Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީރުންނަށް ރުހުން ދިނުން

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ނިންމެވީ ވަކި ކޮޅަކަށް ވޯޓު ނުދެއްވަން

ޔާސިރު ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ހުށަހެޅުމަށް އޮންނަނީ ވަކި ބޭނުމަކު ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 ޑިސެމްބަރު 2023 | ހޮނިހިރު 08:17
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވޯޓަށް އަހަނީ

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވޯޓަށް އަހަނީ

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަކި ކޮޅަކަށް ވޯޓު ނުދެއްވުމަށް އެމްޑީޕީގެ މެމްބަރުން ނިންމަވައިފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ތާވަލުކުރި ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ.

މި ކޮމިޓީ ބައްދަލުވުމުގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ވަޒީރުންގެ މަޖިލީހަށް މިހާރު އައްޔަނު ކޮށްފައިވާ 22 މެމްބަރުންނަށް ރުހުން ދިނުމަށް ފެންނަކަމަށް ގަނޑުކޮށް ވޯޓު ނެގުމަށް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފައިވަނީ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.

އެގޮތަށް ވޯޓަށް ހުށަހެޅުމުން ކޮމިޓީގައި ތިއްބެވި 10 މެމްބަރުންގެ ތެރެއިން 5 މެމްބަރަކު ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ. އެއީ ކޮމިޓީގައި ތިއްބެވި ޕީޕީއެމް ޕީއެންސީ އަދި އެމްއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ 3 މެމްބަރުންނާއި، ޑިމޮކްރެޓެސްގެ 2 މެމްބަރެކެވެ.

ހުށަހެޅުމަށް ތާއީދު ކުރައްވާކަމަށް ޕީޕީއެމްއިން ވޯޓު ދެއްވާފައިވަނީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގުއެވެ. ޕީއެންސީން ވޯޓު ދެއްވާފައިވަނީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްއެވެ. އެމްއެންޕީން ވޯޓު ދެއްވާފައިވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްއެވެ.

އޭގެ އިތުރުން، ޑިމޮކްރެޓްސްއިން މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާންއާއި، ހިތަދޫ މެދު ދާއިރާ މެންބަރު އަހުމަދު ރަޝީދުވެސް ވަނީ ތާއީދު ކުރައްވާފައެވެ.

ކޮމިޓީގައި ބާކީ ތިއްބެވި 5 މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ނިންމެވީ ވަކި ކޮޅަކަށް ވޯޓު ނުދެއްވުމަށެވެ. އެއީ ކޮމިޓީގެ މުޤައްރިރާ ނުލައި ދެން ތިއްބެވި 4 މެމްބަރުންކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު، މަނަދޫ ދާއިރާ މެންބަރު އަހުމަދު ހާރޫން އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފްއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހަށް ހުށަހެޅުމަށް އޮންނަނީ ވަކި ބޭނުމަކު ކަމަށާއި، އެއީ ހަމައެކަނި ވަޒީރެއްގެ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ބަލައިގެން ނިންމާލެވޭނެ ކަމެއް ނޫންކަމަށެވެ. އެއަށްވުރެ ބޮޑަށް މަޖިލީހަށް އެ ޒިންމާ މަތިކުރެވިފައިވާކަމަށް ޔާސިރު ވިދާޅުވިއެވެ.

އެމްޑީޕީގެ މެމްބަރުން އެ މައްސަލައިގައި ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ތިއްބެވީވެސް އެ ސަބަބާހުރެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ވަޒީރުންނަށް ރުހުން ދިނުން ރައްޔިތުންގެ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު