Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވިޔަރެއާލް

އެރިކް ބައިލީ ވިޔަރެއާލަށް ބަދަލުވެއްޖެ

31 ޑިސެމްބަރު 2023 | އާދީއްތަ 02:05

ބެސިކްޓާސް އިން ބައިލީގެ އެއްބަސްވުން އުވާލުމާއެކު، ދެ ވަނަ ފަހަރަށް އޭނާ ވިޔަރެއާލަށް ބަދަލުވީ ހިލޭ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2023 | އާދީއްތަ 02:05
ވިޔަރެއާލްގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބައިލީ

ވިޔަރެއާލްގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބައިލީ

ބެސިކްޓާސް އަށް ކުޅެމުން އައި އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބައިލީ، ސްޕެއިންގެ ވިޔަރެއާލަށް ބަދަލުވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑުގައި ހުރުމަށްފަހު، ބައިލީ ބެސިކްޓާސް އަށް ބަދަލުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ވެސް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް، އެ ކުލަބުން ވަނީ ބައިލީ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމައިފަ އެވެ. އެއީ ދެ ފަރާތް މަޝްވަރާ ކުރުމަށްފަހު، ދެ ފަރާތް އެއްބަސްވީ ގޮތުގެ މަތީންނެވެ.

މިއީ ބައިލީ ވިޔަރެއާލަށް ބަދަލުވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ވިޔަރެއާލްގައި އެއް އަހަރު ހޭދަކޮށްފަ އެވެ. އެސްޕަންޔޯލްގައި ހުރުމަށްފަހު ބައިލީ ވިޔަރެއާލަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބު ދޫކޮށް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. ބެސިކްޓާސް އިން ބައިލީގެ އެއްބަސްވުން އުވާލުމާއެކު، ދެ ވަނަ ފަހަރަށް އޭނާ ވިޔަރެއާލަށް ބަދަލުވީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ.

މީގެ ކުރިން ބައިލީ ވަނީ ވިޔަރެއާލަށް 47 މެޗު ކުޅެދީ، އެއް ލަނޑު ޖަހައިފަ އެވެ. މެންޗެސްޓަރ ޔުނައިޓެޑުން އޭނާ ހޯދީ ވެސް ވިޔަރެއާލްގައި ދެއްކި ކުޅުމުގެ ސަބަބުންނެވެ. ނަމަވެސް، ޔުނައިޓެޑަށް ބަދަލުވެ ބައިލީ އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. އެހެންވެ އެ ކުލަބުން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން މާސޭ އަށް ވެސް ދޫކޮށްލައިފަ އެވެ. އޭނާ ބެސިކްޓާސް އަށް ބަދަލުވީ މާސޭގައި ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުމަށްފަހު އެވެ.

އެސްޕަންޔޯލް އިން ސީނިއާ ކެރިއަރު ފެށި ބައިލީ އަންނަނީ އައިވަރީ ކޯސްޓުގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. ޤައުމީ ޓީމަށް މިހާތަނަށް ކުޅެދިން 49 މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

ވިޔަރެއާލްއެރިކް ބައިލީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ވިނީޝިއުސްގެ ދެ ލަނޑާ އެކު ރެއާލް އިން ވިޔަރެއާލް ބަލިކޮށްފި

05 އޮކްޓޯބަރު 2025
ވިނީޝިއުސްގެ ދެ ލަނޑާ އެކު ރެއާލް އިން ވިޔަރެއާލް ބަލިކޮށްފި
23 ސެޕްޓެމްބަރު 2024

ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

23 ސެޕްޓެމްބަރު 2024
ފަސް ލަނޑުގެ މޮޅާއެކު ބާސެލޯނާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް
02 އެޕްރީލު 2024

ވިޔަރެއާލް ބަލިކޮށް، އެތުލެޓިކޯ ހަތަރު ވަނަ އަށް

02 އެޕްރީލު 2024
ވިޔަރެއާލް ބަލިކޮށް، އެތުލެޓިކޯ ހަތަރު ވަނަ އަށް
14 ނޮވެމްބަރު 2023

ވިޔަރެއާލް ބަލިކޮށް، އެތުލެޓިކޯ ހަތަރު ވަނައިގައި

14 ނޮވެމްބަރު 2023
ވިޔަރެއާލް ބަލިކޮށް، އެތުލެޓިކޯ ހަތަރު ވަނައިގައި
28 އޯގަސްޓު 2023

ވިލަރެއާލް ކައިރިން ބާސެލޯނާ މޮޅުކޮށްދިނީ ލެވަންޑޯސްކީ

28 އޯގަސްޓު 2023
ވިލަރެއާލް ކައިރިން ބާސެލޯނާ މޮޅުކޮށްދިނީ ލެވަންޑޯސްކީ
09 އެޕްރީލު 2023

ވިލަރެއާލް އަތްދަށުވެ ލީގު ރޭހުގައި ރެއާލް ފަހަތަށް

09 އެޕްރީލު 2023
ވިލަރެއާލް އަތްދަށުވެ ލީގު ރޭހުގައި ރެއާލް ފަހަތަށް
25 އޮކްޓޯބަރު 2022

ވިލަރެއާލްގެ ކޯޗަކަށް ސެޓިއެން ހަމަޖެއްސުމަށް މަސައްކަތް ކުރަނީ

25 އޮކްޓޯބަރު 2022
ވިލަރެއާލްގެ ކޯޗަކަށް ސެޓިއެން ހަމަޖެއްސުމަށް މަސައްކަތް ކުރަނީ
12 ސެޕްޓެމްބަރު 2022

ވިލަރެއާލް ބަލިކޮށް ރެއާލް ބެޓިސް ތިންވަނައަށް

12 ސެޕްޓެމްބަރު 2022
ވިލަރެއާލް ބަލިކޮށް ރެއާލް ބެޓިސް ތިންވަނައަށް
28 އެޕްރީލު 2022

ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލާއި ގާތަށް

28 އެޕްރީލު 2022
ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލާއި ގާތަށް
13 އެޕްރީލު 2022

ބަޔާން މިނުއިކް ޗެމްޕިއަންސް ލީގުން ކަޓައިފި، ވިޔަރެއާލް ސެމީއަށް!

13 އެޕްރީލު 2022
ބަޔާން މިނުއިކް ޗެމްޕިއަންސް ލީގުން ކަޓައިފި، ވިޔަރެއާލް ސެމީއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް