އެކަކު ލޭ މައްޗަށް ދެ އެވެ. މިހާރުގެ އަންދާޒާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުންނަކީ ކެންސަރުބަލީގައި މަރުވާ މީހުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ''އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ 77 އިންސައްތަ މީހުން ހަކުރު ބައްޔަށް ހުށަހެޅުމުގެ ބިރު އެބައޮތް'' ކަމަށް ޑައިބެޓީސް ސޮސައިޓީ މޯލްޑިވްސްގައި މަސައްކަތްކުރައްވާ ޑރ. އާމިނަތު މަލްހާ ސައީދު ވިދާޅުވެފައިވެއެވެ.

އާސަންދަހީނާ ވަލީދު މެޑިކަލް ޗެކްއަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން ރައީސް މުއިއްޒުއާ ކުރައްވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭ ކަމަށް ހީނާ ވިދާޅުވެއްޖެ

28 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

ޕީއެންސީ ޖަލްސާ ގައި ބޮޑެތި ވަގުން އެއްތަން ކޮށްފައިވޭ، އެންމެ ފުރަތަމަ ފެނުނީ 34 މިލިއަން ރުފިޔާގެ ޓީވީ ވައްކަން ކޮށްދިން ހީނާ: ކުރީގެ ރައީސް ޔާމީން

21 ނޮވެމްބަރު 2025
މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

މުއިއްޒުގެ 50 މިލިއަން ރުފިޔާގެ ބޮޑު ޖަލްސާ ހީނާގެ ޑްރާމާ އިން ބޮޑު ފްލޮޕަކަށް

19 ނޮވެމްބަރު 2025
އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

15 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު