Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީޕީއެމް - ޕީއެންސީ

ތޭރަ މެންބަރުންނަށް ޝިޔާމް ޖެއްސެވީ ޖޯކު، މަޖިލިސް ތެރޭގައި ވަދު އަޅައިފި!

31 ޑިސެމްބަރު 2023 | އާދީއްތަ 06:15

މޫނު މަތިން ގަދަކަމުން ހިނިފުޅު ވެޑުވިގެން ހުންނެވި ނަމަވެސް، އެއީ އެވެރިންނަށް އެއްލާލި "ގައު ބުރި" އެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޑިސެމްބަރު 2023 | އާދީއްތަ 06:15
ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް ސޮއި ކުރި އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރުން

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ އަށް ސޮއި ކުރި އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރުން

މި ނިމިދިޔަ ހަފްތާގައި ނޫސްތަކުގެ ފަލަޞުރުޚީގައި އޮތް އެންމެ ހޫނު ޚަބަރަކީ، ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރެއްވި ވާހަކަ އެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ އަދި ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މެންބަރުން ގިނަ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ 13 މެންބަރަކު، އެ ޕާޓީން ވަކިވުމަކީ އާދައިގެ ކަމެއް ވެސް ނޫނެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީން 13 މެންބަރަކު، ޕީއެންސީ އަށް ސޮއިކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އޮތް ޚާއްސަ ޖަލްސާއެއްގަ އެވެ. އޭގެ ކުރިން ވެސް ރަށު ތެރޭގައި އެ ވާހަކަ ދެކެވުނެވެ. ސަރުކާރުގެ ބޮޑެތި ހުށަހެޅުންތަކާއެކު، ބައެއް މެންބަރުން ސަރުކާރު ހިންގާ ޕާޓީއާ ގުޅޭ ވާހަކަ އެވެ.

ސަރުކާރުން ސިފަކޮށްފައިވާ ގޮތުގަައި، އެއީ ސަރުކާރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ. އާނއެކެވެ! ކާމިޔާބީ އަކަށް ބައްލަވާށެވެ. އަތް ވެސް ޖައްސަވާށެވެ. ހަވާ ވެސް އަރުވާށެވެ. ބޮނޑިބަތް ކައްކައިގެން، ބޮޑު ކޭމެއް ވެސް ބާއްވާށެވެ. ނުވިތާކަށް، މިޔުޒިކް ޝޯވްތަކާއި، ލަވަ ބާޒީތައް ވެސް ބާއްވާށެވެ. ސަރުކާރަށް ލިބުނު އުފަލެއްގެ ބޮޑު ކަމުންނެވެ. އެކަމަކު، އެ ޖަލްސާ އިން އަހަރެންނަށް ފާހަގަވި ކަމެއް ހިއްސާކޮށްލާނަމެވެ. ފަހަރުގައި ޖަލްސާގައި ތިއްބެވި، "ޢިއްޒަތްތެރި" 13 މެންބަރުންނަށް މިކަން ފަހުމުނުވެ ވެސް އޮވެދާނެ އެވެ. އެހެން ވެސް ވެދާނެ އެވެ. ފައިސާގެ ދަޅަ އާއި، ދެން ވެސް ދުނިޔެވީ އެހެން ކަންކަމަށް ހެއްލިގެން ދިޔަ ބަޔަކަށް، ހަމަ ރަނގަޅަށް ވެސް ދުނިޔެ ފެންނާނީ ސައިބޯނި ބޮތްކެއްގެ ސިފައިގަ އެވެ.

އެ ޖަލްސާގައި ވާހަކަ ދެއްކެވި އެއް ބޭފުޅަކީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް އެވެ. ވަޒީރުގެ ވާހަކަފުޅު ފެއްޓެވީ، އެމަނިކުފާނުގެ ވުޒާރާ އާއި އެމަނިކުފާނުގެ މަސައްކަތުގެ ދާއިރާއާ ގުޅުވާލައިގެންނެވެ. އާދެ! މަސްވެރިކަމުގެ ސިނާއަތާ ގުޅުވާލައިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް ވަޒީރު ދެންނެވީ، އެރެޔަކީ މަސްވެރިކަން ވަރަށް ތިޔާގި ރެޔެއް ކަމަށެވެ. އެކަމަށްޓަކައި މާތް ﷲގެ ޙަޟްރަތަށް ޝުކުރު ވެސް ދެންނެވި އެވެ. މަސްވެރިކަން ވަރަށް ތިޔާގިކަމުން އުފާވެރި ރެޔެއް ކަމަށް ވެސް ވިދާޅުވި އެވެ. ދިވެހި ރާއްޖޭގަައި މަސް ބާނާކަން ފާހަގަކޮށް ވިދާޅުވީ، އެމަނިކުފާނުގެ ވަރަށް ގާތް އަޚުންތަކެއް، "ދިވެހީންގެ ރާއްޖެ"އާ ގުޅިވަޑައިގެންފި ކަމަށެވެ.

އާދޭހެވެ! މިއީ ހަމަ ރަނގަޅަށް ވެސް، ވަޒީރު އެއްކަލަ 13 ޢިއްޒަތްތެރި މެންބަރުންނަށް ކުރެއްވި މަލާމާތެކެވެ. މޫނު މަތިން ގަދަކަމުން ހިނިފުޅުވެޑުވިގެން ހުންނެވި ނަމަވެސް، މިއީ އެވެރިންނަށް އެއްލާލި "ގައު ބުރި" އެކެވެ. ކުރިން ވެސް ދެންނެވި ފަދައިން، ފަހަރުގައި އެވެރިންނަށް މިކަން ފަހުމު ނުވެދާނެ އެވެ. މަސްވެރިކަން ވަރަށް ރަނގަޅަށެވެ. ސަރުކާރުން މަޖިލިސް ތެރޭގައި ވަދު އަޅާލީ އެވެ. މަސްވެރިކަން ތިޔާގިވެ، ދަހިވެފައި ތިބި ވަރުން، ހުސް ބުޅީގައި 13 މަސް ބާނައިފި އެވެ. އެވެރިން ތިބީ އެހާ ވެސް ބޮޑަށް ދަހިވެފަ އެވެ. މަޖިލިސް ތެރޭގައި ވަދު އަޅައި، ޖެހުނު އެއްޗެއް ސަރުކާރުގެ މަތި ބަރު އޮޑި އަށް ދަމާ ނެގީ އެވެ. އެ މަސްކޮޅު ކިރާލިއިރު، އިންތިހާ އަށް އަގު ވެސް ފަލަ އެވެ. ކިލޯކިލޯ އިން ކިރުމުގެ ބަދަލުގައި، ސަރުކާރުން ކިރާލީ ފަހަރަކު މަހެކެވެ. ބިލު ކޮޅު ފެންނާން ނެތް ކަމަކު، މަހެއްގެ އަގު ހުރީ 1.3 މިލިއަނުގައި ކަމަށް ރަށު ތެރޭގައި އެބަ ކިޔަ އެވެ. އެހެންވިއްޔާ، އަމުދުން ސަރުކާރުން ބިލު ކޮޅު ދައްކާނެ ހެއްޔެވެ؟

ދުނިޔޭ ހިނގާ އުސޫލަކީ އެއީ އެވެ. އިންސާނީ ޠަބިއްޔަތަކީ ވެސް އެއީ އެވެ. މުދަލާއި، ފައިސާ އަދި ދުނިޔޭގެ އުފާ އިސްކޮށްފި މީހަކު، ގެއްލިގެން ދާނެ ކަމީ ޔަގީން ކަށަވަރު ކަމެކެވެ. ދުނިޔެ މިއަދާ ހަމަ އަށް ދެއްކީ ވެސް އެ މިސާލެވެ. އަމުދުން، ޑިމޮކްރަސީ ކަމަށް ދައުވާ ކުރާ ނިޒާމުގައި ވެސް ކަން ހިނގަނީ ތިޔަހެނެއް ނޫނެވެ. ތިޔައީ މުސްތަޤުބަލަށް ދިނަ ނުބައި މެސެޖެކެވެ. މިއަދު ހުސްބުޅީގައި ގަން ބަޔަކު، މާދަމާ ވެސް ނުގަންނަންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟

ރައްޔިތުންގެ މަޖިލިސްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް